ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ދެބޭފުޅުންނަށް ތާއިދު ކުރައްވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ދެފަޅިވެފައި ވާއިރު މިހަފްތާއަކީ އެންމެ ބޮޑަށް ސިޔާސީ ހިޔާލު ތަފާތުވުންތައް އާއްމުންނަށް ފެނުނު ހަފްތާއެވެ. ފައިސާ ޗާޕް ކުރުމުގެ މައްސަލަ ރައީސް ނަޝީދު ބޭނުންވާ ގޮތައް ނުނިމުމުން އެމައްސަލަ މަޖިލީހުން ބޭރުކޮށްލުމަށް ފަހު އަލުން އަނބުރާ އިއްޔެ މަޖިލީހަށް ގެނައި ނަމަވެސް ފާޅުކަން ބޮޑުގޮތެއްގައި ދެފަޅީގެ ވިސްނުން ފެންނަން އޮތެވެ.

ފައިސާ ޗާޕް ކުރުމުގެ މައްސަލަ ވަގުތީ ކޮމެޓީއަކަށް ފޮނުވަން ފުރަތަމަ ކޮމެޓީގެ މެންބަރުންގެ ނަންތައް ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަޅިންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަޅިން ފަހުން ވަނީ އެލިސްޓަށް އެއްބަދަލު ގެނެސް އަލުން އާލިސްޓެއް ހުށަހަޅާފައެވެ.

ރައީސް ނަޝީދުގެ ފަޅިން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ހުށަހެޅި ލިސްޓްގައި ނެތީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ނަން އެކަންޏެވެ. އެގޮތައް ލިސްޓް ފާސްކޮށް މައްސަލަ ކޮމެޓީއަށް ފޮނުވިއެވެ.

ނާޝިޒު ނުހިމަނައި، އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ، ތަޅުމުގައި އޭނާއާ ޖެހިގެން އިންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމަށްފަހު މައިކް ކަނޑާލެއްވި ވަގުތު، ޖެހިގެން އިންނެވި އާޒިމް "ފަނި އަރުވާލަންވާނެ މިއަދުވެސް." ވިދާޅުވި އަޑު މައިކުން އިވިފައި ވެއެވެ.

ދެން ފެނިގެން ދިޔައީ އާޒިމްގެ ލިސްޓް ފާސްވެގެން ދިޔަ ތަނެވެ. އާޒިމްގެ ލިސްޓުން ނާޝިޒް އުނިކޮށް އެގޮތައް ފާސްކުރުމުން ނާޝިޒްގެ އަނބިކަނބަލުން ރޮޒައިނާ އާދަމް ވަނީ ކުޑަ ކުއްޖެއްގެ އަނގައަށް ތުނބެއް ލައްވާފައި އޮން ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

ރޮޒަައިނާގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ އެއީ ރައީސް ނަޝީދަށް އޭނާ ދެއްވި ރައްދެއް ނުވަތަ ފާޑުކިޔުމެއް ކަމަށެވެ.

ކޮންމެއަކަސް ފެންނަމުން ދަނީ އެމްޑީޕީގެ އެތެރޭގައި އެޅިފައިވާ ރެނދު ބޮޑުވެ، އާއްމުންނަށް ވެސް އެރެނދުތައް ފާޅުވަމުންދާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަވާސާ އިބޫ

  ޔާﷲ އެމްޑީޕީ ބައިބައިވެ ނަސީދު ޖަލުގޮޅީގައި އޮންނަ ދުވަސްތަކެއް މިންވަރުކުރައްވާންދޭވެ. އާމީން

  26
  2
 2. އަރޭ

  ރޮޒޭނާގެ ޓްވީޓްތައް “ތަފްސީރު” ކުރާހާ މުހިންމު ތޯއެވެ؟

  13
  1
 3. ވެރިން

  ރޯދަޔަށް ހުރީމަ ކަނެެރީގޭ ޕާޓީ ކުދިން ނަށް ދޭންޖެ ހޭ ޖަވާބެއް ނުދެވޭނެ. ވަރަށް ސަލާމް

  18
 4. ގެރި

  މި ސަރުކާރު އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ

  16
 5. އެލެކްސް

  ގޮނޑި ކޮއްކޮކުޅެން އެކަނި އިގެނީ،

  10
 6. އަލީ

  ކަލެއަކަށް ނަޝީދު ހިނގި މަގަކުންވެސް ނު ހިގޭނެ...ސިޔާސީގޮތުން ވާވެފަ ކަލެއާއި ކަލޭ ފިރިސޮރު ހުއްޓާ، ރައީސް ނަޝީދު ކަލޭމެން އަތުގަ ހިފީ.. ލަދެއް އަގަލެއް ހުރި ނަމަ ރައީސް ނަޝީދަށް ނިސްބައްކޮށް ފާޑުފާޑުގެ ފޮޓޯތައް ނުފޮނުވާނެ..

  2
  23
  • ާަސގޖ

   ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރާ މީހަކަށް ތާއީދުކުރާނީ ލާދީނީ މީހުން.

 7. އަލީ

  މަޑިއެއްމީ ހުވާ މިބުނީ!!!

 8. ރޮޒެ

  ރައިސް ނަސިދަށް ދެންވި އަނދަގޮޑި