ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ލިިބިވަޑައިނުގެންނެވި ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަޙީމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނާ އެންމެ ޚިޔާލު ތަފާތުވެގެން ދިޔަ ދުވަސްވަރުގައި ވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރެއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. އެކަމަކު މި ފަހަރު އެ ކަން ވާ ގޮތެއް ނުވި ކަމަށް ޑރ.ޝަޙީމް ވިދާޅުވިއެވެ.

"ޚިޔާލު ތަފާތުވި ނަމަވެސް ރައީސް މުޙައްމަދު ނަޝީދުގެ މަތިން ހަނދާން ވަނީ މިފަދަ ދުވަހެއްގައި،" ޑރ.ޝަޙީމް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރެއްވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މި ފަހަރު ދީފައިވަނީ ޝައިޚް ނަޞްރުﷲ އަށާއި، އަލްހާފިޒު މުޙަައްމަދު ޠާރިޤަށެވެ.

ޑރ.ޝަޙީމަށް އިމާމުވެ ދަމު ނަމާދު ކުރެއްވުމުގެ ފުރުސަތު ދެއްވީ ހުޅުމާލޭގައި އަލަށް އިމާރާތް ކުރެވުނު ދިގަލި މިސްކިތުގައެވެ. ޝަޙީމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ކަމުގައި އޭނާގެ އެއްވެސް ޝަކުވާއެއް ވެސް ނެތް ކަމަށެވެ.

އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދު ކުރެއްވުމުގެ ފުރުސަތު ޑރ.ޝަހީމަށް ލިބިވަޑައިނުގަތުމުން ކުރެއްވި ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ބަޔަކު ވަނީ ޑރ.ޝަހީމަށް އެފުރުސަތު ދެއްވުމަށް އެދިވަޑައިގެން ޓްވީޓް ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އިސްލާމީ ވެރިކަމެއް އޮތް ގައުމެއްނޫން މިއީ.. ސެކިއުލަރ ވިސްނުމުގެ ޖާހިލު، އިޒްރޭލާއި އިޒްރޭލުގެ ބެސްޓް ފްރެންޑް މޯދީގެ ވެރިކަމެއް އޮތްތަނެއް މިއީ.. އިޒްރޭލަކީ ބޮޑާވެ ތިމާމެންނީ އެހެން އިންސާނުންނަށްވުރެ މަތީ ބައެއްކަމަށް ދެކޭ އަނިޔާވެރިންތަކެއް.. މޯދީއަކީ، ފަގީރު ނިކަމެތި އާއިލާއަކުން އައި، ފައިސާއާ ހެދި ހޭބަލިވެ ވެރިކަމުގައި ދުނިޔެނިމެންދެން ހުރުމަށް ޝައިޠާނާއަށް އަޅުކަންކުރާ އިންސާނިއްޔަތުގެ ދުޝްމަނެއް. 1988 ގައި އެމެރިކާއަށް އެރުވެސް މަނާކޮށްފަހުރި މީހެއް. އަންހެނުންނާއި ކުޑަކުދިންނަށް ލާއިންސާނީ އަނިޔާކޮށް މުސްލިމުންގެ މުދާއަންދާ އަޔޯދިޔާ މިސްކިތް ތަޅާލާ އެތަން ނުބައި ޖަރީމާއެއް ހިންގި ކަމުގެ ތުހުމަތު އޮތް ނުބައިނުލަފާ ހައިވާނެއް އެއީ. އެވަރުގެ ބައެއްގެ އަޅުންގެ ގޮތުގައި ވެރިކަމަށް އައިސްތިބި ދުނިޔޭގެ އެދުން ނޫން އެހެން ކަމެއް ނުދަންނަ ބަޔަކު އިސްލާމީ އިލްމުވެރިއަކަށް ތިފަދަ ފުރުސަތެއް ދޭނެތަ...

