ވަޒީރުކަމުން ވަކިކުރައްވާނެ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަންގަވާފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެެއެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ޒަހާ "ވަގުތަށް" ވިދާޅުވީ ވަޒީރުކަމުގެ މަގާމުން ވަކި ކުރެއްވުމަށް ރައީސް އޮފީހުގެ ތެރެއިން މަސައްކަތްތަކެއް ކުރައްވާ ކަން އޭނާ އަށް އަންގަވާފައި ނުވާ ކަމަށެވެ.

"ތިފަދަ ކަމެެއް ނުދެެނެ ހުރިން. ރައީސް ނާންގަވާ އަޅުގަނޑަކަށް ވަޒީރުކަމުން ވަކިކުރާނެ ކަމެެއް" ޒަހާ ވިދާޅުވިއެވެެ.

ޒަހާ މަގާމުން ވަކިކުރެއްވުމަށް ފަހު މިހާރު އެންވަޔަރަމެންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. ޙުސައިން ރަޝީދު ހަސަނެް އެ މަގާމަށް އައްޔަންކުރެއްވުމަށް ވާހަކަ ދެކެވިފައިވާ ކަމަށްވެއެވެ.

މި ސަރުކާރުގެެ ކެބިނެޓަށް ބަދަލުތަކެެއް ގެެންނަވަން އުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޯލިޝަން ލީޑަރުންނަށް އަންގަވައިފައެވެ. މިގޮތުން ބައެއް މިނިސްޓަރުން ބަދަލު ކުރެއްވުމާއި އަދި ބައެއް މިނިސްޓަރުން މަގާމުން ވަކިކުރަައްވާނެ ކަމަށްވެއެވެ.

އެމްއާރްއެމަށް ދިން ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޑރ. އިބްރާހިމް ހަސަން ވެސް މަގާމުން ދުރުކުރަން އުޅޭ ކަމަށްވެއެވެ. އަދި ޑރ. ހުސެއިން ފިޝަރީޒް މިނިސްޓްރީއަށްލުމަށްފަހު ތިމާވެއްޓާ ބެހޭ މިނިސްޓަރަކަށް ހަމަޖައްސަ އުޅެނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާބެ

    އެކަމަކު ތިޔައީ ދިވެހިމަސްވެރިންނައް މަންފާއެއްކިރާކަހަލަ ސިޔާސަތެއް އަދި ހަރުދަނާ ހިންގުމެއް ހުރި މީހެއް ނުން މިހާރުން މިހަރައް އިސްތިޢުފާ ދީފަ ކޮންމެވެސް އެހެންކަމަކާ އުޅޭ. މަސްވެރިންގެ ލޭބޮއެ ހުސްކޮށްފި