އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ބޭރުގެ ފޮރެންސިކް އޮޑިޓަކާއި ރައްޔިތުންގެ މަޖިލިހާ ގުޅިގެން ހިޔާނާތުގެ ފައިސާ ހޯދަން ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރެއް، އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމު ވެސް ފުރުއްވާ ނަޝީދު ޒޫމް މެދުވެރިކޮށް ދެންމެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ޚިޔާލުފުޅަކީ ރައްޔިތުންގެ މަޖިލީހާއި ބޭރުގެ ފޮރެންސިކް އޮޑިޓިން ފާމަކާ ދެމެދު އެއްބަސްވުމެއް އެކުލަވާލައި ދެ ފަރާތުން ގުޅިގެން ޚިޔާނާތުގެ ފައިސާ ހޯދުން ކަމަށެވެ.

ބޭރުގެ ފޮރެންސިކް އޮޑިޓިން ފާމެއް އައްޔަން ކުރުމުގެ މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ މިހާރު ވެސް މަޤާމުތަކަށް މީހުން އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ މަރުހަލާތަކުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޚިޔާނާތާ ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ޓަކައި ދައުލަތުގެ އެކި އިދާރާތަކުން ތަހުޤީޤު ހިންގަމުން ދިޔަ ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވިފައި ނުވާތީއާއި، ފައިސާ ހޯދިފައި ނުވާތީ ހުށަހަޅާ ޤަރާރެއް ކަމަށެވެ. އަދި ބޭރުގެ ފަންނީ މާހިރަކާ ގުޅިގެން ކުރާ އެ މަސައްކަތުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށް ދިނުމަށް ވެސް ހުށަހަޅާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ފޮރެންސިކް އޮޑިޓިން ފާމްއަކާ މަސައްކަތް ހަވާލުކޮށްގެން ކުރިއަށްދާއިރު އެ ފައިސާ އަނބުރާ ހޯދޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބަ އޮތް ކަމަށެވެ. މި ގޮތުން ފައިސާ ހޯދި ފަރާތްތަކުން އެ ފައިސާއިން ގަނެފައިވާ މުދާތައް ހިފެހެއްޓުމާއި ނޫނީ އެ ފައިސާއަށް ހަމަވާ ވަރަށް އެ ފަރާތްތަކުގެ މުދާ ދައުލަތަށް ނަގައިގެން މި ކަން ކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަޤީން މި ފައިސާ ހޯދޭނެ، އަޅުގަނޑު މި ވާހަކަ މި ދައްކަނީ އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާއާއި ކަންކަން ފެނިފައިވާ ގޮތްތަކުގެ ވެސް އަލީގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މިފަދަ ގަރާރެއް ރައީސް ނަޝީދު ހުށަހަޅުއްވާފައި މިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީސް އެކުލަވާލުމުގެ އިންތިޚާބުގެ ކެމްޕޭންތަކާއި ހަރަކާތްތައް ކުރިއަށް ދަނިކޮށެވެ. ރައީސް ނަޝީދު ވަނީ އަލަށް އިންތިޚާބު ކުރެވޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެއްވެސް ޚިޔާނާތެއްގައި ބައިވެރިވެފައި ނުވާ ބަޔަކު އިންތިޚާބު ކުރުމަށް އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މިފަދަ ގަރާރެއް ހުށަހަޅުއްވަން ރައީސް ނަޝީދު ނިންމެވިއިރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ޚިޔާލުތައް ދެކަފިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ. ފަހަކަށް އައިސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ރައީސް ނަޝީދު ނޫނީ އެމަނިކުފާނުގެ އަރިސް ބޭފުޅުން ހުށަހަޅުއްވާ ކަންކަން ފާސްވެގެން ގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. 241ޖބރނ

  މަޖިލީހުގެ މެންޑޭޓުގަނުހިމެނޭ ކަންކަންނުކުރެވޭނެ.
  މީނާގެ މައްޗަށް ދައުވާކޮށް ހިފާ ހައްޔަރުކުރަންޖެހޭ.
  މަޖިލީހަކީ ތަހުގީގީ އިދާރާއެއްނޫން.

  52
 2. އެމަންޖެ

  ނަޝީދު ކަލޭތީ މިގައުމުގެ އެނމެބޮޑު ޙިޔާނަތް ތެރިޔާ ތިކަހަލަ މީހަކައް ގައުމަތް ފައިދާވާނެ އެއްކަމެއްވެސް ކޮށެއް ނިދެވޭނެ.

  50
 3. ޖސޖސ

  އަނެއްކާ މީނަގެ ގާތް ދޮންމީހުނަށް ދައުލަތުގެ ފައިސާ ގަނޑެއް މީނާޔަށް ކަޓެއް ލިބޭގޮތަށް ދޭންވީ. ވާނެކަމެއް ހަރާން. އެފައިސާ ކޭމީހަކަށް އެފައިސާ ހޯދާނީ ކީހިނެއް.

  41
  2
  • ސަނާ

   ބޮޑުވަޒީރު ވަރަށް ބޭނުން ވާނެ ދޮން މީހުނަށް ފައިސާލިބޭ ގޮތަށް ކަންތައްކުރަން މީނާގެ ވެރިކަމުގަ ވެސް ރައީސްއޮފީހުގަ ވެސް އިންޓަރނޭޝަނަލް ސްޕޯކްސް ޕާރސަން އޭ ކިޔައިގެން ދޮން މީހުނަށް ވަޒީފާ ދީގެން ގެންގުޅުނު
   ރާއްޖޭގަ އެފެންވަރުގެ މީހަކުނެތިޔޯ

 4. ސޮލާ

  މެޑަމް ފަޒުނާ ހުރީ ވޮލެންޓިއަރކޮށް ތިކަމަށް މަސައްކަތް ކޮށްދޭ ގޮތައްތޯ ބަލަންފެނޭ. 37 މިލިއަން ރުފިޔާ ގެންގޮސްލީ އެކަމަނާގެ ބައްޕަ ފިރިމީހާ އިބޫ ސާލިހްއާއި ހަވާލުކޮށްގެން ރާއްޖެއިން ބޭރުގައި ހުރެ ހިންގަމުންދިޔަ ވިޔަފާރިތައް ހިންގި ޕޭން އޯޝަންގެ ތިޖޫރީއަށް ކަމަށްވާތީ އެކަމަނާއަށް ވަރަށް ފަސޭހަވާނެ އެދު ތަންދޮށުގައި ފޮރުވާފައި ހުއްޓަސް ހޯދާލަން

  25
 5. ލލ

  ނަޝީދު ފައިސާ ހޯދަން ކަމަށް ބުނެ ބޭރުމީހުންނާއި އެކް ޑީލް ހައްދަވަނީ މާވަހަރު ހޯދަން ތޯ ؟

  29
 6. ސސ

  މިޖިލިހުން ބޭރު ބަޔަކާއި ގުޅިގެން ތެޔު ނަގަން އުޅެންވީ ނުންތޯ އޭރުން މާފައިދާ ވާނެ !

  29
  1
 7. އަޅޯބެ.

  އަނެއް ލާރިގަނޑު ބޭރުކޮށްލަނީ މީނަޔަށް އެބަހުރި މަނީ ލޯންޑާރ ކުރުމުގެ ހުނަރު ހެސްކިޔާފަ ލިބިފަ. ދިވެހި ރައްޔިތުން ތިބޭނީ ހަމަ ހެވިފަ '' ހާދަ ރަގަނޅޭ ހާދަ ރަގަނޅޭ '' ވަގުން ހޯދަނީއޭ ، ރައްޓެހި ބަޔަކު ގެނެސް އޮޑިޓްއޭ ކިޔާ ރިޕޯޓް ތައްޔާރު ކުރުވާފަ ހެސްކިޔާފަ ބޮޑު އޮޑިޓް ފީ ކަޓުވާލަނީ ދިވެހި ދައުލަތުން...

