މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާޢްޖެ އިން އިތުރު 113 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 56 މީހުން އަދި އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 46 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 11 މީހަކު މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 152 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިހާރު ކޮވިޑް ޖެހިފައި 3062 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 85 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި ފަރުވާދެމުންދާ 3 މީހުން ހިމެނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 5 މީހަކަށް ވޯޑުގައި ފަރުވާ ދެމުންދާއިރު، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 71 މީހަކަށް ވޯޑުގައި ދަނީ ފަރުވާދެމުންނެވެ. އަތޮޅުތަކުގެ މެޑިކަލް ފެސިލިޓީތަކުގެ ތެރެއިން ށ.ފުނަދޫ ފެސިލިޓީގައި 2 މީހަކަށް އަދި ބ.އޭދަފުށީ ފެސިލިޓީގައި 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިވަގުތު ރާއްޖޭގެ 71 ރަށެއްގައި ކޮވިޑް ޖެހިފައި 999 މީހުން އެބަތިބި ކަމަށެވެ. މިއަދު ކޮވިޑަށް ފައްސިވި މީހުން މަދުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 2،950 މީޖިންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު