ވެރިކަން ކުރުމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސަރުކާރު އުވާލައި ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާ ގޮތަށް ބަދަލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވަނިކޮށެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތުން 2007 ވަނަ އަހަރު ކަނޑައަޅާފައިވާ ނިޒާމެއް ކަމަށެވެ.

"ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެ." ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް ސޯލިހްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވަނީ 2023 ގެ ރިޔާސީ އިންތިޚާބު ނުބޭއްވުމަށެވެ. އަދި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް 2024 ގެ މަޖިލީހުގެ އިންތިޚާބު ޖެހެން ދެން މަޖިލީހުން ސަރުކާރު ހިންގާ ގޮތަށެވެ. އަދި 2024 ގެ މަޖިލިސް އިންތިޚާބުގައި ބަރުލަމާނީ ނިޒާމަކަށް މަޖިލިސް އިންތިޚާބު ކުރުމަށެވެ.

ބަރުލަމާނީ ނިޒާމަކީ އަބަދުވެސް ރާއްޖޭގައި ބާއްވަން ރައީސް ނަޝީދު ބޭނުންފުޅުވާ ނިޒާމެވެ. 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި އެމްޑީޕީއާއި ރައީސް ނަޝީދު ތާއީދު ކުރައްވާފައި ވަނީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރައީސް މައުމޫން އާއި އެމަނިކުފާނު އޭރު ލީޑް ކުރެއްވި ޑީއާރުޕީގެ އިތުރުން ބައެއް އެހެން ޕާޓީތަކުން ވެސް ތާއީދު ކުރީ ރިޔާސީ ނިޒާމަކަށެވެ.

2007 ގައި ބޭއްވި އެ ވޯޓްގައި ރައްޔިތުންގެ 60 އިންސައްތަ ވޯޓުން ރާއްޖޭގައި ބޭއްވުމަށް ކަނޑައެޅީ ރިޔާސީ ނިޒާމެވެ. އެކަމަކު އެ އިންތިޚާބެއް އެމްޑީޕީއިންނާއި ރައީސް ނަޝީދު ބަލައެއް ނުގަނެއެވެ. ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުގައި އެ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލައިފައެވެ.

އޭރު އެމްޑީޕީއިން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރިޔަސް އެމްޑީޕީގެ މެންބަރުންގެ މެދުގައި މިއަދު މި ކަމުގައި ޚިޔާލު ތަފާތުވުންތަކެއް ވެސް އެބަ އުޅެއެވެ. ބައެއް މެންބަރުން ބަރުލަމާނީ ނިޒާމެއް ގެންނަން ވަކާލާތު ކުރައްވާއިރު ބައެއް މެންބަރުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޗާބީބޮކާ

  ރައީސް ސޯލިހައް އާއިލާއިން ތަރިކަ މުދާބަހާގެން ލިބިފަ ހުރި މުދާ ގަނޑެއްތޯ...؟ ނޫނީ ސިއްކަ ފަރާތުން ވާރުތަވި މުދާގަނޑެއްތޯ....؟ ނޫނީ ކެނެރީގެއިން ލިބުނު ރަސްކަމެއްތޯ...؟

 2. ހުމާ

  2007 ގަ ޔާމީނު ތާއީދު ކުރީ ކޮންކޮޅަކަށްކަން ޖަހާލަން ކެރޭނެތަ؟

 3. ކޮއްކީކަލޯ އަލަނާސި

  ބަރުލަމާނީ ނިޒާމުގައި ހުރިހާބާރެއް މަޖިލީހަށް! އެހެންކަމުން 3 ބާރުވަކިވެފައިވާ ނިޒާމެއް ދެނެއްނޯނާނެ، ބޭރުގެ ނުފޫޒުން މެމްނަރުންނަށް ރިޝްވަތުދީ ގަނެލުންވާނީ ފެންމެޓަޔަށް އެކަން ނުކުރެވިގެން ނަށީދު އުޅެނީ، ނަށީދަކީ ބޮދުވަޒީރު، މަޖުލީސް ރައިސް ، ޖޭއެސްސީގެ ރައީސް، ޕޮލިސް ކޮމިޝަންގެ ރައީސް. ނަށީދު މަގުމަތީގަވެސް ، ނަޝީދު އެލެކްޝަންތެރޭގަވެސް، ނަޝިދު ބްލާބްލާ .. ނަޝީދަކީ ބޮޑް ޖޯކެއް. އެދުމުންފުރިފައިވާ.

 4. ތުނބުޅި

  ކީއްވެ ބަދަލު ނުވާންވީ. މިހާރުވެސް މި އުޅެނީ ރިޔާސީ ސޯަޓެއްގަ ބަރުލަމާނީ ފަތި ޖަހައިގެން ލައިގެން. އިރު އިރު ކޮޅާ ދެ އިނގިލި ކުރިން ހިފާފަ ބަރުލަމާނީ ފަތި އެބަޖެހޭ ހެޔޮވަރު ކޮއްލަން ފޫކޮޅު ގަ ޖެހޭވަރުން.e

  4
  1
 5. ކޮވިޑް

  ކާފާ މި ޤައުމުގެ ބޮޑު އަޣުލަބިއްޔަތު މީހުން ލަދީނީ މީހުންގެ ފަހަތުގަ ހުރީމަ ތޯ މަނިކުފާން ތި ހުންނެވީ ޝަނާކިޔަން ކޮށްކޯ ފުޅު ޖަލަށްލާފަ، ކާފަ ވެސް މިހާރު މާ ގޮތްކުޑައީ،

 6. ސިޑް

  ގައުމު ހަލާކު ކޮއް ސުންނާ ފަތި ކުރާއިރު ވެސް އަނގަތަކުން ނުބުނޭ އެކަމަކު ވެރިކަމޭ ބުނާއިރަށް ހޭބަލި ގބޯ

 7. ޙާމާނު

  ހަމަ ސީދާ ފިރުއައުނު މިއުޅޭ އަންނިމީ