ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ފެނޭތޯ ބަލަން "ވަގުތު" އިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ފަށައިފިއެވެ.

ފޭސްބުކްގައި ކުރިއަށް ގެންދާ ޚިޔާލު ހޯދުމުގެ ވޯޓަކީ މާދަމާ މެންދުރު 12:00 އާއި ހަމައަށް ކުރިއަށް ގެންދާ ޚިޔާލު ހޯދުމުގެ ވޯޓެކެވެ.

ޚިޔާލު ހޯދުމުގެ ވޯޓްގައި އަހާފައިވާ ސުވާލަކީ ރައީސް ނަޝީދު ރާއްޖޭގެ ބޮޑުވަޒީރު ކަމަށް ގެންނަން ފެނޭ ހެއްޔެވެ؟

ވޯޓް ހުޅުވާލިތާ 20 މިނެޓް ތެރޭގައި 790 އަށް ވުރެ ގިނަ މީހުން ވަނީ ރައީސް ނަޝީދު ބޮޑުވަޒީރު ކަމަށް ގެންނަން ނުފެންނަ ކަމަށް ބުނެ ވޯޓް ދީފައެވެ. އެމަނިކުފާނު ބޮޑުވަޒީރު ކަމަށް ގެންނަން ފެންނަ ކަމަށް އަދި ވޯޓް ދީފައި ވަނީ 70 މީހުންނެވެ.

Vaguthu Poll | Nasheedh Boduvazeerakah Gennan Feney thah? Nufeney thah?
.
.
.
Voting Open Until: 21/042021 | 12:00PM

Posted by Vaguthu on Monday, April 19, 2021

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާކަން ރައީސް ނަޝީދު ވަނީ އިއްޔެ ރޭ ރައީސް ޞާލިހަށް އަންގަވާފައެވެ. ރައީސް ނަޝީދު ވަނީ އަންނަ ފެބްރުއަރީ މަހާއި ހަމައަށް ދާއިރު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އައްޔަންވެ ވަޑައިގެން، ވެރިކަން ހިންގުމާއި ހަވާލުވުމުގެ މަގުޗާޓް ރައީސް ޞާލިހާއި ހިއްސާ ކުރައްވާފައެވެ.

ރައީސް ޞާލިހް ވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ބަދަލުކުރަން ބޭނުންވާކަން ރައީސް ނަޝީދު މީގެ ކުރިން މިހައި ސާފުކޮށް ވިދާޅެއް ނުވެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ރައީސް ނަޝީދު ފެއްޓެވުމުން އެމަނިކުފާނަށް މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

 1. އުތުރުން

  އަޅުގަނޑަކަށް ނުފެނޭ ނަސީދު ބޮޑުވަޒީރަށް ކީތްކުރަންތޯ
  ދަ އުލަތުގެ އެ އްވެސް މަގާމެ އް ދޭކަށް.

  207
  3
  • ގެރި

   ޕީޕީއެމުން ކުރައްޕެއް ނެރުނަސް މީނައަކަށް ނުދޭނަން ވޯޓެއް

   26
   1
 2. އަލީ

  ފަލީހަތް ވީ އަމިއްލަޔަށް.

  144
  1
 3. ޙުސައިން ޢަލީ

  ގަމީހެއް ބޮޑުވަޒީރަކަށް ގެނެސްގެން ކުރާނީ ކޮންމަކެއް!

  142
  2
 4. ކޮތަރު

  ހާދަވަ ރެއްއެބަހުއްޓޭދޯ ؟؟

  80
  1
 5. އިސްތިއުފާ

  ރައީސް އިބޫ އަށް ރައްޔިތުން ވަނީ މިހާރު ނޫނެކޭ ބުނެފައި ދައުރުގެ މެދުތެރޭން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ދެން ރީތި ގޮތަކީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަން ބޭނުންނަމަ ރައްޔިތުން ގާތަށްދާށޭ ބުނުމުގެ ބަދަލުގައި ރައީސް އިބޫ ދެން އިސްތިއުފާ ދޭންވީއޭ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ..

  92
  17
 6. ބޮޑުވަޒީރު

  ޚިހަވަރެށް ދީގެންތޯވަގުތުކުދިން ތީކަމާގެންތިއުޅެނީ
  ހަމައިހާލީ

  51
  13
  • މަރުދޮޅި

   ރައްޔިތުންގެ ވިސްނުންހުރިގޮތް އެނގޭތީ ކަޑަވީދޯ!

   40
   3
 7. ފުތު

  މިދެން ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާންވި ކަމެއްވެސް ނޫނެއްނު. މިކަލޭގެއަކަށް ވެރިކަމެއް ނުކުރެވޭނެ. ދެންކޮށް ޚިޔާލުހޯދުމުގެ ވޯޓަކަށްތަދާންވީ. މީތަނެއްގަ ހުރި ބުރާންޗެއް..ކޮންވެރިކަމެއް ކުރެވޭނީ އެކަމު ނިކަން ވެރިކަން ކުރާހިތްވާނެ. ބޯގޯސް..

  91
  2
  • ޢަލީ އަޚްސަން

   ވޯޓަކަށް ދިޔަސް ރައްޔިތުން ބޮޑު ތަނުން މި ބުރާންތި ފެއިލަކޮށްލާނެ

   104
   3
 8. Anonymous

  ކިހާދެރަކަމެއް މިއޮއްފަދަ ރަމަޟާންމަހު.
  ރަނގަޅު މީހެއް ނަމަވެސް ރަނގަޅު ބަހައްޓަން މަރުވަންދެން ވެސް ބޮޑު ވަޒީރަކަށް.
  އެކަމަކު މީނަ ދައްކާފައި ހުރި ވާހަކަތަކަކީ މުސްލިމު ޤައުމެއްގެ އެއްވެސް މަޤާމަކަށް ކުފޫ ހަމަވާ ވާހަކަ ތަކެއްނޫން. ވަގުތުވެސް މިހާރު ބޭކާރުވެގެން ތިއުޅެނީ. ވަގުތު ނިކަން މީނައަށް ހަނދާން ކޮށްދިބަލަ މީނަ ފުރަތަމަ މައްމޫނު އިރު ޑިމޮކްރަސީ ނުގެނެވިގެން ތެޅިބޭލިއިރު ބުނީ ތިމަންނަ ވެރިކަމެއް ބޭނުމެއް ނޫނޭ. މިހާރު ދެން ދެފަޔަށް ހިނި އަރައިގެން ބޮޑުވަޒީރަށްނުވެވިގެން.

  85
  1
 9. ފަސްކުޅަނދު މަދުމީހާ

  މިދެން މަށަށްކާކު؟ ރައީސްކާމާ ބޮޑުވަޒީކަމާ މަތިކުރަން!

  73
 10. އައިނާ

  ތިއުޅެނީ ލަދަކާ ކުރިމަތިލާންވެގެން .. ރައީސް ނަޝީދު!

  77
  1
 11. ައްޗި

  ކިހާ ހަޑި ކަމެއް!!! ސިއްރު ވޯޓަކަށް ނުވާނެ. އަދި ނޫނެކޭ ބުނާ މީހުންނަށް މީގެ ފަހުން އަބަދު ފުރައްސާރަކުރާނެ. އެމީހުންގެ އެކްޓިވިސްޓުން. ރާއްޖޭގައި އޮންލައިން ފުރައްސާރަ ތައާރަފު ކުރި ބުއްޅަބޭގެ ވާހަކަ މިދައްކަނީ

  69
  1
 12. ޓިނު ވަގު

  މިކަލޭގެ ސަދޫމުގެ ބޮޑުވަޒީރަކަށް ހަމަޖެއްސުމަށް ތާއީދު ކުރަން...

