މާލޭގެ ދެ ސަރަހައްދެއްގައި 14 ބުރީގެ ފްލެޓުތަކެއް އަޅަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ މާލޭގެ ދެ ބިމެއްގައި މިކްސްޑް ރެޒިޑެންޝަލް ބިލްޑިން އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުލެޓްތައް އަޅާ ސަރަހައްދު ވަކިކުރުމަށް ނަން ދީފައި ވަނީ ޕްރޮޖެކްޓް އޭ އަދި ބީގެ ގޮތުގައެވެ. މިގޮތުން ޕްރޮޖެކްޓް އޭގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގެ ބްލޮކް ނަމްބަރު 307 އެކެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ 231،073.78 އަކަފޫޓެވެ. ޕްރޮޖެކްޓް ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭ ބްލޮކް ނަމްބަރު 319 އެވެ. މި ސަރަހައްދުގެ ބިމުގެ ބޮޑުމިނަކީ 173،229.56 އަކަފޫޓެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތަކަށް ދެ މަޝްރޫޢުއަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ކޮންމެ މަޝްރޫއުއަށް ހުށަހަޅަންވާނީ ވަކި ޕްރޮޕޯސަލެކެވެ.

މި ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ.

ސަރުކާރުން މިއަހަރަށް އަމާޒުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 5000 ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވަނީ ފަށައިފައެވެ.

މީގެއިތުރަށް ގުޅީފަޅުން 1،200 ގޯތި ދޫކުރުމަށް ވެސް ސަރުކާރުން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޟމ

    2023 އަށް އަނދުން އަޅުވަނީ ދޯ

    26
  2. ސްކިޕަރ2332

    ސީދާ ރައީސް ޔާމީންގެ ޕްލޭންގެ ފޮޓޯ ކޮޕީއެއް.ހހެހެހެހެ .. އެމްޑީޕީއަށް މިނޫން ކަމެއް ކުރާން ނޭގުނު ލޮލް. ވޯޓުން ނުހޮވޭނެކަން އެނގޭތީ ބަރުލަމާނީއެއް ބަރަވެލިއޭ އަނެކެއްޗެކޭ މިކިޔަނީ މިހާރު

    31
    3
    • ޒައިކް

      މި ޤައުމުގަ، ކަމެއް މީހަކަށް ނުކުރެވޭނެ ތިޔަ ބުނާ މީހެއްގެ ޕުލޭނެއް ރާވާފަ އޮތްކަމެއް ނޫނީ ހުވަފެނަކަށް ނުވާ ގޮތަށް.. ހަޤީޤަތަކީ ގިނަ މަޝްރޫތައް ފަށާފަ ހަޑި ހާވާފަ ދިޔައީ ދެން އަންނަން ތިބި މީހުން ބޮލަށް ޖަހާފަ ކުރެޑިޓު ކާން.. ތި ގޮތަށް ބުނަންޏާ ބުރިޖަކީ މަޢުމޫނުގެ ޕުލޭނެއް. ހުޅުމާލޭގެ 2 ފޭސްއަކީ ވެސް މަައުމޫނުގެ ސީދާ ބެލުމުގެ ދަށުން އެކުލަވާލި މާސްޓަރ ޕްލޭނުގެ ދަށުން ތަރައްޤީކުރި ތަންތަން.. ޔާމީނު ކުރި އެއްވެސް ކަމެއް ނޯންނާނެ އެގޮތަށް ބަލާއިރު މި ޤައުމަކު.

      5
      50
      • ކަލޯ

        ކަލޯ 30 އަދި 40އަހަރުންވެސް އެއްވެސް މޫނަކަށް ތިޔަޕްލޭން ތަންފީޒެއް ނުކުރެވުނު. ޔާމީން އެކަން ކުރީ އެހެންވީމަ ޔާމީން ތަފާތީ.... ލަދުގަނޭތަ ބުރިޖްމަތިން ދުއްވާ ނަގާއިރު

      • ރައްޔިތުމީހުން

        ގިނަގުނަ މަސައްކަތް ފަށާފަ ދިޔައީ.. ގިނަ މަގުތަކެއް ހުޅުވާފައި ދިޔައީ.. ވެރިކަމަށް އައި ބަޔަކު އެކަންތައް ކުރިއަށް އެގޮތަށް ގެންދިޔަނަމަ މި 3 އަހަރު ވޭސްޓް ވެގެން ނުދިޔައީސް.. ރައްޔިތުންގެ ތާއީދު ވެސް ނުގެއްލުނީސް..

        އަމިއްލަ ފައިދާ އަށް ކަންކަން ބަދަލުކޮށް.. ކުރީސަރުކާރޭ ކިޔައިގެން ކީފަހުރި އެއްޗިހީގެ ގިނަ ގުނަކަމުން މުޅިން ހުރިހާކަމެއް ހަޑިހޭވީ މި ސަރުކާރުން..