  2. ލކޖހގ

    ކިންގް ސަލްމާން މިސްކިތް ނުހުޅުވީ އިސްލާމް ދީނުގެ ޝަހުސިއްޔަތު ދައްކުވައިދޭތަނަކަށް އެތަންވާތީ.. ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ޒިކްރާ މިސްކަތުގައި ވަށައިގެން ސަތަރިޖަހައިގެން މިސްކިތެކޭ ކިޔައިގެން ހެދީ.. ހަމަ އިންޑިޔާގެ ނުބައި ސިސްޓަމް. އިސްލާމިކް މިނިސްޓަރެކޭ ކިޔައިފަ މިހުރީވެސް ހައިވާނެއް. އެއުޅޭ ބުއްދިރަން ނަފްރަތުގެ އައްޕަ ނިކަމެތި އަހުލެއް ވަހުލެއް ނެތް އިމްރާންގެ ގޮތްގަނޑު ހުރި ނުބައި ނުލަފާ މީހެއް.

  3. ކާފަބޭ2020

    އެހެންވީމާ ލާދީނީޓެގުއެޅުވިގެންހުރި މީހާއަށްވުރެވެސް ސޯލިހޭކިޔާމީހާގެ ލާދީނީކަންމާބޮޑުތާ! އެންމެހާދިވެހީންނަށް ހެޔޮވިސްނުންދެއްވާ ހެޔޮމަގަށްޢަމަލުތައްސީދާކުރުމުގެތައުފީޤް މިންވަރުކުރަށްވާށި! އާމީން!

    1
    1
  4. ގައުމީ ލޯބި

    ހަމަ ވަކި މިސްކިތެއްގަ ތޯ ދަމުނަމާދު ކުރަން ވީ؟

    ތަންކޮޅެއް ބޮޑުވަރު..ދޯ؟

    1
    1
  5. ކުޑަސޮރު

    އިސްލާމީ މަރުކަޒަކީ ހަމައެކަނި ތިބޭފުޅާ އިމާމްވެ ނަމާދު ކުރައްވަންހުރި ތަނެއްތޯ؟ ހާދަ އަމިއްލައެދުންވެސް ބޮޑޭ ދެއްތޮ؟ އެހެންމީހުންނަށް ފުރުޞަޠު ދެއްވީމަ އެކަމާއި ހިތްހަމަ ނުޖެހިގެން ޓްވީޓްތަކާއި އެއްޗެހި ތި ކުރައްވަނީ.

    1
    1
  6. ޒައިކް

    ވަކި މިސްކިތަކުން ނުކިބުނިއްޔާ ދަނމު ނަމާދު ނުކުރެވޭތަ ނޫބޫއެއީ ބޮޑާ ކާހަން ޖެހޭ ކަމެއްތަ؟؟ ތިތައިން ފެންނަނީ ދެއްކުންތެރިކަމާ މަބޮޑޭކަން އިސްކުރާ މިންވަރު.. ތިޔަފަދަ ދީނީ ތާކިހާ އަޅުއްވައިގެން އުޅުއްވާ މީހަކު ދެއްކި ހުތުރު ވާހަކެއް.. އައްޗީޑި!!! ބަލަ އިސްލާމީ މަރުކަޒުއެއީ ކައުބާތޯ ނޫބީ މަސްޖިދުއް ނަބަވީ ތޯ ނޫނީ އަލް އަޤްޞާތޯ؟؟ އެ ތިން މިސްކިތުގަ ނަމާދު ކުރީމަ ސަވާބު އިތުރުވާކަމަށް އޮންނަނީ.. ދެން ކޮންމެ މިސްކިތެއްވެސް ހަމަ ހަމަ.. އިޙްލާސްތެރިކަމެއް ހުރިނަމަ ކުރާނެ މިފަހަރު ތިޔަ ލިބުނު މިސްކިތުގަވެސް މިތިބީ ބަލަން..

