އައްޑޫ ސިޓީ މީދޫން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މިއަދު ފައްސިވެފައިވާ ހަ މީހުންގެ ތެރެއިން ފަސް މީހުން ފައްސިވެފައި ވަނީ އިއްޔެ މީހަކު ފައްސިވި ބޯޓުންނެވެ.

އެ ބޯޓުން އިއްޔެ މީހަކު ކޮވިޑަށް ފައްސިވުމާއެކު ހުޅުމީދޫއަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ.

މީގެ އިތުރުން، އެރަށުން ވަކި ތަރުތީބެއް ނެތި ސުންކެއްވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު