ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާ ދިން މީހުން ހޯދާނެ ކަމަށާއި އެ މީހުންނަށް ދިވެހިންނަށް ބިރު ދައްކައިގެން ފިލައި ނުތިބެވޭނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުުމުގައި މިނިސްޓަރ މާރިޔާ ވަނީ ހަމަލާ ދިން ވަގުތު ރައީސް ނަޝީދުގެ ބޮޑީގާޑުން ކުރެއްވި މަސައްކަތަށް ވަރަށް ތައުރީފް ކުރައްވައިފައެވެ.

އެމަނިކުފާނާއެކު އެ ސަރަހައްދުގައި ތިބި އެމަނިކުފާނުގެ ހަށިފާރަވެރިން ހަރަކާތްތެރިވި ގޮތް އަވަސް ކަމަށާއި، އެ ހަމަލާ ދިން ވަގުތު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެ ސިފައިން ކުރީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތެއް ކަމަށް މާރިޔާ ވިދާޅުވިއެވވެ. އަދި ތަމްރީނުތަކުގައި ދެވިފައިވާ ފިލާވަޅުތަކުގެ ބޭނުން އެ މީހުން ވަރަށް ރަނގަޅަށް ތަންފީޒުކޮށްފައިވާ ކަމަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޭގެ ހަމަލާ ދިން ފަރާތްތަކަށް ފިލައި ނުތިބެވޭނެ ކަމަށާއި އެ ފަރާތްތައް ހޯދަން ސިފައިން ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"އެ މީހުންނާ ދިމާއަށް ޔުނިފޯރމް އެޅި ބޭފުޅުން ވަޑައިގަންނަވާނެއޭ އެ ބޭފުޅުން ތިބި ތަނަކަށް އެ ތިބި ތަނެއް ހޯދައިފަ، ރާއްޖޭގެ މީހުން ބިރުގަންނަވައިގެން ނުގެންދެވޭނެކަން ޔަގީންކުރާށޭ. އަޅުގަނޑަށް މިއަދު އެ ޔަގީންކަން، އެބަ އޮތް" އެކަމަނާ ވިދާޅުވިއެވެ.

މާރިޔާ ވަނީ އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސިއްރު ކުރުމަކީ މީހެއްގެ ފުރާނަ ދުއްވާލަން އުޅުމުގައި ބައިވެރިވުން ކަމަށާއި އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ލަސް ނުކޮށް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މާލޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަށް 38 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ދިޔައިރު މިހާތަނަށް އަދި މީހަކު ހައްޔަރަށް ގެންގޮސްފައެއް ނުވެއެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ރައީސް ނަޝީދާ އެކު ޖުމްލަ ހަ މީހަކު ޒަހަމްވިއެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ރައީސް ނަޝީދަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެމަނިކުފާނު އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ބައިނަލް އަގްވާމީ އެހީތެރިކަން ވެސް ލިބިގެންނެވެ. މި ގޮތުން މި ތަހުގީގުގައި އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިނގިރޭސި ވިލާތުގެ ދެ މާހިރާކު ބައިވެރިވާއިރު، މިއަދުގެ ވަގުތެއްގައި އޮސްޓްރޭލިއާ ފުލުހުންގެ ދެ ފެޑެރަލް އޮފިސަރަކު ރާއްޖެ އައިސް ތަހުގީގުގައި ބައިވެރިވާނެއެވެ. އަދި އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮގުބާ

    ތީކާކު މީހުންނަށް ބިރުދައްކަން

    28
    2
  2. ޢަހްމަދު

    ކަލޭ އާ އިމް ރާން ކަހަލަ މަގާމަށް ނާގާބިލް މީހުން ތިމާމެން ވަ ރު ވާހަކަ ދެއްކިޔާ މާތާހިހރުވާނެ. ތި ދެމީހުންގެ ފަ ރާތުން ރައްޔިތުން އެދެނީ ގަދަބަސް ބުނުމެއްނޫން .އަމަލުން ނަތީޖާ ފެއްނަން.

    6
    1
  3. އަލީ

    ފެއިލް ވެއްޖެ.

    8
    1
  4. އަހްމަދު

    ދިވެހިރާއްޖޭގެ އިސްތިގްލާލާ މިނިވަންކަން ގެއްލޭފަދަ އެއްބަސްވުން ސިއްރުން ހަދާފަ ނުތިބެވޭނެ، ހައްގު އަދަބުދޭނަން- އަހަރެން

    9
    1
  5. އުގުރި

    މީކީ މާތާހިރު މީހެއްނޫ މިހެން ކިޔާކައް

    10
    1
  6. އަޤީލަންބާ

    މި ޤައުމުގެ ހަލާކު. މީނާ ޑިފެންސް މިނިސްޓަރަކަށްލީ ހިސާބުން

    10
    1
  7. ކޮވިޑް

    ދިވެހިން ބިރުގަނޭ ޤުރުވާން ލިޔެފަ އޮތް މި ދިވެހި ރާއްޖޭގެ ޤާނުނަސާ ސީ މައްޗަށް ކޮޅުފައިން އާފަ ހުރި މީހަކު ޑިފެންސް މިނިސްޓަރ އަށް ހުރެ އިންޑިއާ އަށް މި ޤައުމު ވިއްކާލާ ދިވެހިން އަޅުވެތި ކުރުވާތީ . ހަމަލާ ދިން މީހުން ހޯދުމަށް ތާއީދު. އެކަމް ހިތަށް އަރަނީ ކަމަނާތީ ދިވެހި ސިފައިން ފިންދަނަ ތަކަކާ އެއްވަރު ކުރި ކަމަނާނޫންތޯ؟

    6
    1
  8. ފަހުބަސް

    ދިވެހިންގެ ވެރިކަން ދިވެހިން އަށްޓަކައި ކުރާނަމަ ހިތާމަވެރި ކަންކަން ނުހިނގާނެ

    6
    1
  9. ވެރިން

    ފިދަނަ ތަކެއްހެން ދޯ އުޅުނީ

  10. ދިވެހިން

    ނޮވެމްބަރު 3 ގަ ކިހިނެކޯ ހެދީ؟