އެއްމަސް ދުވަހުގެ މުއްދަތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަަދަލުރަން ނިންމާފައިވާ ކަމަށް "ޖަޒީރާ" ނޫހުން ރިޕޯޓްކޮށްފިއެވެ.
ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކުރަނީ އާއިލާގެ ފަރާތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު އެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރުމަށް ނިންމީފައިވަނީ ގާތްގަނޑަކަށް ހަތަރު ހަފްތާގެ މުއްދަތަކަށްކަމަށް ވެއެވެ.
މިކަމާއި ގުޅޭގޮތުން އަދި ހޯމް މިނިސްޓްރީންނާއި ކަރެކްޝަނަލް ސާވިސް އިން އެއްވެސް އެއްޗެއް ނުބުނެއެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އާއިލާ އިން އެދުނީ ރަމަޟާން މަހުގެ ކުރިންނެވެ. ނަމަވެސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ދައްކާފައެއް ނުވެއެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނަމަވެސް އެކަން ތަންފީޒު ކުރާނެ އިރެއް އަދި ނޭނގެއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު ވަނީ 508 ދުވަސް ވެއްޖެއެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަށެވެ.
ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ޑޮކްޓަރުން ލަފާދެއްވިއެވެ. އެލަފައާއި ގުޅިގެން ސަރުކާރުން ވަނީ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ދިއުމަށް އެދިފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
ފަހަރިއަށް ހީވަނީ ސްޓްރެސް ފްރީ ތަނެކޭ ބުނީމާ އެއީ ރާއްޖެއިން ބޭރު ކަަމަށްތަ؟
މަނިކުފާނު ދޫނުކުރައްވާތި
ދޫކުރަން ޖެހޭނީ އިންޝާ ﷲ، އަދި މިނިވަން ކުރަން ވެސް ޖެހޭނެ އިންޝާ ﷲ ، ރޮކެޓް ސްޕީޑްގަ ޤައުމު ދަވާލާފަ އާއްމުފަރުދެއްގެ ސިޓީގެ ޖަވާބު ދޭން މަސް ދުވަސް ފިނިހަކަ ސްޕީޑް ގަ ، އިބޫ ސޯލިހު އިސްތިއުފާ،
ރައްޔިތުން ނުކުމެ ދޫކުރަން ބުނީމަ ދޫކުރަންޖެހޭނީ!!! ގައުމުތަކުގެ ވެރިކަން ވެއްޓެނީ ވެރިންނަށް ތިބޭ މީހުން ފޮނިބޮޑުވެ ރައްޔިތުންގެ އަޑު ނާހާތީ، 3 މަހެއްހާ ދުވަހު ކޮންމެ ރެއަކު މުޒާހަރާ ކުރަންވީ!!! ޖެހޭނީ ޖަލުންވެސް މިނިވަން ކުރަން.
ރައީސް ޔާމީން ޖަލުގަ ބަހައްޓައިގެން ވެރިކަން ދޫކޮށްލާނީތޯ ނުވަތަ
ރައީސް ޔާމީން މިނިވަންކޮށްފަ މިނިވަން ދީމިގްރާތީ ގައުމެއްގައި ވެރިކަން ކުރާ އުސޫލުން 5 އަހަރު ވެރިކަންކޮށް ޖެހިގެން އަންނަ ޓަރމްއަށް ކުރިމަތިލާނީތޯ ނިންމާނީ މިހާރުގެ ސަރުކާރުން.... ޗޮއިސް އިޒް ޔޯސް.
އިންޝާ ﷲ އަހަރެމެން މިތިބީ ދޭތި އެކައްޗަށް ހިފަން. އެނގިދާނެތާ. ދުއާއާއި މަސައްކަތުން އަހަރެމެންނަށް ﷲ ތަޢާލާ ކާމިޔާބު ދެއްވާނެ. އެއީ އަހަރެމެންގެ އަގީދާ.
އަވަހަށް އެއްކޮށް މިނިވަންކޮއްދެއްވުމައް ގޮވާލަން
ހާއުފަ ކޮވިޑު ނުރައްކާ ދެން ކުޑަވާނެ
އަންނިގެ ނޯކޮންފިޑެންސަށް ރެޑީވަނީދޯ އިބޫ.
މެޖޯރިޓީ ހޯދަން މަޖިލީހުގެ.
