މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ގޯނާގެ އަމަލުތަކާއި ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލަން ފުލުހުން އަމަލު ކުރި ގޮތުގެ އިތުރުން މުޒާހަރާ ރޫޅާލަން އޯޑަރު ކުރި ގޮތް ވެސް ބަލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އާދަޔާއި ހިލާފަށް ބޮޑަށް ބާރުގެ ބޭނުން ކުރި މަންޒަރުތައް ފެންނަ ވީޑިއޯތައް ދަނީ ދައުރުވަމުންނެވެ. އަދި ފުލުހުން ވަރަށް ގިނައިން ބޭއަދަބީ ބަސް ބޭނުންކޮށް، ގަސްދުގައި މީހުންނަށް އަނިޔާ ކުރުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.
މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި އަދި ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލާނެ ކަމަށް ފުލުހުން ވިދާޅުވުމުން ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ފެންނަ ގޮތުގައި ބޭރުގެ ބޭނުން ކޮށްފައިވާ ގޮތުގެ އިތުރަށް މުޒާހަރާ ރޫޅާލުމަށް އޯޑަރުކުރި ގޮތް ބެލުން ބޭނުންތެރި ކަމަށެވެ.
ސިޔާސީ މުޒާހަރާއާއި އިޖުތިމާއީ މުޒާހަރާ ވަކިކޮށް ދެނެގަންނަން އެނގެން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
Alhugadah fena gothugai, Baaruge beynun kohfaivaa gothuge ithurun, Muzaahiraa roolhaalumah Oder kuri goi beylun beynun theri. Siyaasee Muzaahiraa aai Ijthimaaee Muzaahiraa vaki koh dheyneganaan ingen jehey.
— MN unofficial (@anedhivehirajje) May 2, 2021
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބޭރުގެ ބޭނުން ކުރުމުގެ އިތުރުން މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ވެސް ފުލުހުން ހުރަސްއަޅައި، ނޫސްވެރިންނަށް ވެސް އަނިޔާވާގޮތައް ފުލުހުންގެ އަމަލުތައް ބެހެއްޓި ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ވަނީ ބުނެފައެވެ.
ފުލުހުންގެ ކަންކަން ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ފާއިތުވި ދެއަހަރު ދުވަހު ފުލުހުންނާއި އަދި ސަރުކާރުން ވެސް އެތައް ފަހަރަކު ބުނުމަށްފަހު ރޭ މިފަދަ އަމަލުތަކެއް ފުލުހުންގެ ކިބައިން ފެނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ވަރަށްސާފް އެލެކްސް މާނަޔަކީ އަރުމު އައިސް ފައިވާނީ ޕޮލިހުންގެ ތެރެއިންނޫނޭތޯ ؟ އެހެން ވިއްޔާ އަމުރު އައި ގޮތް ބެލުން ވ ވ މުހިއްމު، އާހިރުގާ މިކަން ނިމޭނީ އެތަނަށް ދިޔަ ދައްރޭންކުގެ ފޮލިސް ކުއްވެރިވެގެން. އެކަމް ބުނެލަން އޮތީ ސީންއަށް ދާ ޕޮލިސް ކުދިން މިކަހަލަ ކަންކަމުގާ އަމިއްލަ ޑީޝިޝަން ނުނަގާނެ 100%،
ކަލޭ މަޖިލިސް ތެރެއަށްވަދެފަ ތި އިންނަގޮތް އިހަށް ބަލަންވީ
އެލެކްސް އެބުނަނީ ސިޔާސީ މުޒާހަރާ ތަކުގަ އަނިޔާ ކުރިޔަސް އޯކޭޭވާ ނެޔޯ
އެންގީ އަންނި. ބައްދަން ބޭނުންވަނީ އިބޫ
މާހެޔޮއެދޭ މީހަކަށްހެދިގެން ވާހަކަ ދައްކާނެކަމެއްނެތް!!! ތީރައްރިތުންދެކެ ވަރަށް ލޯބިވާ މީހެއް!! ހުރިލަދުހަޔާތް ކުޑަކަން ނިކަން ދެކެބަލަ111
މީނައޭ އެންގީ. ސިޔާސީ މުޒާހަރާއެޭ އިޖްތިމާއީ މުޒާހަރާއޭ ކިޔާނެ ކަމެއއ ނެތް ކަލޯ. ތީ ސީދާ މޯދީއާ އޭނާގެ މި ރާއްޖޭގެ އެޖެންޓް ގުޅިގެން ރައްޔިތުންނަށް ބިރުދައްކަން ކުރާ ކަމެއް. ހީވަނީ މޯދީއާ އޭނާގެ އެޖެންޓުގެ އަޅުވެތިކަމުގަ ބޮޑުވަޒީރުކަން ކުރަން ފުރްސަތު ދީގެން ތިބޭނޭ. ނޫން ނޫން ނޫން ރަެްޔުތުން އެ ފުރްސަތެއް ނުދޭނެ! ވަކަރަށް ޖަހަން ނޫޅޭ.