  73
  2
 13. ފަޒީލް

  ގިނަފަހަރު ގޯސްވަނީ ނިޒާމެއްނޫން ގޯސްވަނީ ނިޒާމްހިންގަންތިއްބަވާބޭފުޅުން ނިޒާމުންބޭރުވެ
  ޚުދުމުޚުތާރުވުމުން އިސްލާމްދީނަކީ ﷲ ބާއްވާލެއްވިހުރިހާގޮތަކުންވެސް އެންފުރިހަމަދީން ނަމަވެސް އެދީނަށްހަޖޫޖަހާ ދީންގަބޫލްނުކޮށް އަދި ދީނުގެނަމުގައި ދީންހުއްދަނުކުރާ ނުބައިކަން
  ތަކަށްއިންސާނުން އަރައިގަންނަނީ އެދީންގޯސްވީމަތޯ ވީމާ، ވެރިކަމުގެނިޒާމް ބަދަލުކޮށް ބޮޑުވަޒީރު
  ހުންނެވުމުންވެސް ކަމެއްރަގަޅުނުވާނަމަ އިތުރަށް ޚަރަދުބޮޑުވެ ގައުމާ،ގައުމުގެރަށްޔިތުންގެ މަސްލަހަތަށް އަސަރުުކުރާނެކަމަށް ބެލެވޭ އެއީ މިހާރުވެސް ވަކިފަރާތަކުން ގަދަބާރުބޭނުން
  ކުރައްވައިގެންވެސް ...................

  47
  1
 14. ބުއްދި

  ކެނެރީގޭގައި ބަރުލަމާނީ ނިޒާމު އުފައްދާ

  64
  1
 15. ......

  ވަގުތުން ކޮން ކުޅިއެއްތޯ ތި ކުޅުއްވަނީ....ކުރިޔަށްދާންވީ މަގު ކޮށާލަދެނީތޯ...އަހަރެމެން ރައްޔިތުންނަށް އެނގޭ އެއްޗަކީ މީހަކު ބޮޑުވަޒީރުކަށް އައުމަށްވެސް ނުވަތަ ނިޒާމު ބަދަލު ކުރާކަށްވެސް ނޫޅޭ

  38
  8
 16. ނަޖީބު އައްބާސް

  މަށަކީ ނަސީދައް ތާއީދު ކުރާމިޙެއްނޫން އެކަމަކު ބުނަން ތިގޮތައް ނާގާވޯޓަކުން ރައްޔިތުންގެ ހިޔާލެއް ނޭގޭނެ ޔާމީނު މިދިޔަރީއާސީ ކެންފޭނުގަވެސް ހުރިހާތާކުން ބޮތަނުން ކުރީގަޔާމީނު އުޅެނިކޮއް އަސްލުވޯޓުގަ ބޮތަނުން ޔާމީނުބަލިވީ

  18
  33
 17. ޢަލީ

  ނޯ

  52
  1
 18. މުހައްމަދު ޝާހް، ރ.ވާދޫ

  ތިކަލޭގެ ތީ ތިކަހަލަ އެއްވެސް ކަމެއް ހަވާލުކުރާވަރަށްވުރެ ބޮޑަށް ފެއިލްވެފަ ހުރި މީހެއް. އަނގައިން ހިފަހައްޓާ، ކަންކަމުގަ ދޮގާ މަކަރާ ހީލަތުގެ އަރާހުރި މީހެއް.

  60
  2
 19. ޙ

  ވޯޓް ނަގާނެ ކަމެއް ނެތް. ވޯޓުން ބަރުލަމާނީ ކަމުނުދާވާހަކަ ރައްޔިތުންވަނީ ބުނެފައެވެ. ޢޮޅިގެންގޮސް އާޔެކޭ ބުނެވެންދެން ވޯޓްނަގާކަށްނުޖެހެއެވެ. ޜާއްޖޭގެ ބޮޑުވަޒީރަކަށް ހުންނަންވާނީ އިސްލާމްދީނުގެ ހުކުމްތައް ދަންނަ ރައްޔިތުން ގޮވައިގެން އިމާންވެ ނަމާދުކުރަން އެގޭ މީހެއް.