ވަގު ކަލޭގެ ދޫނުކުރާތި
އަދީބު ދޫކޮށްފައެއްނު އެހިރީ. ބޮޑު ވަގު މަޖިލީހުގަ ކުޑަ ވަގު ވެރިކަމުގަ.. ދެން ކޮން ވަގެއްގެ ވާހަކަބާ މި ދައްކަނީ
ވަގަކަށް އެހެން ހުރިހާ އެންމެންވެސް ފެންނާނީ ވަގެއްގެ ސިފައިގައި
ތިވެސް ވާނީ ވަގަކަށް ރަނގަޅަށްވިއްޔަ
ވަގެއްކަމަށް ކަނޑައެޅި ހުކުމެއް ކަލެއަށް ތިފެންނަނީ ރޯނާވެފަ ހުރީމަ. މަނީ ލޯންޑަރ އޭއޮތީ. އެވެސް، އަމިއްލަ ފައިސާއިން.... އިންސާފު ނެތުމުން މިގައުމު ހަލާކުވެ މިދަނީ. އިންޑިޔާގެ އަޅުވެތިކަމަށް މިދަނީ ތިކަހަލަ ޖާހިލުންނާއި ހަސަދަވެރިންގެ ނުބައިކަމުން.
މީހުނަށް ވަގަށް ގޮވާއިރު، ތިއީ ބޮޑުވަގަށްވެގެންނޫނީ ތިހާ އަހްލާޤު ނުބައެއް ނުވާނެ..
ފުރާނައަށް ނުރައްކާ ވެގެން ނޫނީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
މައިބަދަ ބިނދިގެންވެސް މީހުން އިނގިރޭސިވިލާތަށް ފިލި ގޮތަށް ހަމަދޫކުރަންވާނެއެވެ.
ٱلْحَمْدُ لِلَّٰهِ
މި ޤައުމުގައި ހުރި އެންމެ މަކަރުވެރި އެންމެ ނުލަފާ ޖައްބާރު ވިޔާނުދާ މީހަކީ އަމިއްލަ އެދުމަށް ދީން ނިކަމެތިވާތަން ބަލަން ހިނއައިސްހުރި އިމްރާނުކަމަށް ވަރަށް ގިނަމީހުން މިހާރު ފާހަގަކުރޭ
ٱلْحَمْدُ لِلَّٰهِ ، ދެން އަހަރުމެންގެ ރައީސް ޖަލައް ނުގެންދާތި..
މުޒާހަރާ ފެނިފަ އިބޫ ކުށިއެރީ ދޯ ؟
ރަނގާޅު ނިންމުމެއް، ގިނަ ދުވަސް ވާވަރަކައް ވާނީ ޕްރެސަރުބޮޑު
އެމަނިކުފާނު ޖެހޭނީ ދޫކުރަން.
ރައީސް ޔާމީންއަކީ ކުއްވެރިއެއްނޫން އެމަނިކުފާނު މިނިވަންކުރޭ
4 ހަފުތާ ކީއްކުރަން އަބަދުގެ އަބަދަށް ރޔާމީން މިނިވަން ކުރަން ޖެހޭނީ، އެ މަނިކުފާނަކީ ކުށްވެރިއެއް ނޫން، މައުސޫމު ބޭފުޅެއް.
ނަޝީދުގެ ބޮލެއްހުރިއްޔާ މާދަމާ ސޯލިހުގެ އިތުބާރުނެތްކަމަށް ހުށަހަލާނެ.
