މިދިޔަ ހުކުރު ދުވަހުގެ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާއާ ގުޅިގެންް ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހުންގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ.

އެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން އިތުރު 10 ދުވަސް ވަނީ ޖަހާފައެވެ.

މި މައްސަލާގައި ހިމެނޭ ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންހެންކުއްޖާ

    މިހާރު ދިވެހިރާއްޖެ އެކޭ އިންޑިޔާ އެކޭ ކޮބާ ތަފާތެޢް 🙁 ތި ފިޑި އަމަލު ހިންގި މީހުންނަށް ހައްގު އަދަބުދީ...