  23
  • އަސްތާ

   ތިކަމަށް ޔާމީނު ވަ ރެެ އް ނެތް. އަބަދު ސަޖިދަ ްިގަ އޮންނަވަނީ

 20. ޔާސިރު

  ލާދީނީ ސުމްޕާ ކަލޭގެ މިގައުމުންވެސް ފައްސާލަންވީ

  24
  1
  • ދޮންދީނާ

   ޙަމަ ބަރާބަރު ވާހަކައެއް.
   މީނާ މަރުވަންދެން އަހަރެމެންގެ ދަރިންގެ ދަރިންނަށް ވެސް ލާހިކައެއްނު ހަމަޖެހިލައިގެން މިގައުމުގައި ދިރިއުޅެން. ޙީވާ ކަހަލަ، ދިވެހި ދައުލަތަކީ ކެރަފާ އާއިލާ ހަރުމުދާ ގަނޑެއްހެން. މިގައުމަށް ޖެހިފައި އޮތް މުސީބާތެއް.

 21. މެކް

  އަޅުގަނޑަކަށް ނުފެނޭ ނަސީދު ބޮޑުވަޒީރަށް ކީތްކުރަންތޯ
  ދަ އުލަތުގެ އެ އްވެސް މަގާމަކައް ކުފޫހަމަވާ މީހެނޫ.

  20
  1
 22. ހުސެން

  މައްސަލައަކީ ކަލޭ

  10
  1
 23. ނިޝާންދު

  މުހިންމީ ނިޒާމެއް ނޫން......
  އިޚްލާސްތެރިކަން ނެތް އަމިއްލަ އެދުން ބޮޑު ވަތަނީ އެއްްވެސް އިހްސާސެއް ނެތް ބަޔަކަށް ގައުމު ހިންގަން ހަވާލު ކުރުމުން، ހުރިހައި ނިކަމެތި ކަމެއް ލިބޭނީ ރައްޔިތުންނަށް،

  17
 24. ޖަނާޒާ

  ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓް

  6
  1
 25. ޖަނާޒާ

  ރައްޔިތުންގެ ފެންނަނުފެންނަވޯޓ

  5
  1
 26. ޖަނާޒާ

  ރައްޔިތުންގެ ފެންނަނުފެންނަވޯޓް ރައީސްނަޝީދު ކާމިޔާބު ކުރާނެ ! ޞާލިހު އިނދަޖައްސާފަވެސް! ވަރަށް ސަލާމް

  6
  11
 27. ފަރުވާ

  އެބޭފުޅާ އަކީ މިހާރުވެސް ބޮޑު ވަޒީރު ކަމަށް އެސިޔުމް ކޮށްލީމާ ރަނގަޅުވާނެ

  10
  1
  • މަށޭމި

   އެކަމާމެދު ވިސްނާލަންވެސް ނުވާނެ، ބޮޑު މުސީބާތެއް!! މީނާގެ ނުރައްކަލުން ސަލާމަތް ކޮށްދެއްވުން އެދި މިސްކިތުގައި ގުނޫތު ކިޔަން ފެނޭ 😂😂..

 28. ސސ

  ނަޝީދުގެ މެންބަރު ކަމުގެ ދާއިރާ މީހުންގެ ނޯކޮންފިޑެންސް ވޯޓެއް ނަގަންވީ ނުންތޯ ؟

  16
 29. ޜަނާ

  ތިޔައަށް ވޯޓްދޭނީ ތިޔަ ނޫސް ކިޔާ މީހުންތާ ނޫސް ނުބަލާ މީހަކު ވޯޓެއް ނުދޭނެ އެހެންވީމަ ތިޔައީކީ ތާކުން ތާކު ޖެހޭ ކަމެއްނޫން . މަމެންގޭގަ އެބަ އުޅޭ އަށެއްކަ މީހުން އަހުން އެކަނި ތިޔަ ނޫސް ބަލާ މީހަކީ. ޢެކަމު.ގިނައީ އަންނިއަށް ސަޕޯ ރޓް
  ކު ރާމީހުން

  7
  4
 30. ޜަސް

  ރަސްކަމަށް އިސްކު ރަން ވީ ނޫންތޯ
  ޢޭޜުން މުޅި އުމުޜު ތަހުތުގައި ވެޑުވިގެން އޮވެދާނެ
  ސަންދޯއްވެސް އަޅަން ވާނީ ތަހުތާއެކު

  22
 31. ރެޓޭ

  އެކަށީގެންވާ އެއްޗެއް އެކަށީގެންވާ ކަމަކަށް އައްޔަން ކުރަން ފެނޭތޯ ވޯޓު ނަގަން ޖެހޭނީ!
  ކުރަތްޕަކަށް ނުވަތަ މިނިކާ ވަގަކަށް މަޤާމެއް ދޭން ފެނޭތޯ ނަގަންވީ ކޮން ވޯޓެއް؟!