އިންޑިޔާ ހަނާވެފައި އޮތުމުން މިދަނޑިވަޅު ގޯހެއް ހަދާފިނަމަ އިންޑިޔާ ބޭނުންކޮށް އިސްކަނޑި ނޭބުރޭނެތީ ބިރުން ކުރާ ކަމެއް ނޫންތަ. އިންޑިއާ ހަމައަކަށް އެޅުނީމަ އަނބުރާ ދާންޖެހޭނީ
އިންޑިޔާ ހަނާވެފައި އޮތުމުން މިދަނޑިވަޅު ގޯހެއް ހަދާފިނަމަ އިންޑިޔާ ބޭނުންކޮށް އިސްކަނޑި ނޭބުރޭނެތީ ބިރުން ކުރާ ކަމެއް ނޫންތަ. އިންޑިއާ ހަމައަކަށް އެޅުނީމަ އަނބުރާ ދާންޖެހޭނީ
ތިޔަހެންވިއްޔާ ވައްކަން ކޮއްގެން ޖަލުގައި ތިބި ހުރިހާމީހުން މިހާރުން މިހާރަށް ގޭބަން ބަދަލުކުރަން ގޮވާލަން
އަދި މިނިވަނެއް ގޮތުގަ މި ޤައު މުގެ ހުންގާނުވެސް ހިފާނެ. الله މޮޅަށް ދެނެވޮޑިގެން ވޭ
ޔާމީނު ދެކެ ކިބޫ މި ގަންނަ ބިރެއްދޯ
އަދަބު ތަންފީޒުކުރުމުގައި ޤާނޫނުގެ ރައްކާތެރިކަން ޔާމީނަށްވެސް އޮންނާނެއެވެ.
ދޭތިން އެކައްޗައް ވަރައް އިފެކްޓިވް..
ކުޑޯސް ޓު ޕިންކް އާރމީ
ނަމަނަމަ ތިޔަ މަނިކުފާނު ޖަލުން ނުނެރުއްވަވާތި. އަނެއްކާވެސް ތިޔަ މަސްދުވަހުގެ ތެރޭގައިވެސް ގޭގައި ހުރެގެންވިޔަސް މުޅިރާއްޖެ ސިއްސައިގެންދާވަރުގެ ވައްކަންފުޅެއް ކުރައްވަފާނެ ތޯއްޗެ.!
ވެރިކަމުގައި ހުންނަވައިގެން ޖަލުގޭގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރެވޭނީ ވެރިކަމަށްފަހު، ޖަލުގޭގައި ހުންނަށް ޖެހޭގޮތަށް އޮވެގެންނެވެ.
ޢިންޑިޔާ ހައިކޮމިސަނުން ބަހެއްނައިސްގެން ލަސްވަނީކަމައް ލަފާކުރެވެނީ ، މީއަޅެ ޖޯކެއްތަ ރާއްޖެ އިންަޑިޔާ ޖީބައް ވެއްޓިފައި އޮތް މިންވަރު މިފެންނަނީ
އެހެންވިއްޔާ އަހަރުމެންގެ ބޭބެ ވެސް ޖެހޭނެ ޖަލުން ގެއަށް ގެނެސްދޭން... އަހަރުމެން ވެރިކަން ނުކުރީމަތަ ގެއަށް ވަދެލަން ޗާންސެއް ނުލިބި އަބަދު ޖަލުގަ ހުންނަން ޖެހެނީ....
ސިޔާސީ މީހެއްވިއްޔާ އަދި ޖަލުގައޭ ކިޔާފަ ގޮޅީގައެއް ވެސް ނޫނޭ ބަހައްޓާނިކީ.... ނަފްސާނީއޭ މިކިޔަނީ....
ކޮންމެ މީހެއް ވެރިކަމެއް އަޔަސް ހަމަ އެއްތަކުޖެހެނީ.... އިންސާފާއި ގަނޫނު ހިނގަނީ ހަމައެކަނި ނިކަމެތި މިހާއަށް.... ވޯޓް ހޯދަން ދެން ނާންނާތި އެކަކުވެސް މަކައިރިޔަށް....
ޝުކުރިއްޔާ. ދުވަސްކޮޅަކަށް ވިއަސް ފަހު ދިހައަކަށް ދޫކޮށް ދެއްވީތީ ރަނގަޅު.
ހީވަނީ މިސަރުކާރު ކޮޅުގޮހޮރާއިއެކު ޔާމީން ކާލާފާނެހެން. އެހެންތާ ހީވާނީ ވަގު ވެރި ކަމެއްގައި ވިއްޔާ މިހިފަހައްޓަނީ ބަގުޑިބައްދަނީ ސަހަރޯ ދެންމަ ކިޔަންކެޑައި
އަލްހަމްދުﷲ،
ޖަލުގައި ތިބި އެންމެންވެސް ގެއަށް ބަދަލު ކުރަންޖެހޭނެ އެހެންނޫނީ ތީކީ އިންސާފުވެރި ނިންމުމަކަށް ނުވާނެ.
