ޕީޕީއެމްގެ ޓިކެޓްގައި މާވަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި، މިހާރު ވެސް އެރަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު އޮތް އިންތިހާބުގައި ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވި އަހްމަދު މޫސާ އާއި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢަބްދުއްރަޙުމާންގެ ވޯޓް އެއްވަރު ވުމުން މިއަދު އެރަށުގެ އެއްފޮށީގެ ވޯޓް އަލުން ވަނީ ނަގާފައެވެ. އެއީ އެފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓް ލާފައި ވުމުންނެވެ.

މިއަދުގެ އިންތިހާބު އަހްމަދު މޫސާ ކާމިޔާބު ކުރެއްވީ 12 ވޯޓްގެ ތަފާތަކުންނެވެ.

މީގެ އިތުރުން، ކުރިން ބޭއްވި އިންތިހާބުގައި ވޯޓު ހަމަހަމަވެގެން އިންތިހާބު ނުކުރެވި އޮތް އެރަށު ކައުންސިލްގެ ދެ ގޮނޑީގެ ވޯޓު ލުމުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފިއެވެ.

އެގޮތުން ޕީޕީއެމްގެ އިބްރާހީމް އަބޫބަކުރު އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓް ޙަސަން ޝިފާޒަށް ވުރެ 11 ވޯޓް ކުރި ހޯދައިގެނެވެ.

މާވަށު ކައުންސިލްގެ އަންހެނުންގެ ޚާއްޞަ ދެ ގޮނޑިއަށް އިންތިޚާބުވީ ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކަމުގައިވާ ހައްވާ އާތިކާ ޢަލީއާއި އާމިނަތު އަމްސޫދާއެވެ. އަދި ކައުންސިލްގެ އާންމު މެމްބަރުކަމަށް ޕީޕީއެމްގެ ސަލްމާން ޢަބްދުއްރަޙުމާން އިންތިޚާބުވެފައިވެއެވެ. މި ގޮނޑިތައް ވަނީ މިދިޔަ ބުރުގައި ކަށަވަރުވެފައެވެ.

މާވަށު ކައުންސިލްގެ 100 ޕަސެންޓް މެޖޯރިޓީ ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާއިރު އެ ރަށަކީ ޕީޕިއެމްއަށް ތާއީދު ބޮޑު ރަށެކެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް މާވަށު ދާއިރާގެ ނަތީޖާ އައިސްފައިވަނީ ޕީޕީއެމްއަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އިއްބެ

  މަރުހަބާ

  43
  1
 2. އެމަންޖެ

  އަލުން ވޯޓް ނަގަންފެނޭ މޑޕ އައް ކުރިއެރުން ލިބެންދެން.

 3. ދަންބެރު

  އެމްޑީޕީ ގެ މަކަރުވެރިކަން އިތުރަށްފަލީހަތްވީ ކިހާދެރަދޯ ގައުމުއޮތީ ރައީސް ޔާމީނާއިއެކު 50 އަހަރުޖަލުގައިހުއއޓަސް ރައީސްޔާމީންގެ އަޒުމަކަށް ބަދަލެއްނާންނާނެ އިންޝާﷲ...

 4. އެދުރުބެ

  އަޖައިބެއް ތެޔޯ

 5. ވަސް

  އެމް.ޑީ.ޕީ ގެ އަނިޔާވެރިކަމާއި ޚުދުމުހުތާރުކަމައި ވައްކމާއި ފަސާދަ އިންތިހާ އަށް ދިޔުމާއި ،ވެރިކަމާއި ހެދި ބޫތުކާފައި ތިބިވަރު ރައްޔިތުންނަށް އެގުނީމަ ރައްޔިތުން ބޭނުންނުވޭ އެމް.ޑީ،ޕީ އަށް ވޯޓުދޭން..ރައްޔިތުން ހަނާކޮށްފި

 6. ކަމަނަ

  އަންނި އިސްލާމް ދީނަށް ޖޯކުޖެހުމުގައި ދެމިހުރިހާދުވަހަކު، ވެލިލައިގެން އިންތިޚާބު ބޭއްވިޔަސް ބޭއްވިޔަސް ހަމަ ފެލާލާނީ.

 7. އަބޫހުތާ

  މަސްކައްކާ ހިއްކަން އޮތު އަހްމަދު މޫސާ ފުޅު އަކަން ކައުންސިލްގެ ރައިސާގެ ފުރިހަމަ ކުރެއްވޭނީ ކިހިނެއް