ބުނޭ ހޮނޑާދޫގައި ބޮޑުވަޒީރުކަން ކުރަން ކަލޭ ގެންގުލޭ ހަކެނާ ގޮވައިގެންދާށޭ.
ހެކި: ފެންނަ ފެނުމަށް މައްސަލައެއް އުޅޭހެން ހީނުވޭ..ފިޒިކަލީ ކޮޕެއް ޖެހި މަންޒަރު ނުފެނޭ..އަދި އެއްވުމެއް ރޫޅާލާނީ ސުލްހަވެރިކަމާއިއެކު ބުނެގެން ނުދިޔުމުން..އެވެސް މުގުރެއް ނޫން….ޕެޕަރ އަދި ހައްޔަރު ކުރުމުގައި އަމަލީ ގޮތުން އުޅުނީ އެޖިންސުގެ މީހުން…
މިފަދަ ދަނޑިވަޅެއްގައި ނުޖެހޭ މަގުމެދު މުޒާހަރާ ކުރަން…ގޮވާއެއްޗެއް ގޮވަން ބީޗަށް ދިޔައީމަ ނިމުނީނު.. މައްސަލަ އުފައްދައި މިތަން ހަލަބޮލިކުރީމަ ފައިދާވާ މީހެއް ހޯދަންވީ.. މަށައް ބޮޑަށް ހީވަނީ އަދީބުގެ ކަމެއްހެން…ސުންބާ ތިމަރޭ ނުހާ، ބުމަ އެތަނުގައި ހަރަކާތްތެރިވި..
ރޯދަމަސް 🙄
ކަލޭގެ ވެ ރިކަމުގަ މިކަން ފެށިގެން އައިސްފަވަނީ، ފު ރަމަ ވެ ރިކަމާ ތޮޅެން ފެށީ،ވެ ރިކަން ލިބުނީމަ ދެން ޕޮލިހުން ލައްވާ ރައްޔިތުންނާ ތޮޅެން ފެށީ
އޯޑަރު ކުރީ ކެނެރީގޭ އިބުލީސް.ސިޔާސީ އަސް އިޖުތިމާއި ވިޔަސް މުޒާހަރާ ވާނީ މުޒާހަރާ .ބުނާ ކަހަލަ ސިޔާސީ މީހުންނަށް އަނިޔާކުރާށޭ.މީނާ މި ހުރިހާ ނުބައެއްގެ ބައްޕަ
ކެނެރީ ނަޝީދޫ ކަލޭ އަޑީގަ ހުރެގެން ހުރިހާ ނުބައެއް ތިޔަ ހަދަނީ.
ސިޔާސީ މުޒާހަރާއެޭ އިޖްތިމާއީ މުޒާހަރާއޭ ކިޔާނެ ކަމެއއ ނެތް ކަލޯ. ތީ ސީދާ މޯދީއާ އޭނާގެ މި ރާއްޖޭގެ އެޖެންޓް ގުޅިގެން ރައްޔިތުންނަށް ބިރުދައްކަން ކުރާ ކަމެއް. ހީވަނީ މޯދީއާ އޭނާގެ އެޖެންޓުގެ އަޅުވެތިކަމުގަ ބޮޑުވަޒީރުކަން ކުރަން ފުރްސަތު ދީގެން ތިބޭނޭ. ނޫން ނޫން ނޫން ރަެްޔުތުން އެ ފުރްސަތެއް ނުދޭނެ! ވަކަރަށް ޖަހަން ނޫޅޭ.
ތިޔަ ފޮޓޯ ބަލާލީމާ ހީވަނީ އެމަންޖެ ރޭޕްގެ ޝިކާރަޔަކަށް ވަނީހެން
ކޮންކަމެއް ތަޙުޤީޤު ކުރަންވީ. މިކަމަކީ މަނިކުފާނު އަޑީގައި ހުރެގެން ސަރުކާރު ޕްރެޝަރ ކުރުމަށް ރޭވިގެން ކުރިކަމެއް. ހިތާމައަކީ މިވަރަށް ފަސާދަކުރާއިރުވެސް މިނިކުފާނުގެ މަޤާމުގައި ބަހައްޓައިގެން ރައީސް ސާލިހު އުޅޭކަން. އަދި ތިޔައީ ކުށެއްގެ ޙުކުމެއްގައި ހުރެ އެޙުކުމާއި މެދު ސްޕްރީކް ކޯޓުން ވަގުތީގޮތުން ނިންމި ނިންމުމެއްގެ ނާޖާއިޒު ފައިދާ ނަގައިގެން އެޅޭ މީހެއް.
