ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެއެވެ.

މީދޫ ބަނދަރުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބަލައިޒްކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1،470 އަކަ މީޓަރުގެ ސަރަހއްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީދޫ ބަނދަރު މަޝްރޫއަކީ 82.36 މިލިއަން ރުފިޔާގެ މަޝްރުއެކެވެ.

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ އެއް އަހަރާއި ބައިގެ ތެރޭގައެވެ.