ސްރީލަންކަން އެއާލައިންސްގައި އައްޑޫ ސިޓީގެ ގަމުން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަސެންޖަރުންނަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް އެ އެއާލައިން އިން ނިންމައިފިއެެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ގަމުން، ކޮލަމްބޯ، ކޮޗިން، ޓްރިވިންޑްރަމް، ކުއަލަ ލަމްޕޫރް، ބެންކޮކް މި ފަސް ގައުމަށް ދަތުރު ކުރައްވަން ބޭނުންވާ ފަރާތްތަކަށް 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ،

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޓިކެޓް ނަގާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަންގެ ތެރޭގައި ޓިކެޓް ނަގާ ފަރާތްތަކުން 1 ޖުލައި 2018 އިން 31 ޖުލައި 2018 އަށް އެ ޑިސްކައުންޓް އަގުގައި ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި މި 15 ޕަސެންޓް ޑިސްކައުންޓް އިކޮނޮމިކް ކްލާހުގެ އިތުރުން، ބިޒްނަސް ކްލާސްގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ލިބިގެން ދާނެއެެވެ.

މިއީ ރަމަޟާން މަސް ނިމި ދިވެހިންނަށާއި ބޭރުގެ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ޒިޔާރަތް ކުރަން ބޭނުންވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮމޯޝަނެކެވެ.

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ސްރީލަންކަން އެެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓްގެ އޮފީސް އޭސް އޭވިއޭޝަންސް އިންނެވެ.