އަދީބާ ޒިޔަތުޖަލުން ދޫކުރީއްސުރެ ތިއިންސާފެއް މިގައުމަކު ނެތް. ރައީސް ޔާމީން ދޫކުރުން ވާނީ އިންސާފުވެރި ނިންމުމަކަށް. އެހެނީ އެއް ކުށެއްގަ ދެމީހަކަށް ތަފާތު ގޮތަކަށް އަމަލު ކުރުމަކީ އިންސާފެއް ނޫން.
ތިޔަބުނާ ވައްކަމެއްކުރި އެންމެން އެތިބީ އަރާމުގަ ގޭގަ ޔަމީން ފިޔަވައި. މިކަން މިގޮތަށް ސަރުކަރުން ކުރީމަ ކަލެއަށް އިންސާފުވެރިވެފަ ޖަލުގަ ތިބި އެއްމެން ގެއަށް ދޫނުކޮށް ޔާމިން އެކަނި ގެއަށް ބަދަލުކުރީމަ އިންސާފަކަށް ކަލޭއަށް ނުވީމް ކަލޭގެ ހުރި އިންސާފުވެރިކަން މުޅިދުނިޔެއަށް ސާބިތުވެއްޖެ ..ވަރަށް ސަލަމް.
ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ވައްކަމެއްކޮށް ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސް...
އަދީބު ގެނެސް ޖަލައް ލާ
ކުޑަކުދިންނާ ބެހިފަތިބިމީހުންމިނިވަންކުރީމަ އިންސާފު
ތި ދެން އެއްވެސް ގޮތެއްނޫންދޯ؟ ހަމަ ސްޓްރެސްވާ ކޮންމެމީހަކު ޖަލުންނެރެންވީ؟އެންމެން ދޫކުރަންވީއެއްނު އޭރުން ދައުލަތަށްވެސް ލުޔެއްނު ! 😂
ރައީސް ޔާމީން އާއި ޖަލުގައި ތިބި އެހެން ކުށްވެރިންނާއި އެއްވަރުނުކުރެވޭނެ ބައިވަރު ސަބަބު އެބަހުރި،
الحمد الله
ޖަލު އޯވަކުރައުޑްވެ ދެމީހުންގެ ޖާގައަށް 4 މީހުންލާފަ،މާފުށި ޖަލުގެ ޔުނިޓް 2،3،4 ގެ ގޮޅިތަކުގަ ފާހާނާ. ދޮރެއް،ފަންކާއެއް އަދި އަސާސީ ބޭނުންތައް ފުއްދޭ މިންވަރަށް އަލިކަމެއް ވެންޓިލޭސަން އެއް ނެތް،މިގޮޅިތަކުގަ މިވަގުތުވެސް ގޮޅިއެއްގަ 5-6 މީހުން އެބަތިބި،މިނޫންވެސް ސީރި ެެެެއ ތައް ކޮރަޕްސަންގެ އެތައް މައްސަލައެއް ކުދިހުކުމްތަކުގެ މިހުންގެ ސަބަބުން ޖަލުތައް ފުރިފަ،ޖަލު މީހުންގެ ސަކުވާތަކާއި ސިޓީތަކުން މުައައްސަސާތައް ފުރިފަ އަދިވެސް ދޫކުރަންވީި ބިލިއަނުން ދިވެހި ރައްޔިތުންގެ އަތުން ވައްކަންކޮށް އެދިން ގެއްލުމުގެ ހަގީގަތްވެސް ނޭނގޭނޭ ބޮޑެތި ވަގުންތަ؟ދިވެހި ނޫސްވެރިންތިބީ ނިދާފަތަ؟ ނޫނީ ދިވެހިރާއްޖޭގަ ތިބީ ނޫސްވެރިންގެ ނަމުގަތިބި މޭކަޕްއާޓިސްޓުންތަކެއްތަ؟
ރައީސް އިބޫ ،، ތި އަޅުއްވަނީ ޅައެއްޗެއް. ޔާމީނު ގެޔަށް ބަދަލްކުރުން ތީ ވަރަށް ބޮޑު ގޯހެއް
ރައީސް އިބޫ ،، ތި އަޅުއްވަނީ ޅައެއްޗެއް. ޔާމީނު ގެޔަށް ބަދަލްކުރުން ތީ ވަރަށް ބޮޑު ގޯހެއް.. ނުކުރަންވާ ކަންކަން ކުރުމުގަ މި ސަރުކާރު މި އުޅެނީ.. ކުށް ސާބިތުވެ ޝަރީޢަތްކޮށް ޖަލަށް ލީމަ ދެން ކީއްކުރަން ނެރެނީ..
