ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭންގައި ހއ. އިހަވަންދޫގައި އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެ ރަށު ކައުންސިލްގެ ދެ މުވައްޒަފަކު ވަޒީފާއިން މިއަދު ވަކިކޮށްފިއެވެ.

އިހަވަންދޫގައި މިހާރު އޮތް ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެހެން ވިޔަސް ނިމިގެން ދިޔަ އިންތިޚާބުގައި އެ ރަށުން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. ރަށު ކައުންސިލްގެ ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުންނަށް އިންތިޚާބުވީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އެމްޑީޕީގެ އެއް ކެންޑިޑޭޓަކު ކައުންސިލަށް އިންތިޚާބުވިއެވެ.

އިންތިޚާބަށް ފަހު ވަގުތީ ނަތީޖާ އިއުލާން ކުރިތާ 24 ގަޑިއިރު ނުވެ ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުން ފޮނުވާފައިވަނީ ކައުންސިލްގައި ކުނި އުކުމުގެ މަސައްކަތް ކުރަމުން ދިޔަ މުހައްމަދު ރިޝްފާންއާއި ކައުންސިލްގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މުހައްމަދު އަމީންއެވެ.

މީގެ ތެރެއިން ރިޝްފާން އަކީ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޝަނީޒާގެ ފިރިކަލުންނެވެ. ނިމުނު އިންތިޚާބުގައި ޕީޕިއެމްގެ ކެމްޕޭންތަކުގައާއި ޝަނީޒާ އިންތިޚާބު ކުރުމަށް ވެސް އޭނާ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ދެން ހިމެނޭ އަމީންއަކީ ޕީޕީއެމްގެ އިހަވަންދޫގެ ސްޓިއަރިން ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލައިގެން އުޅޭ ފަރާތެކެވެ.

އިހަވަންދޫ ކައުންސިލްގެ އިދާރާ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަޒީފާއިން ވަކި ކުރި ލިޔުމުގައިވާ ގޮތުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާ އަދާ ކުރުމުގައި ފަރުވާ ކުޑަ ކުރުމުން ކަމަށެވެ. އަދި ޚިދުމަތް ހޯދާ އިހަވަންދޫ ރައްޔިތުންގެ ފަރާތުން އެ މުވައްޒަފުންނާ މެދު ޝަކުވާ ލިބެމުން ދާތީ ކަމަށެވެ.

އިހަވަންދޫ ކައުންސިލްގައި އިންނެވި ހަމައެކަނި ޕީޕީއެމްގެ މެންބަރު އަހްމަދު ރިލްވާން (ޖިޒޭ) "ވަގުތު" އަށް ވިދާޅުވި ގޮތުގައި މި މުވައްޒަފުންގެ މަސައްކަތާއި އަޚްލާޤީ މިންގަނޑާ ގުޅޭ ގޮތުން ކައުންސިލްގައި އެއްވެސް މިންވަރަކަށް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ.

އަދި ވަޒީފާ އަދާ ކުރުމުގައި މިފަދަ މައްސަލަތަކެއް ހުރިކަން އިންތިޚާބުގެ ނަތީޖާ އަންނަން ދެން ވެސް ފާހަގަކޮށްފައި ނުވާއިރު ވަކި ކުރުމުގެ ކުރިން އެއްވެސް ނަސޭހަތެއް ވެސް ދެވިފައި ނުވާ ކަަމަށް ކުރިއަށް އޮތް ކައުންސިލަށް ވެސް އިންތިޚާބު ވެފައިވާ ޖިޒޭ ވިދާޅުވިއެވެ.

"ކައުންސިލްގެ ނިންމުމަކުންއެއް ނޫން ވަޒީފާއިން ވަކި ކޮށްފައި ވަނީ، [އިހަވަންދޫ ކައުންސިލްގެ] ރައީސް [މުހައްމަދު ރަޝީދު] ގެ އަމިއްލަފުޅު ނިންމިުމެއް ގޮތުގައި ދެން ފެންނަނީ، އަދި ވަޒީފާގެ މާހައުލުމުގައި މައްސަލައެއް ފެނުނަސް އޮންނާނެ ދެއްތޯ ނަސޭހަތް ދިނުން އަދި ނޯޓިސްއެއް ދިނުން ވެސް، އިންޒާރު ދިނުން ވެސް، އެއިން ކަމެއް ނެތް،" އެމްޑީޕީގެ ޓިކެޓްގައި ކުރިން ކައުންސިލަށް އިންތިޚާބުވެ ފަހުން ޕީޕީއެމްއާ ގުޅުނު ޖިޒޭ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުގެ ފޯނަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ކޮބާ ކޯޗަކަށް ތިޔަވީ. ނަންވާނީ ރައީސް ޔާމީން.

    އިބްރާހީމްގެ ޒީރޯ ޓޮލަރެންސްގެ ދަށުން.
    ބަހާއި ޢަމަލާއި ދިމާނުވާ ވަޢްދު

    58
    1
  2. ޙހހހ

    ބަލަ ޅ.ނައިފަރު ހޮސްޕިޓަލްގެ މެނޭޖަރ ޖައިފަރުވެސް އެމް. ޑީޕީ ނައިފަރު ކެމްޕޭންގައި އުޅުނު ވަކިކުރާކަށް ނުވޭތަ

    42
    1
  3. އަންނި

    އަހަރެމެން ބޭނުން އެއްޗެއް ހަދާލާނީ އަނގާރަ ދުވަހު އިއުލާން ކުރާ ދާއިމީ ނަތީޖާއިން ކުރި ހޯދާނަން.