  17
  1
 32. peoples

  komeh kamehga hadhun neahteema meehaa halaaku vanee, kureege meehunves nimi dhiyaee hama ehen. kaley thihuree verikamah dhevihifaafa

  5
  1
 33. ޖަގަހަ ހަސަނު

  ތިކަލޭގެޔަށް ބޮޑުވަޒީރުކަންދޭކަށް މަށަކަށް ނުފެނޭ ތިޔައީ ވަށްކަންކުރާމީހެއް ސޯލިހުވެސް ކުރަނީ ވަށްކަން މިހާރުވެސް އަހަރުމެން ގެންނަ ޕޯސްޓުގެ އެތިކޮޅު ވެސް ސަރުކާރުން ކާލަނީ ރަށްޔަތުމީހާޔާ ހަމަޔަށް ޕޯސްޓު ޕާރސަލް ނުލިބޭ މަކަރުވެރި ސަރުކާރެއް.

  19
 34. ޖަމީލުބެ

  މުޅިން ނުބައި. ބޮޑު ޖަރީމާއެއް. ފުރަތަމަވެސް ވޯޓް ނަގަން ޖެހޭނީ ފުރަތަމައިނުންވެސް ނިޒާމު ބަދަލު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ؟ އޭގެ ފަހުގައި މީހުން ބަދަލުކުރަން ބޭނުމިއްޔާ އެކިއެކި މީހުން ބޮޑު ވަޒީރަކަށް ކުފޫ ހަމަވޭތޯ ނޫންތޯ ބަލާނީ.. މުޅިން ގޯސް މިއޮތީ ހަދާފަ

  16
  1
 35. އާދަމުގެދަރި

  ޚުދުމުޚުތާރު ޑިކްޓޭޓަރަކު ބޮޑުކަމުގައި ބަހައްޓަން ނުފެނޭ. ބޮޑުވަޒީރުކަން ދޭންވެސް ނުފެނޭ. އަދި ދައުލަތުގެ މަގާމެއްގައި ބަހައްޓަންވެސް ނުފެނޭ.

  22
 36. އަހުމަދު

  ބޮޑުވަޒީރުކަން ކީއްކުރަން ، ކުނި އުކަންވެސް ބޭނުމެއްނޫން ތީއްޗަކު

  26
  1
 37. ބަހަނ1ީމް

  ނޫން މީނަމީ ބޮލުރޮދިކެނޑިފަހުންނަ މީހެއް

  25
  1
 38. އިބޫ

  އޭނަ ރަނގަޅުވާނީ ހުއިފިލަނޑާ ގޮވާންކުރަން ބަހައްޓަން

  28
  1
 39. ޞޮނިބެ

  ޢަޅުގަޑަކަށް ނުފެނޭ ނަސީދު ބޮޑުވަޒީރަކަށް ލާކަށް އޭނައަކީ ވަރަށް ނުބައި މީހެށް

 40. ޤ. ހައްގު

  ރައްޔިތުންނަށް އިޙުލާސްތެރިނުވެ ކޮންބަރުލަމާނީ ވެރިކަމެއްހިންގޭނީ ބޭނުންވަނީ ތެދުވެރި ވެރިއެއް ނަޝީދުގެކިބައަކުންނެތްތެދުވެރިކަމެއް

 41. އިލިޔާސްޔ

  ކާފަރު ލާދީނީ ގެރި މިގައުމުން ބޭރުކުރަންވީ

 42. ހަސަން

  ނަސީދު ޕޕޕޕޕ

 43. މިޒޫ

  ދޭން ވީ ހަމަ ، ފެއިލް ވާނީ !