ކޮބާތޯ އެހެން ގައިދީންގެ ހައްގު ސިޔާސީ މީހުން އެކްނި ޖަލަށްލީމަ ސިކުވަނީވެސް
الحمدلله
އަދިވެސް މި ގައުމު ކުރިއައް ދާންބޭނުންނަމަ ރައީސް ޔާމީން ނޫންބޭފުޅެއް މިވަގުތު ފެންނާކަށެއްނެތެވެ. ނަމަވެސް ބަދަލުގަ މުއީޒު ވަރެއްހަމަނެތް ރައީސަކަށް ނައިބަކަށް ސަހީމް
ޔާމީނު އަމިއްލަ ފުޅަށް ވައްކަމެއް ނުކުރައްވާ. މީހުން ލައްވާ ވައްކަން ކުރުއްވީ. ރައިސަކަށް ހުންނަވައިގެން ބޮރޯ މެދުވެރިކޮށް ވައްކަން ކުރުއްވާ އެ ފައިސާ ޔާމިނުގެ އެކަުންޓު ތަކަށާ ޔާމީނު އެންގެވި މީސްމީހުންގެ އެކައުންޓު ތަކަށާއި ޔާމީނު ބޭނުންފުޅުވި ކަންކަން ކުރުއްވުމަށް ބްރޯ ލައްވާ ހޭދަ ކުރުއްވީ. މާނައަކީ ބިގް ބޮރޯއަކީ ޔާމީނު. މި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ޔާމީނު އަށް ފައިސާއިން ވައްކަން ކުރާކަން އެންގެވީމަ ދެންނެވީ "ނަން އޮފް ޔުއަރ ބިޒްނަސް) މާނައަކީ އެއީ ކަލެއާއިބެހޭ ކަމެއް ނުނޭ. ބްރޯ އެކުރާ ކަމަކީ ތިމެން މަނިކުފާނު އަންގަވައިގެން ކުރާ ކަންތަކޭ. އެހެންވީމަ ބޮރޯއަށް ވުރެ ކުރިން ހުކުމް އަންނަން ޖެހެނީ ހަމަ ޔާމީނަށް. އެއީ ރައީސް އަންގަވަިގެން ކުރުވި ވައްކަމެއްގަ އަދި އެވައްކަމުގަ މުޅި ރާއްޖެ ޝާމިލުވާނެހެން ރާވައި ހިންގި ވައްކަމެއްގަ އިންސާފުން ޝަރިޢަތެއް ކުރުމުން ދެން ފުރަތަމަ ހުކުމް އަންނަން ޖެހެނީ ހަމަ ޔާމީނަށް.
ޔާމިނު ވައްކަން ކުރެއްވީ ފައިސާއިން އެކަންޏެއް ނޫން. އިންތިހާބުންވެސް ވައްކަން ކުރަން ރޭވި އަދި ފައިސާއާއި ޓެބް ބަހާ އިލެކްޝަން ހުރިހާކަމެއް ކޮންޓްރޯލް ކުރެއްވި. ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ޓްރޭއިނިން ކުރުވާ ފޮށިތަކުގެ ވެރިންނާއި ސިކިއުރިޓީން ހިސާބުން ޔާމީނު އެންގެވި ގޮތަށް ކޮންޓްރޯލް ކުރެއްވި. މި މަނިކުފާނަކީ ވެރިކަމާއި ކާރިކުރާވަރު ބޭފުޅެއް ނޫން. ދެވަނަ ފަހަރަށް މީނަ ވެރިކަމަށް އައިސްފި ނަމަ މަނިކުފާނުގެ 5 އަހަރު ހަމަވާއިރު ރާއްޖެގެ ގިނަ ރައްޔިތުން ތިބޭނީ ވަގުންނަށް ހަދާފަ. ވައްކަން ކުރުވާފަ މިމަނިކުފާނުގެ ވެރިކަމުގަ ޖަލަށް ލާފަ. މިސާލަކީ ބްރޯ. ބްރޯ ލައްވާ ބޭނުންވި ހުރިހާ ކަމެއް ކުރުވާފަ ގެންގޮސް ޖަލަށް.