    8
    29
    • ބިޑި

      ކަލޯ ބިޑި އެއް ނޭބުރޭނެ. ބޭނުންހާއެއްޗެއް ނުހެދޭނެ ދެންލަލަލަ

  4. ްައަހްމަދު

    ތިޔައީ ސޯލިހްގެ ވަޢުދެއް ކޮންމެހެންކުރަންޖެހޭކަމެއް މިކަހަލަކަންތައްމިކުރަނީ ހަމަރައްޔިތުންދެކެވާލޯބިންތޯ ޕީޕީއެމްގެ މެޖޯރެޓީއޮންނަ ކައުންސިލަކުން މިކަހަލަނިކަމެތިކަމެއް އެއްވެސްރައްޔިތަކަށް ނުދޭނެކަމަށް އުންމީދުކުރަން އިހްލާސްތެރިކަމާއެކުމަސައްކަތްކުރާ ކޮންމެރައްޔިތެއްގެ ޚިދުމަތްބަލައިގަންނާނެކަމަށް އުންމީދުކުރަން

    28
    1
  5. Anonymous

    Vaki party egga meehekey kiyaafa vazeefaaga bahattan jeheythoa vazeefaage sharuthaa khilaafu veema.

    6
    10
  6. މާމީ

    ހަޖަމު ނުވީ ނުވިއަސް ކަލޭ ހަމަ ގެއައް ދާންޖެހޭނީ

    26
    2
  7. އަހަރެން

    އެމްޑީޕީއަށް ހަޖަމެއްނު ވާނެ އެކަމަކު ގުދޯގުދޯ ގޮވާނެ

    33
    1
  8. ހުސޭނުބޭ

    އައްދެ! ތިއޮތީ ލާމަރުކަޒީ ނިޒާމު ދެފައިދަނޑިޔަށް ހިނިއަރާފައި! މިއީ ސޯލިބެ އެބުނާ އޭނާގެ މޮޅު ނިޒާމް

    38
  9. ތުރިޕުލްައެލް

    ހަޖަމްނުވީތާ

    27
  10. އާދަމުގެދަރި

    ރީނދޫ މީހުންނަށްވުރެ ޚުދުމުޚުތާރު ޑިކްޓޭޓަރު ބަޔަކު މިބިންމަތީގައި ނުތިބޭނެ.

    31
  11. އުތުރުން

    ކައުންސިލް ރައީސްގެ މައްސަލަ ކޯޓަށް ހުށަހަޅަން ތާއީދު
    ކުރަމެވެ.

    29
  12. ސޫއޫދު

    ޜައްޔިތުން ވޯޓްއިން ބޭރުކުރި ބަޔަކައް އަދިވަކިނުކުރެވޭނެ އަދިއެމީހުން މަގާމުގަ ތިބީރައްޔިތުން ވޯޓްދީގެނެއްވެސްނޫން ސަރުކާރުގެ ބާރުން މަޖިލީސްބޭނުންކޮއްގެން ވީމަ 2023 ގަ މުޅިއެތި ބޭރުކޮއްފަ ޖަލައްހުކުމްކުރީމަ ނިމުނީ އިބުރާހިމެއް ކާސިމެއް ނުބަލާ.

    26
  13. ޙަސަން

    ތިޔަ ރަޝީދު ވެސް ޖެހޭނީ ދާން. ތިވާނީ ހިނދުކޮޅުގަ އުޅޭ މީހަކަށް. ބަލިވީމާ ރާޑިވަނީ.

    27
    1
  14. ޕޮގުބާ

    ހަޖަމް ނުވިޔަސް މީބޮޑުވަރު ސަރުކާރަށް ނޫނެކޭ ދިއްދޫ ރަށްޔިތުން ބުނެފި ދެން ލަލަލާ

    17
  15. ރާނާ

    ވަރަށް ނުލަފާވާނެ ރައީސް..... އަދި ތި ފެނުނީ ކޯވަރެއްގެ މިންވަރު

    13
  16. ޖުމައިލް

    ހެޔޮވެރިކަމުގަ މިކަހަލަ ކަންކަން ވާނެ.އަދި ދުވަހެއް އަންނާނެ.ތިކަމުންވެސް ޕާޓީއަށް ތާއީދު ގެއްލުން ނޫންކަމެއް ނުވާނެ.މަށަކީވެސް ފެށުނީއްސުރެ އެމްޑީއަށް ވޯޓްދޭ މީހެއް.ގޭތެރެއިން އެކަނިވެސް 10 ވަރަކަށް ވޯޓް ލިބޭނެ.ނަމަވެސް ދެން އެކަމެއްނުވާނެ.ހޯހޯ.ކުރަމުން އައި އުއްމީދު ފުނޑު ފުނޑު ވެއްޖެ.

  17. އައްޔު

    ކޮބާތަ ވަޒީފާ ސޯލިހުވީތޯ؟