ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވެފައިވާ އެ ރަށު ވިންސެޓް މުހައްމަދު އަހްމަދު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގައި ޖަލުގައި ބަންދު ކޮށްފައި ހުރުމަށްފަހު ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް ޔުސްރީން އަޙްމަދު ވަނީ އޭނާ ބަންދުން ދޫކޮށްލާފައިވާކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

“ކޯޓުންދޫކުރީ. ދޫކޮށްފައިވަނީ ކޯޓު އަމުރު ބާތިލު ކުރުމާއި ގުޅިގެން” ޔުސްރީން ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި ކައުންސިލްގެ ރައީސް ކަމަށް އޭނާ އިންތިހާބު ވެފައިވާއިރު އޭނާގެ މާއްޗަށް ތިން ދައުވާ އެއް އުފުލާފައިވެެއެވެ.

އޭނާގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި 2015 ވަނަ އަހަރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގެވުމުގެ ދައުވާ އާއި ކުޑަކުއްޖަކަށް ޖިންސީ އަމަލު ހިންގާ އަޑު އިއްވުމާއި އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އޭނާ ކުރިމަތިލާފައިވަނީ މި ދައުވާ އޭނާގެ މައްޗައް އުފުލާފައިވަނި ކޮށެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެން ދިޔައީ ޝަރީއަތުގައި މި ދައުވާތައް ސާބިތުވެފައި ނުވާތީ އެވެ.