އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަންގެ ފަރާތުން ގައުމީ ސަލާމަތީ ޚިދުމަތްތަކުގައި އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައިވަނިކޮށް ފޭސްބުކްގައި "އަލީ ޔާސިރު" ނަމަކަށް ކިޔާ މީހަކު ވަނީ ރައީސް ޔާމީނަށް އަމާޒުކޮށް ވެސް އެފަދަ ހަމަލާއެއް ދިނުމަށް ގޮވާލައިފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، މިފަދަ ނުރައްކާތެރި ޢަމަލު ހިންގުމަށް ގޮވާލައި، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި އެފަދަ ފަރާތްތައް މުޖުތަމަޢު ތެރެއަށް ދޫވެފައި ތިބުމަކީ ޤައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވެގެން ހިންގައިދާނެ ކަމެއް ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

އެހެންކަމުން، ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވާލަން ގޮވާލާ ފޭސްބުކް ގައި ލިޔެފައިވާ ފަރާތް ހޯދާ މިހާރުން މިހާރަށް ހައްޔަރުކޮށް މައްސަލަ ބެލުމަށް ގޮވާލައިފައެވެ. އަދި، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްދިނުމަށް ދިވެހި ފުލުހުންނާއި ސަލާމަތީ ޚިދުމަތުގައި އެދިފައިވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ހައްޖުގެ އަޅުކަން އަދާކުރައްވާފައި އެނބުރި މާލެ ވަޑައިގެންނެވުމުން ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވެއެވެ. އޭގެ ތަހުގީގު ފުރިހަމަ ނުވެ ހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ރައީސް ނަޝީދަށް މި ވަނީ މާ ނުރައްކާތެރި ހަމަލާއެއް ދީފައެވެ. ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު، އެ ތަހުގީގު ލަސްވާތީ އާންމުންގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢޫޟާޜޫ

  އަލުން ޖަލައްލާ އެތާ ސެކިއުރިޓީ ވަރުގަދަވާނެ ކޮންމެހެން ނުޖެހޭ ގޭ ގަބަހައްޓާކަށް ގައިދީޔަކު

  3
  24
  • Anonymous

   މަށަށް ފެންނަނީ ނަޝީދުވެސް ލާން. އެއީ ވެސް ދައުރު ހަމަ ނުކޮށް އުޅޭ ގައިދީއެއް. ކޮންމެހެން ނުޖެހޭ ޓައި އަޅުވާފަ މަޖިލިސް ގޭގަ ބައިންދާކަށް.

   5
   1
   • އާދެ

    ދާދި އަވަހަށް އެދުވަސް ފެންނާނެ އިންޝާﷲ.
    މިއޮތީ ރޯދަމަހުގެ ފަހު ދިހައެއް، ދުޢާ ކު ރުން ގިނަކު ރޭ.

 2. މަނީމަނީ

  އެމަނިކުފާނައް އެންމެރައްކާ ގޮތަކީ އަނބުރާ ކުރިންހުންނެވި ތަނައް ބަދަލުކުރުން

  3
  4
 3. ނަޝީދު

  މިސަރުކާރައް ކެރޭނެބާ އޭބަ ހައްޔަރު ކުރަން.. އޭނާ ހައްޔަރު ނުކޮށްފިނަމަ މިސަރުކާރަކީ އެފަދަ ކަންކަމައް ހިތްވަރު ދޭ ސަރުކާރެއް .. އެހެން ކަމުން ނަޝީދައް ހަމަލާ ދިން މީހުން ރައީސް ޔާމިން ވެރިކަމެއްގަ މިނިވަން ކޮށް ދޫކޮށްލަން ގޮވާލަން.. މީ އެމީހުން ބުނާ އިންސާފް...

 4. ހަނި

  ބޮންގޮވަލަންބުނިމިހަހަޔަ ރުކު ރެ އަވަހަށް ކަމެތްގޯސްވުމުގެކު ރިން

  5
  1