މާލެ ސަރަހައްދުގައި 4،000 ހައުސިންގ ޔުނިޓް އަޅަން އިންޑިއާ ކުންފުންޏަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯރޕަރޭޝަން (އެފްޑީސީ)ގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސަފިއްޔާ އަންވަރެވެ. އަދި މި މަސައްކަތް ހަވާލު ކުރި އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަންލް ލިމިޓެޑް (ކޭޕީއައިއެލް) ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ތަކުގެ ނައިބް ރައީސް ސަރްވަތިޖް ސިންގއެވެ.

އެފްޑީސީން ބުނިގޮތުގައި، ދެ ފިޔަވަސްކަށް ބަހާލާަފއިވާ މި މަޝްރޫއުގެ ތެރެގައި ހިމެނޭ ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2،000 ހައުސިން ޔުނިޓު ނިންމުމަށް ހަމަޖެހިފައިވަނީ މަސަތްކަތް ފަށާތާ 37 މަސްދުވަސް ތެރޭގައި ކަމަށެވެ.

މާލެ ސަރަހައްދުގައި 4،000 ހައުސިންގ ޔުނިޓް އަޅަން ސޮއި ކުރުން - ފޮޓޯ: އެފްޑީސީ

މި މަޝްރޫއުގެ ތެރެގައި ހިމެނޭ ބާކީ 2،000 ހައުސިން އުނިޓް އަޅަނީ ކޮން ތަނެއްގައިކަން ސަރުކާރުން ހަމަކޮށްފައެއް ނުވެއެވެ.

އެފްޑީސީން ބުނީ، 165 މިލިޔަން ޑޮލަރުގެ މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 1400 ޔުނިޓާއި، ދެ ކޮޓަރީގެ 600 ޔުނިޓް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކިނބޫ

    ތިއީ ދެން އަންނަ ސަރުކާރު ވެސް ކޮންޓްރޯލް ކުރަން އިންޑިއާއިން ޖަހާ މަޅި. އަނެއްކާވެސް ޖީއެމްއާރު

    25
  2. Anonymous

    މުޅި ޤައުމު އިންޑިޔާއަށް ވިއްކާލައިފި މިމީހުން ވާ ގެދޮރުވެެރި ވާން އުޅޭބަޔެއް !

    26
  3. ނާނި

    މީދެން ސަރުކާރެއްތައަޅެ، ހަދަންފަށާފައިހުރި ފްލެޓްތައްވެސް ދުވަހަކު ނިމެނީކީއެއްނޫން،
    ނިމިފައި އޮތް ލިސްޓެއް އިޢުލާނެއްކުރެވެނީކީއެއްނޫން، ހަތަރު ފަސްމަސްވާއިރުވެސް، ދެން އަނެއްކާ މިހަވާލުކުރަނީ ފްލެޓް އަޅަންށޯ،
    ތީ މިސަރުކާރަކަށް ވާނެކަމެއްނޫން،

    29
    • ނާރު

      2މަސްތެރޭ ނިމޭނެ ހާސްކަޑާ ވޯޓުލާތި މި ރައީސަށް ވިސްނާލާފަ

      1
      2
  4. ސަރަފަކައްދަ

    ރާއްޖޭގައި މިކަންކަން ކޮއްދޭނެ ދިވެހި ވިޔަފާރި ވެރިން ހަމަ ނެތީތޯ ނޫނީ ކަޓު ނުލިބޭނެތީވެ ހަވާލު ކުރަން ބޭނުން ނުވަނީތޯ!

  5. ރަން ރީނދޫ

    އަނެއް 4000 އަހަރުންވެސް ތިޔަ ނުނިމޭނެ.

    10
  6. އަޖައިބު1

    އަބަދު ފަށާހާ މިމީހުންނަށް ވަނީ. ދޫހަކު ނިމޭތަނެއް ނާދެ

    10
  7. ހުސޭނުބޭ

    ވީމާ ކޮންމެ އެޕާޓްމަންޓެއްގެ އަގު އެޖެހެނީ 630000 އަށް. އެކަމަކު ރައްޔިތުންނަށް މި ދޫކުރަނީ މަހަކު 11000 ރުފިޔާއަށް 20 އަހަރުން ދައްކާގޮތަށް. އެއީ މަދުވެގެން 2.6 މިލިއަން ރުފިޔާ. ތަނުގެ އަގަށްވުރެ 4 ގުނައަށްވުރެ ބޮޑު ޢަދަދެއް. ދެން ލަދުހަޔާތެއްނެތިގެން މި ބުނަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދެނިއްޔޭ! އތރއށްދާ ވާހަކަ ދެއްކިއްޔާ މާގަޅުވާނެ!