  7. އަސްލުހާލަތު

    ނަޝީދު ކިތަންމެ ލާދީނީވެފަ މޮޔައެއްހެން އުޅުނަސް މީހުންނަށް ދޭންޖެހޭ އިޙްތިރާމަ އޭނާދޭކަން ފާހަގަކުރެވޭ..ހިތްހެޔޮ ޒާތީބައި ކުޑަ މީހެއް އަސްލު.. އޭނާގެ ވެރިކަމަކު ރައީސަކު ޖަލަކަށް ނުލައި، މަޢުމޫނުގެ އިޙްޠާ ޕުރޮގްރާމަށް ދަރުބާރުގެ ހަމަޖައްސައި އެކަމަށް ވެސް ހިތްވަރު ދެއްވި.. ޝަހީމަށްވެސް ހައްޤު ޤަދަރު ދެއްވި. އޭނާ އަކީ ޑިމޮކްރެޑިކު އެކުޓިވިސްޓެއް މައްސަލައަކީ މާބޮޑަށް ޑިމޮކުރެސީވެ މިނިވަންވެގެން ދިޔަދިޔައީނުން ހުރިހާކަމެއް ހުއްދަކޮށް ހުޅަނގު މީހުންގެ ވިސްނުން ގެންގުޅޭތީ.. އިދިކޮޅު ލީޑަރަކަށަ އަދި ސިޔާސީ އެކްޓިވިސްޓަކަށް ހުރެ ސަރުކާރަށް ޕުރެޝަރު ކުރަން އޭނާ ވަރު މީހަކު މި ދިވެހި ޤައުމަކު ނެތް އަދިވެސް.. އަމިއްލަ ޕާޓީ ވެރިކަމުގަ އޮތް އިރުވެސް ބައެއް ފަހަރު މީނާއަކީ އިދިކޮޅު ލީޑަރޭ ހީވަނީ އެހެންވެ.. އެނާ ކަމުނުދާނި ވެރިކަމަށް..

  8. ފައްލަންބޭ

    ނަޝީދުއަކީ އަބަދުވެސް ރައްޔިއްތުންގެ މަންފާއަށް މަސައްކަތް ކުރައްވާ ބޭފުޅެއް! އެހެންވެގެން ދެންތިބި ވެރިން ބޭނުންވަނީ ނަޝީދުގެ އަގުވައްޓާލާ ލާދީނީ ޓެގުއަޅުވައިގެންވެސް ރައްޔިތުންގެ ކަންތައްތަކުގައި ބަސްނުބުނެވޭ ގޮތް ހަދައި އެކަހެރިކުރަން.

  9. ފެކްޓް

    ޝަކުވާއެއް ނެތް ނަމަހީ ހުންނާނީ ހަނު!
    ތިޔަކީ ޝުކިރު ކުރާ މީހުންގެ ސިފައެއްނޫން. އަދި ވަކީލް ކުރާ މީހުންގެ ސިފައެއްވެސް ނުމެނޫން.
    އެފަދަ މީހުންގެ ކަންކަން އޮންނަނީ ހެއްދެވިފަރާތާއި އެމީހަކާ ދެމެދު. މިއިން ދައްކުވައިދޭނީ އީމާންތެރިކަމުގެ މިންވަރު.

  10. އަހްމަދު

    ވަކިމިސްކިތަކުން ފުރުޞަތުނުލިބުމުން ސަކުވާކުރެއްވީކީނޫން ރާއްޖޭގަމިވަގުތުހުރި އެންމެގާބިލް އަދިއެންމެރީތިކޮށްކިޔަވާވިދާޅުވާބޭފުޅަކީ ޑރ ޝަހީމުކަމާމެދު ދެބަސްވާނެބޭފުޅަކުނެތްއިރު އަދިގިނަ ރައްޔިތުންގެ އިންތިޒާރުކުރާކަމަކަށްވާއިރު އެފަދަބޭފުޅަކަށް އެފުރުސަތުނުލިބުމަކީ ދެރަކަމެއް އެކަމުކީއްކުރާނީ މޯދީސާބުގެހުއްދަނެތި އެވަރުކަމެއްވެސް ކުރުމުގެ ފުރުޞަތު މިކޯލިޝަނައްނެތީމަ ކުރާނެކަމެއްނެތްތާ