އަނިޔާވެރިކަން ، މިހާރު އަލައްތަމްރީން ކޮށްގެންތިބި ފުލުހުންގެ ތަމްރީންކުރުމުގަ މައްސަލަ އެބަހުރިކަން ފާހަގަކުރެވޭ ، ތަމްރީންދިންފަރާތްތައް އިވެލުއޭޓްކުރަންޖެހޭ އަދި އަލުން ތަމްރީންދޭހޭ ފަރާތްތަކައް ތަމްރީންދިނިން މުހިއްމު، ވަކިބަޔަކު ބޭނުްންވެގެން އިންފުލުއެންސް ހޯދުމައް ނާގާބިލް ކުފޫހަމަނުވާ މީހުން ޕްރޮމޯޓްކުރީމަ ވާނެ ހައެތިމިވަނީ، މަކަހަލަ ކަންކަމުގަ ޕަބްލިކް އެއްމެ ސްޕާކެއް ހިނގަންޖެހޭނީ ފަޅައިގެންދާ އެތި ނުވެސް ހުއްޓުވޭނެ
ޢިންޑިޔާއިން ތަމްރީން ކުރީމަ މުސްލިމުންނަށް ހެދޭނީ މިހެން.
އިޖުތިމާއީ ވިޔަސް ސިޔާސީ ވިޔަސް އަމަލުކުރަންޖެހޭނީ އެއްގޮތަކަށް . މިކަލޭގެ ދެނެހުރީ ސިޔާސީ މުޒާހަިރާކުރާމީހުން ތަޅާ މަރަންކަން ކުރިން ވެސް އެނގޭ. ކަލޭ ތީ މިހުރިހާ ކަމެްއްގެ އަޑިގައި ހުރި ހުރިހައި ނުބައެއްގެ ވެރިޔާ. މިޤައުމުގެ ހަލާކު. މިތަނުނ ް ފެއްސިގެން ދޭ
ސާބަސް ސީ ޕީ ރަނގަޅު ވަގުންކޮޅު ސައިޒުކޮށްލިގޮތް
ބުނާނެ އެބަބަލަމޭ ވާކަމެއްޙަރަން. ދެން އަޅައެއްނުލާނެ
ހެހެހެހެ ހަހަހަ ނިމުނީ
ކޮމާޑާ އަށް ފުރަތަމަ ފިޔަވަޅު އަޅަބްޖެހޭނީ އޭނަ ގެޔަށް ފޮނުވާލިތޯ. ޢަހަންނަށް ހީވަނީ ދަށް ރޭންކަށް އެކަނިހެން މިމީހުން ޓާގެޓް މިކުރަނީ.
ކޮމާޑާ އަށް ފުރަތަމަ ފިޔަވަޅު އަޅަންވީ އޭނަ ގެޔަށް ފޮނުވާލިތޯ. އަހަންނަށް ހީވަނީ ދަށް ރޭންކަށް އެކަނިހެން މިމީހުން ޓާގެޓް މިކުރަނީ.
މަޖިލިސް ތެރޭ ގައި އެހިގާމާރާމާރީއޯ އަދި އެކިޔާ އައުގުރާނަ ވަކިމަދުތަ
މުޒާހަރާއެއް ފިރުމައިގެން ރޫޅާނެ ގޮތެއް ބުނެދީބަލަ.. ފުލުހުންވެސް ކަންތައްކުރީ ރަނގަޅަށް.. އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް އެއްވެސް ކަމެއް ކުރަން ފުރުސަތުދީގެން ނުވާނެ. ތިޔަ މަޒާހަރާ ރާވާ ހިންގި ހުރިހާ އެންމެން ހިފާ ހައްޔަރު ކުރަން މިހާރުން މިހާރަށް ގޮވާލަން. އަދި އެ މުޒާހަރާގައި ބައިވެރިވެ ހަމަނުޖެހުން ހިންގި މީހުންނަށްވެސް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން.
ތިޔަ ނަސީދުގެ އަނގަ އެބަޖެހޭ ބަންދުކުރަން ތިޔަ މީހަކާގެން ގައު މުގެ އަ މާންކަން ގެއްލިއްޖެ ފުލުހުންގެ ވާޖިބައް ހުރަސްއަޅާ ފުލުހުންގެ މުއަސަސާ ހަރާބް ކޮއްފި.
އެމްޑީޕީ ހަރުގެއިން ނެރޭ އަމުރުތަކަށް ފުލުހުން ތަބައުވާންޖެހުނީމާ ވާނެ ހައެތި މިވަނީ