    12
  8. Anonymous

    ތިޔަ ކީއްކުރާނެ އެއްޗެއް އެއްބަޔަކަށް މިލިއަންޑޮލަރު ގެ ބިން އެ ބަ ދޭ ތަބަކަށް ލައިފައި ތި ތަނަށް ވަންނާނީ މޮޔައިން ބިމެއް ލިބޭންދެން މަޑުމަޑުން ތިބިއްޔާ މާ ރަނގަޅު ވާނެ

  9. ރާއްޖެތެރެ

    ބާކީ ބިންތައްވެސް ހުސްކޮއްލަނީ މަސައްކަތެއް ނުފަޝާ. އެގްރިމަންޓުތަކުގަ ސޮއި ކޮއްގެން

  10. މިކަލޯ

    އިންޑިޔާ ގުންޑާއިންނަށް އެނގޭ މިގައުމުގައި އޮތީހުސްވަގުންކަން! އެހެންވީމާ ވަގުންގެ މައްޗަށް އަންނާނީ އެއަށްވުރެ ބޮޑެތިވަގުންނޫންތޯ! . ގައުމަށްގައްދާރުވެގެން ތިބިބަޔަކު ވެރިކަމަށް އައިސްހުރީ! ދިވެހިންނިދާފަތިބޭ! އޯކޭވާނެ! ފަހިގެދޮރު ފަހި ފްލެޓް ފަހި ފަހި ފަހި ފަހި ގޮސް ކިޔާނެ ކަމެއްނެތް ފަހި ގަމާރު ދުނިޔެއަށް ގޮސް ނިންމާލާ1

  11. ދެކުދިން ހާދަ އެއްކުލައޭ

    ސަރްވަޖިތު ގެ ބޮލުގައި އޮތް ޕަގްޅީ/ފަގުޑި ހަދާފައި އެހުރީ ސަފިއްޔާގެ ހެދުންފަހާފައި ބާކީވީ ފޮތިގަނޑުންހެން ހާދަހީވެއެވެ.

  12. ޣަކަ

    ވޯޓާ ދިމާކޮއް ވަރައްއުސް އިމާތާތްތައް މައްޗައް ދަމާލާނެ 5 އަހެޔު ނުވިކަމެއް

  13. Anonymous

    ބޯހިޔާ ވަހިކަމޭ ކިޔާއިގެން ރައްޔިތުންނަށް 2 ފާހާނާ ތަށިގަޑު 2 މިލިޔަން ރުފިޔާ އަށް ވިއްކާލައިގެން ރައްޔިތުންގެ ޖީބު ފެލަނީ !

  14. ކަޅުސޮރު

    ދުނިޔޭގެ ގިނަ ޤައުމުތަކުގައި، މީހުން މެރުމަށް ގޮވާލާ ސަރުކާރުތަކާއި އަނިޔާވެރިކަމަށް ކިޔާ ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ތަކާއި ސިޔާސީ ގުޅުންތައް ކުޑަކުރުމަށް ކުޑަ ކުރަމުންދާއިރު، އިންޑިޔާގައި ފާޅުގައި މުސްލުމުން މެރުމެރުމަށާއި ރޭޕް ކުރުމަށް ގޮވައިލި މޯދީގެ ސައުކާރާ ދިވެހި ސަރުކާރުން ދަނީ ވިޔަފާރީގެ ޚާއްޞަ ގުޅުންތަކެއް ޤާއިމު ކޮށް ބޮޑެތި ޕްރޮޖެކްޓްތައް އިންޑިޔާއަށް ދެމުން (.) މީގެ މާނަޔަކީ ދިވެހިސަރުކާރަކީ މުސްލިމުން މެރުމަށް ތާއީދުކުރާ ސިޔާސަތެއް އޮތް، ސިޔާސީ އެއްވެސް އުރައްޕެއް ނެތް އަމިއްލަ އެދުމުން ފުރިފައި ވާ ވެރިކަމެއް ކުރާ ބަޔަކު ތިބިތަނެއްކަން (.)

    2
    1