  34
 8. ނަރީސް

  ނަޝީދު އުޅޭތޯ އެމްއެމްޕީއާރުސީގެ މުގޫ އަދީބު ގޭގައި ބަހައްޓާފައި ހުރެގެން ކަންބޮޑުވެގެން. ދުވަހަކުވެސް އެއްޗެއް ބުނާއަޑެއް ނީވޭ. އަދީބު ގޭގައި ބަހައްޓާފައި ހުރީ ނަޝީދު މިނިވަން ކުރަން ސޯލިހަކު ލައްވާ އަދީބު އަތުން އެމްއެމްޕީއާރުސީ ފައިސާއިން ނެގުވި 37 މިލިއަން ރުފިޔާ ގެ ލާރީގެ ޑޮކިއުމަންޓް ވީޑިއޯ އެވިޑެންސް ހުރީމާ މިއެއްޗެހި ހާމަކޮށްފާނެ ކަމުގެ ބިރަށް. އަލީ ވަހީދު ވެސް ހަމަ މިކަހަލަ ހެކި ތަކެއް ބޭނުންކޮށްގެން ރާއްޖެއިން ބޭރުވެގެން ދިޔައީ. ރާއްޖެއިން ބޭރުގައި ތިބި އޮއިއްޓޭ ގްރޫޕް ގެންނަން އެއްވެސް މަސައްކަތެއް ކުރެވުނުބާ. ލާރި ބަހަން ގެންގުޅުނު މުގޫ މީހާ ވެސް 3 އަހަރުވީ އިރުވެސް ކަހެރުވަކެކޭ ވެސް އަހާނުލެވި

  24
  1
 9. ޙިށަބު

  .ކޮބާ މިސަރުކާރައް ހިލޭ އެހީ ގޮތު ގައި ލިބުނުފައިސާތައް

  21
 10. މޫސަ

  ވިޔަފާރި ވެރިންނަށް ބިރު ދައްކާގެން ބާގެން ކުރަން ގަންނަ ގަޑެއް. ސާލިހް ފިލާ ހުުރެ ނަޝީދު ލަައްވާ ވިޔަފާރިވެރި މަހުޖަނުން ފެލާގެން ޕާޓީތެރެއަށް އެމީހުންގެ ކޮންޓްރިބިއުޝަން ގެންނަން ދެވަގުން ރާވާގެން ހިންގާހާ ކަންކަން

  23
 11. އަފިރިން

  ކަލޭ ތިއުޅެނީ އަނެއްކާވެސް އައުވާނީ ބޭރުގެ ުުުަުުުަުުުަުުުުުަުުުަުުުަުުުުުަުުުަުުުަުުުުުަުުުަުުުަުުޔަހޫދީ ބަޔަކަށް ބައިއެޅޭގޮތަށް ހިޔާނާތޭ ކިޔައިގެން ފައިސާގަނޑެއް ކަޅާކުރާނެ ގޮތެއް ހޯދަން ނޫން ކަމާއިމެދު ޝައްކު. ދިވެހި ރައްޔިތުންނަށް ހެއޮ އެދިގެން ކަލޭ ކަމެއް ނުކުރާނެ، މި ފަަސްއަހަރު ދާނީ ތިޔަހެން. ތިޔަހެން ދެސަރުކާރުހިންގަން ތިބެޭ.

  19
 12. އައްޑޫ މީހާ

  ބަލަ އެކަމަށް ހާއްސަ ކޮމިޝަނެއް އުފައްދާފަ އެމީހުންނަށް މުސާރަވެސް ދީފަ އެވަރުންވެސް ނުވެގެން ކަލޭގެ އައުވާނުން އިނގިރޭސިވިލާތުން ގެނެސް އަދި އެމީހުންނަށްވެސް ފައިސާ ދީގެން ކިހިނެއް ވެގެންތަ ތެޅިބާލަނީ؟ މިގައުމު މިއޮތީ ނުލާހިކު ނާޒުކު ހާލަތެއްގައި ބަލަ ރައްޔިތުންގެ މަޖިލިހުން ރައްޔިތުން ހިމާޔަތްކުރަން މިކަމުން ރައްޔިތުން ސަލާމަތް ކުރަން ކުރެވެންހުރި މަސައްކަތް ކުރަންވީމަ މީނަ މިއުޅެނީ އެހެން ކަމެއްގަ އޑޕ ވެރިކަމަށް އައި ފަހުން ކޮންމެ އަހަރަކު ފާސްކުރާ ބޮޑު ބަޖެޓަށް ވާގޮތެއް ބަލަން ގަރާރެއް ފާސްކޮށްބަލަ ޝައިތާން ސިންގ

