އައްޑޫ ސިޓީ ފޭދޫގެ ގޮނޑިއެއް އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

ޕީޕީއެމް އިން ކާމިޔާބު ކުރީ ފޭދޫ މަގޫދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު އައިމިނަތު ސަލްމާއެވެ. އޭނާ އާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޖުނައިދެވެ.

ފޭދޫގެ ދެ ގޮނޑިއަށް ކައުންސިލަރުން އިންތިހާބު ކުރެއެވެ. އެއީ ފޭދޫ މަގޫދޫ ދާއިރާގެ އިތުރުން ފޭދޫ މާދެލަ ދާއިރާއަށެވެ.

އެގޮތުން މިހާތަނަށް އައިއިރު، ފޭދޫ މަގޫދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ސަލްމާ އަށް 471 ވޯޓު ލިބިވަޑައިގެންނެވި އިރު، ޖުނައިދަށް 371 ވޯޓު ލިބިވަޑައިގެންނެވިއެވެ. ދެ ބޭފުޅުންގެ ދެމެދު ބޮޑު ފަރަގެއް ހުރުމާއެކު، ނަތީޖާ އަށް މާ ބޮޑު ބަދަލެއް ނާންނާނެއެވެ.

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލިފައެވެ. މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހުގައި އެމްޑީޕީއަށް ގޮނޑިއެއް ގެއްލުނު ފުރަތަމަ ފަހަރެވެ. މީގެކުރިން ބޭއްވި އިންތިހާބުތަކުގައި ކައުންސިލްގެ ހުރިހާ ގޮނޑިއެއް ނަގަމުން ދިޔައީ އެމްޑީޕީންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމުން ވަނީ ތިން ގޮނޑި އަދި މިނިވަން ކެންޑިޑޭޓުން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފަައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްވަ

    ހެ ހެ ހެ .. ގެއްލެނީ ހަ މަގެއްލެނީ
    އެ މްޑީޕީއަށްގެއްލެނީ ގެއްލިހުސްވަނީ ހުސްވެގެއްލެނީ .. ކޮބާ ބޮޑުވަޒީރޫރޫ ؟