 44. ފާތުން

  މީނަމިގައުމުންވެސް ބޭރުކުރޭ އެވެސް މަގާމެއްދޭނެ ކަމެއްނޭތް. މުޅިގައުމު ހަލާކު ކޮފި.ބާލާ ބާލާ ބާލާލާ

 45. ޙހހހ

  ނަޝީދު ބޮޑުވަޒީރުކަން ބޭނުންވެ ނިޒާމް ބަދަލު ކުރަން އިބޫއަށް ގޮވާލުމުން އެނގެނީ ނަޝީދުއާއި އޭނަގެ އައުވާނުން އިބޫއަށް އިތުބާރު ނުކުރާކަން ،

 46. ވަގުތުނެތޭ

  ނިޒާމާއި ބެހޭ ގޮތުން ރައީސް އިބޫ އިތުރަށް ވާހަކަ ދައްކާނެ ޖާގަ އެއް ނެތޭ އެންމެ ފަހުން ނެގި މެދުތެރޭ އިތުބާރު އޮތްތޭ ނޫންތޭގެ ވޯޓް އިން ކެޕިޓަލް ސިޓީން ނުލިބުނޭ 2000 ވޯޓް ވެސް ރައީސް އިބޫ އަށް ދެން ރައީސް އިބޫ ވެރިކަމުގައި ހުންނާނީތޭ ނުވަތަ މަޖްލީސް މެދުވެރިކޮށް ވެރިކަން އަތުލާނީތޭ އަވަހަށް އެބަޖެހޭ ރައީސް އިބޫ ގޮތެއް ނިންމަވަން ވަގުތު ކުޑަ ތަންވަނީއޭ ވަގުތު ނެތޭ ވަގުތު ނެތޭ ވަގުތު ނެތޭ ވަގުތު ނެތޭ ވަގުތު ނެތޭ ވަގުތު ނެތޭ ވަގުތު ނެތޭ

 47. ނަސީ

  ދައުލަތުގެ އެއްކަމެއްވެސް މީނައަކައް ނޭނގެ ކުރާކައް އެކަމަކު ކުރަން އިނގޭ ކަމެއް އެބައޮތް ގައުމުގެ ބައިގަނޑެއް މީނާހައްލާލާއިގެން އެބަގެންގުޅޭ،

 48. ޒިންދަގީ

  ތިއީ 24 ގަޑި އިރުގެ ތެރެއިން 12 ގަޑިއިރު ހޭދެބައިވެފަ ހުންނަމީހެއް. އެފަދަމީހަކަށް އަހަރެން ތިފަދަ މީހަކަށް ވޯޓެއް ނުދޭނަން. ހަމަގައިމުވެސް އަހަރެން ތިކަމާ ދެކޮޅު.

 49. ނަބީހް

  މަޖިލިސް މެންބަ ރުން ހަނދާންކު ރާތި ﷲ ގެ ޙުކުމް (ހަ ރާމް ހަލާލް) ގެ ދަށުންކަން ދެން ހު ރި ހު ރިހާ ޤާނޫނާ އިންސާނުން ހަދާ އެއްޗެހި ހުންނަންވާނީ.. ﷲ ގެ ހުކުމް ނަގާ އެއްލާލާފާ ކަލޭމެން ހިތަށް އެ ރި އެއްޗެއް ހަދާ އެ އަމު ރު އުވާލާ އަނެއް އަމު ރަށް ކިޔަމަންވާތީ ޤައުމު އެކަށް ބަނގު ރޫޓުވެ ފިތުނަ ފަސާދަޔާ ކަ ރަޕްޝަން އުފެދިގެން މި ދަނީ....
  ކަލޭމެން ވަގުވަގަށް ލާ ރިޔަށް ވިކި ވަގުވަގަށް ވެ ރިޔާ ކައި ރިޔަށް ވާތްފަ ރާތުން ގޮސް ކޮއްލާ ގޮތަށް މިކަން ކު ރަން ނޫޅޭތި.. ވަޒީފާ އަދާ ނުކު ރެވެންޏާ އިސްތިއުފާ ދީފާ ގެއަށްދާން އުޅޭ...

 50. އަހުރެން

  އޭނަ މިޤައުމުންވެސް ބޭރުކުރޭ

 51. ޔަގީން މިހާރު

  މޯދީ ހެދޭހިތުން އެއުޅެނީ. ކާކު ތާއީދު ކުރާނެކަމަށްތަ؟