  20
 13. ދަރަނި ދަންތުރަ

  ނަސީދުގެ އިސްތިއުފާއަށްފަހު މުޅިގައުމުގައި ހުޅުޖަހާ އަންދާ އަޅިޔަށްހަދާލީ ކިތަށްމިލިޔަން ރުފިޔާތޯ ؟ މިމައްސަލަބަލާ ބަދަލުހޯދާބަލަ މާތާހިރުވާނެ ، އަދި ނަސީދުގެ ވެރިކަމުގައި އައްޑޫސިޓީގައި ދަރުބާރުގެެއް ހަދާށޭ ކިޔާފަ ކިތަށްމިލިޔަން ރުފިޔާ ކާލިންތޯ މި މައްސަލަވެސް ބަލާބަލަ ...

  22
 14. ބޯޖަލީލު

  ޓީ އެމް އޭ އިން ދަމާލި 75 މިލިޔަން ޑޮލަރ ގެ ކަންތަށްވެސް ބަލާލާތި ، ދިވެހި މޭސްތިރި ހުލިވީ ކީއްވެތޯ ވެސް ބަލާލަންވާނެ ، ނަސީދުގެ އިސްތިއުފާދިން ދުވަހު ރިޔާސީގަނޑުވަރުން ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލަ ވެސް ބަލަންވާނެ ...

  25
 15. ދައްޖާލު ކެނަރީ

  ހޯދަން ވީ އިންޑިޔާ އައް ޖީއެމް އާރު ވިއްކާލި ލާރިގަނޑުވެސް ވެއްދި ތަނެއް އިނގޭނެ ކެނެރީ އިބިލީހައް

 16. ޖަމީލުބެ

  ބޭރު މީހަކާ ގުޅިގެން އަލުން އަނެއްކާ ކާލަން... ދޯ

 17. އިބްރާހިމް

  ދިވެހިރާއްޖޭގެ ހަލާކު މީނައަކީ. ރާއްޖޭގައި ހިނގާފަހުރި ބޮޑެތި މަރުތަކުގެ ފަހަތުގައި ހުރިކަމަށް ޝައްކުކުރެވެނީވެސް މީނާގެ މައްޗަށް.

 18. ބަދަލު

  އާހިރުގަ ބަދަލުގެ ގޮތުގަ ހޯދަން އުޅޭ އަދަދެއް ވުރެ ބޮޑު އަދަދެއް ދޭންޖެހޭނެ

 19. އަކުރަމް ކމލ

  ކޮންމެސް ބަހަނާއެއް ދައްކައިގެން ދައުލަތުގެ މާލިއްޔަތުން ބޮޑު ލާރި ގަނޑެއް ކާލަންވެގެން.

 20. މުސްތޯ

  އަނެއްކާ ދޮން މީހަކަށް ލާރިގަޑެއް ދޭން ބޭނުންވީ ދޯ؟ ލާދީނީ އެލެކްސް އަޑީގަ ހުރެގެން ހިންގާ ރާއްޖެ ޓީވީގެ ވާހަކަ މި ދައްކަނީ...ޕަކާސް ބަލަ އެގޔޭ ތި ޑްރާމާ. ތި ފައިސާ އަދީބު ލައްވާ ނެގުވީ އެލެކްސް. ތިފައިސާ ހުރީ އެލެކްސްގެ އެޗްއެސްބީ ޔޫކޭ އެކައުންޓްގަ. ދެން ކީކޭ ކިޔަން ތިއުޅެނީ. ގާނޫނު އަރާ ހަމަކުރާނެ ތިޔަ މުޖްރިމް އެލެކްސްއާ.

 21. ޛިލޭ

  ބަރުލަމާނީ ނުހިގީމަ ލަދުން އޮށްބާލަން ދައްލާ ވާހަކަ