ސައިކަލެއްގައި ދިޔަ މީހަކު ކުއްލިއަކަށް މަގުމައްޗަށް ވެއްޓި އަނިޔާވުމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އެހީވެ، އެންމެންނަށް ނަމޫނާ ދައްކަވައިފިއެވެ.
މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެނިގެން ދަނީ ވެލާނާގެ ކައިރިން މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްއިރު، އޭނާ ކައިރީގައި މިނިސްޓަރު އިންނަވާ މަންޒަރެވެ. މިނިސްޓަރާއެކު އިތުރު ބަޔަކުވެސް އެ މީހާ ކައިރީގައި އެ ވަގުތު ތިއްބެވެ.
މަންޒަރު ދުށް މީހަކު ބުނީ، މިއަދު ހެނދުނު ވެލާނާގެ ކައިރީގައި ސައިކަލުގައި ދިޔަ މީހަކު ބިންމައްޗަށް ވެއްޓުމާއެކު މަހްލޫފާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި ޔޫތު މިނިސްޓްރީގެ ޕާސަނަލް އެސިސްޓަންޓް އަޒްމޫން އަހްމަދު އެ މީހާ ކައިރިއަށް ވަޑައިގެން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އެ މީހާ ބިންމައްޗަށް ވެއްޓުނު ވަގުތު ބޯޖެހި، ބޯ ފަޅައިގެން ދިޔަ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
"ސައިކަލުގައި އެ މީހާ ދަނިކޮށް ކުއްލިއަކަށް އެ މީހާ ވެއްޓިފައި ބޯވެސް ފަޅައިގެން ދިޔަ، ބައެއް މީހުން ހީކުރީ އެއީ ކޮވިޑް ޥޭދަނައެއް ކަމަށް، މިނިސްޓަރާއި އަޑުބަރޭ އާއި އަޒްމޫން އެ މީހާއަށް އެހީވަން ދިޔައީ". މަންޒަރު ދުށް މީހަކު ބުންޏެވެ.
އެ މީހާ ބުނީ، ވެއްޓުނު އެ މީހާއަށް އެހީވެ، އެމީހާ ޓެކްސީއަކަށް ލާފައި ފޮނުވީ އޭޑީކޭ އަށް ކަމަށެވެ. އެމީހާއާ އެކު މަހްލޫފް ވެސް ޓެކްސީ އަށް ވަޑައިގެންނެވި ކަމަށް އޭނާ ބުންޏެވެ.
އަދި މިނިސްޓަރު ވެސް އޭޑީކޭއަށް ވަޑައިގެން ކަަމަށާއި، މިނިސްޓަރު އެމީހާގެ ހާލު ބެއްލެވިކަމަށް މަަންޒަރު ދުށް މީހަކު ބުންޏެެވެ.
ދެއްކުންތެރިކަމުން އެވޯޑް ދޭންވެފަ
ޑްރާމާ ކުޅެނީ! ދަރިފުޅަށް ނާޖައިސް ފައިދާ ހޯދާދީފައި އެކަން އޮއްބާލަން ޖަހާ ސްޓަންޓު!
ސާބަހޭ މަޚްލޫފް ކޮބާ އެމް ޑީ ޕީ ގުންޑާއިނަނައް އެއްޗެއް ވިސްނޭދޯ އެއީ ޕީ ޕީ އެމްގެ ފިކުރު ހުންނަ ވަޒީރެއް މީހުންނައް ހަމްދަރުދީ ވާމެ އެމް ޑީ ޕީ މީހެއްނަމަ ޖާހަތައް ޓަކައި ފިލާނި...
މަހުލޫފް އަކީ މީހުންނަށް ވަރަށް ހިންހެޔޮ ބޭފުޅުން، ނަމޫނާ ވެރިއެއް،
މަހުލޫފް އަކީ މީހުންނަށް ވަރަށް ހިންހެޔޮ ބޭފުޅުން، ނަމޫނާ ވެރިއެއް،
ތީ ދަޅަހީރޯއެއް ... ފީކަޅާ އަމިއްލަ ފައިދާއަށް އުޅޭ ކަޑަ ގޮލައެއް... ތިގޮލައަށް ސަމާލުކަން ނުދިނުން ރަންގަޅުވާނީ.. ހުރިހާ ދިމާލަކުން ކްރެޑިޓް ކަމުން ފައިދާ ހޯހަމުން ދުވާ ގޮލައެއް... ބޮޑު ނުހޮރުއްޕާނެއް ކަހަލަ ގޮލައެއް.... ސަމާލުވޭ!!!!
ޢިންސާނިއްޔަތުކަމެއް ހު ރިއްޔާ މީހަކު މަގުމައްޗައް ވެއްޓިފައޮއްވާފެނިއްޖިއްޔާ ކޮންމެމީހަކުވެސް އެހީވާނެ ! މީގެ ދުވަސްކޮޅެއްކު ރިން ހުޅުމާލެ ރެޑްވޭވް މެގަ ރމޯލް ކައި ރީގަ ހުންނަ ބްލޫލައިން ކައި ރިޔަށް ވެއްޓްނު ކުޑަދެކުދިން އަޅުގަނޑާ ކު ރީ ސަ ރުކާ ރުގެ މިނިސްޓަ ރ އަކާ ވެގެންނެގިން .
ތިމާއަށް ލިބޭ މަތިވެރި މަޤާމަކީ ﷲގެ ހެޔޮ ރަޙުމަތެވެ. ކަންކަން ލިބުނީމައި ބޮޑާވެ ކިބުރުވެރި ވާންވީކީ ނޫނެވެ. މަޚްލޫފް ފަދައިން ހިތްތިރިކޮށް ރަޙުމް ކުރަންވީއެވެ! މި ރަމްޟާންމަހު ﷲގެ ޙަޞްރަތުން މިންވަރު ކުރެއްވި ހެޔޮ ދަރުމަ ލިބިގަތުމުގެ ފުރުޞަތުގެ ބޭނުން މަޚްލޫފް ތިވަނީ އެންމެ ފުރިހަމައަށް ހިފާފައެވެ. މަޚްލޫފަށް، ﷲ ހެޔޮރަޙްމާތާއި، އިތުރު ކުރިއެރުމާއި، ހެޔޮގޮތް މިންވަރު ކުރައްވާށި! އާމީން
ތިޔަ މީހާ އަންނަންވީ ގައުމުގެ ރައީސް ކަމަށް..ކޮންމެ ރައްޔަތެއްގެ ގެއަށް ވަދެ ހާލު ބަލައި ލިބޭ މުސާ ރަ ނިކަމެތިންނަށް އެއްކޮށް ހުސްކޮށްލާނެ..އޭނަ ނިދާނީވެސް މަގުމަތީގަ..މީހަކު ނުބެހޭނެ..ސަބަބަކީ ރައްޔަތުންނަށް ހެޔޮއެދޭ އަދުލުވެ ރި ބޭފުޅަކަށްވާތީ....ތިޔަވަރުގެ މީހަކު މުޅި ދުނިޔޭގަވެސް ނުހުންނާނެ.