    • އަދުނާނު

      ޒައިކޫ. މައުމޫނަށް ނޭންގޭނެ ފޭސް ޓޫ އަކީ ކޮންތަނެއް ކަމެއްވެސް. ފޭސް ވަން އެނގިދާނެ. ބްރިޖް ގެ ވާހަކަ ދެއްކީ މައުމޫނެއް ނޫން. އަމީން ދީދީ. އެ ކުރެޑިޓް ލިބެންޖެހޭނީ އަމީން ދީދީ އަށް. މީވަރަށް ބޭސިކް. މިވަރު ނޭންގޭ މީހުން މޮޅު ކޮމެންޓް ކުރަން ނޫޅޭ. ވާނުވާ

  3. އަބްދޫ

    މިކަން ކުރަނީ ނުކިޔާ ކޮށްބަލަ.މިސަރުކާރު ވެރިކަމަށް އައިއިރު އައިޖީއެމްއެޗް ގެ އުތުރު ފަޅީގަ 25 ފްލޯގެ 4 ޓަވަރު އަލަން ދަރުމަވަންތަ ބިލްޑިންގ ހެދިމީހުނާ ވަނީ ކުރިސަރުކާރުން ހަވާލުކޮށްފަ. މިމީހުން ވެރިކަމަށް އައިސް އެމިހުންގައުމުން ބެރުކޮށްލީ ދެން މިހާރު ކޮން 14
    ފްލޯ އެކެކިޔާކަށް އެމީހުން އެމަސައްކަތް ނުހުއްޓުވާ ކުރިޔަށް ގެންދިއުމުގެ ފުރުސަތު ދިންނަމަ ހުރިހާ ތައުރީފެއް މިސަރުކަރަށް ލިބުނީސް . ހަސަދަ ވެރިކަމުގެ ސަބަބުން ގައުމަށް ލިބިގެން އެދިޔައީ ކިހާބޮޑު ގެއްލުމެއް.

    26
    2
  4. ފާތުން

    ޚިޚުރަން މާލޭގަ ޅަންވީ ހުޅުމާލޭގަ ސާފުވައިލީބޭ ތަން ތަނުގައެނޫ އަޅަންވީ. އަނެއްލާރިގަޑުކާލަންއެއުލެނީ މިމިހުނަ ބާލަބަލަ

    15
    2
  5. އަބްދޫ

    އަމިއްލަ ތަކެތީގަ ތިކަންކުރެވެ ފެންވަރުގެ ބަޔަކު ރާއްޖެއަކުނެތް.ދަވްލަތުގަ ދެނެ ފައިސާއެއް ނެތް. ބޭރު ބަޔަކު ކޮށްދޭނެހެން ހީނުވޭ

    13
    1
  6. ހިނގާ ދެފައި

    މި ބިޑް ކާމިޔާބުކުރަން ޖެހެނީ އިންޑިޔާގެ ކުންފުއްޏަކުން / ފަރާތަކުން! مجرب يقين! މަރު ގައިމިއްޔާ ގައިމު! ފައިބުޑުގަ އޮތަކަސް އަދިޔަކު ފައިދަށަކު ނުވެއެއްނު؟!! އެ ހިސާބަށް ދެވޭނީ އަދި ދުވަސްކޮޅަކުން މިފަދަ ހަރުދަނާ އުކުޅުތަކެއްވެސް قربان ކުރެވިގެން! ދޮތަ؟

    2
    2
  7. ހާލުފޮޅި

    މާލޭގަ އަޅާ ފްލެޓަކުންވެސް މާލޭ ރައްޔިތަކަށް ތަންކޮޅެއް ނުދޭތި.. ދޭންވާނީ މިއަދު މެންދުރު އައިސް ދަފްތަރުގަ ޖެހޭ މީހުނަށާ ރަށުގަ ބޮޑެތި ފަޅު ގޯތި އޮންނަ މީހުނަށް...

    8
    2
  8. ދިވެހިސޮރު

    މ މިއަދު އެ ފްލެޓަށް ވަދެލީމޭ ގޯހެއް ނޫން.. ތަންކޮޅެއް އުހީ... ތިޔަ ސަރަހައްދުގެ ނަން ކީއްވެތޯ ނޫސްވެރިޔާ ހަމަނުކުރީ؟ އެކަމު މަ އެ ފްލެޓް ހޯދީމޭ،، އެއީ ދަޅަފްލެޓް1 އަދި 2

  9. ނަސީމް މާލެ

    އެއްވެސް ނޫހެއްގެ ހަބަރުކިޔާ ނިމުނު އިރު ނޭގޭ، މި ބުލޮކު ތަކަކީ ކޮބާކަމެއް

  10. ނަސީ

    ޥައި ސަރުކާރު

  11. ޢަލިބެ

    ތިމާމެންނަށް ކުރެވޭވަރުގެ ކަންތަކުގެވާހަކަ ދައްކާ. ތިއުޅެނީ ދައުލަތަށް ޚިދުމަތްކުރި މިހާރު މުސްކުޅިކުރައްވާފަތިބި މީހުންނަށްދޭ ލާރިކޮޅުވެސްކަނޑާލަން ވެގެން.