މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިލްކެޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބީ މަރުކަޒުގައި ހިނގަމުން ދަނިކޮށް އެތަނަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން ހުރަސް އެޅި ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

ލޯކަލް ކައުންސިލތަކުގެ އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އީސީގެ އިންތިހާބު މަރުކަޒު ދޮށަށް މިއަދު އެއްވެ، އަޑުގަދަކުރަމުން ދަނިކޮށް އެ ސަރަހައްދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ އިސްވެރިން ވަޑައިގަތުމުން، އެ ސަރަހައްދުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ.

އެންމެ ފަހުން، އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރާ ހެދި ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން އެ ސަރަަހައްދުން ވަޑައިގަތީއެވެ. އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުން އެތަނުގައި ތިބިއެވެ. އެމީހުން އެތަނުން ނެރެފައި ވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިލްކެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ އެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށެވެ. އަދި އެތަނުގައި ހަމަނުޖެހުން ހިންގައި ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

"އެއީ މިޕާޓިން އިންތިހާއަށް ކަންބިޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ. އެފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ވޯޓުގެ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް ދެ ފުށް ފެންނަ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކުރުމުގެ ޖާގަ ދިނުމަށް ވެސް ގޮވާލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގލޅ

    އިދިކޮޅު ފަރާތްތަކުން އީސީއަކަށް ހުރަހެއް ނާޅައެވެ އެމީހުންގެ ބޭނުމަކީ މަކަރާއި ހީ ލަތްހެދުން ހުއްޓުވުމެވެ.

  2. ޖަނާޒާ

    ހަޔާތްކުޑަ އޭ ދޯ އެމްޑީޕީ ޤައުމުގެ ހަލާކު

  3. ގޮތްކުޑޭ

    ލަދުޙަޔާތްކޮބާ އެމްޑީޕީގެ ތިޔއްވުރެންމާރަނގަލުވާނެ ކަލޭމެން
    ހުރަސްއަޅަންއުޅުނުވާހަކަ ބުނިއްޔާ އެއވެސް ހައިސިއްޔަތެއްނެތްމީހަކު ފޮނުވައިގެން ވޯޓުއޮޅުވާލަންއުޅުނަސް
    އެކަންކުރާކައް ތިއެމްޑީޕީއަކައް މިފަހަރަކުﷲއިރާދަކުރެއްވިއްޔާ
    ފުރުސަތެއްނުދޭނަން

  4. އާދަމުގެދަރި

    އެމްޑީޕީއިން ނެރުނު ނޫސްބަޔާނަކަށްވުރެ ވައްތަރީ ޚުދުމުޚުތާރު ޑިކްޓޭޓަރ އަންނި ނެރެފައި އޮތް ބަޔާނަކާ. އެމްޑީޕީއަށްވެސް ދެން ރަނގަޅުވާނީ މި ޚުދުމުޚުތާރު ޑިކްޓޭރު އަންނި އެޕާޓީން ބޭރަށް ލައިގެން. އެހެން ނޫނީ މުޅި ޕާޓީގެ އަގުވައްޓާލައި ވެރިކަމުގައި ހުރި ވެރިޔާ، ރައީސްގެވެސް ދުވަސްދުއްވާލާނެ.

  5. ޙައްގު

    ޝަރީފައްވައިޖަހާނެކަމެއްނެތް ނަޝީދު އެކަނިތަ އިލެކުޝަނަށް ވަންނަން ޖެހެނީ