ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމުތަކަށް ބޭފުޅުން ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 29 ވަނަ ދުވަހުގައި ބޭއްވުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ނުވަތަ އިންތިޚާބު ފަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ޒޫމް މެދުވެރިކޮށް ބައްދަލު ކުރައްވައި، އެ ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މައްސަލައިގެ ތަހުގީގުގެ ދުވެލި ވަރަށް ހަލުވި ކަމަށެވެ. އެކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި އިންސާފަށް ވާސިލްވެވޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާއެއް ދެވިފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ވެސް ކައިރިވެފައިވާ ދަނޑިވަޅެއްގައި ކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި މިއީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑު ކުރުމުގެ ބަދަލުގައި ޕާޓީގެ ބަދަހިކަން އިސްކުރަން ޖެހޭ ވަގުތު ކަމަށް ޤަބޫލުފުޅު ކުރައްވާތީ ދެވަނަ ގޮތެއް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޕާޓީ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް. އެހެން ކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު ވިސްނައި، އަޅުގަނޑުމެން އެންމެން ބުއްދިވެރި ގޮތެއް ހޯދަން ވާނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅެވެ. އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެއިން ނުކުންނަވައިގެން މަޖީދީމަގުގައި ޕާކްކޮށްފައިވާ އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން އުޅުއްވަނިކޮށް ދިން ބޮމުގެ ހަމަލާގައި ނަޝީދަށް ސީރިއަސް އަނިޔާތަކެއްވިއެވެ. ނަޝީދާއެކު، އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ދިވެއްސަކާއި އިނގިރޭސި ވިލާތުގެ މީހަކަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.
އެންމެ ބޮޑު އަނިޔާއެއްވީ ރައީސް ނަޝީދަށެވެ. ބޮން ގޮއްވާލި ވަގުތުގައި ރައީސް ނަޝީދު ހުންނެވީ އެ ބޮން ހަރުކޮށްފައިވާ ސައިކަލުގެ ވެސް އެންމެ ކައިރީގައެވެ. ރައީސް ނަޝީދުގެ ހަތަރު އޮޕަރޭޝަނެއް އޭޑީކޭއިން ކުރިއެވެ. މިހާރު އެމަނިކުފާނުގެ އޮޕަރޭޝަންތައް ނިންމާލައި، ކުރިއަށް ދަނީ ޒަޚަމްތައް ފަސޭހަވުމުގެ މަރުހަލާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ވެސް ބުނެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ލަސް ކުރުމަށް ރައީސް އެދިވަޑައިގެން އިރު އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފައެވެ. އަދި އެކި ފަރާތްތަކުން ގެންދަނީ ކެމްޕޭން ވެސް ކުރަމުންނެވެ. އަދި ރައީސް ނަޝީދު ވަނީ އޭގެ ތެރެއިން ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައިފައެވެ. އަދި ޚިޔާނާތާ ދުރު ބަޔަކު އިންތިޚާބު ކޮށްދޭން އެމްޑީޕީގެ އާންމު މެންބަރުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވެސް ވެއެވެ.
ބުރޯމެން އެމީހުންގެ މީހުން ހޮވަންވެގެން ހުރިހާ ކުންފުނިތަކުގެ މީހުންލައްވާ ހާދަ ކެންޕޭނެއް އެބަކުރުވައޭ، މިހެން އުޅެނިކޮއް އިންތިހާބު ހުއްޓާލާފިއްޔާ ކަމަކުނުދާނެ.
އެހެން ތި ލަސްކޮށްފިއްޔާ ފައްޔާޒު ބުރޯ މެންނަށް މިލިޔަނުން ގެއްލުންވާނެ.. ހިލާ ތިކަން ވިޔަކު ނުދޭނެ.. ނަޝީދު ޑީއެކްޓިވޭޓު ވެފަ އޮއްވާ ތިކަން އަވަހަށް ނިންމާލަނަ އެމީހުން ބޭނުންވާނީވެސް..
ނޫނޭ އެއްގޮތަކައްވެސް ލަސްކޮއްގެން ނުވާނެ، ޖާނާ މާލު ގުރުބާންކޮއްގެން ވެސް ތިޔަކަން ވާނެ ކުރަން
ނޫނޭ އެޖެހޭނެ ކޮންމެހެންވެސް ބާއްވަން، ވަރިހަމަ ކޮވިޑްވިއަސް
ތިޔާ ކަޑަ
އެހެން ނަހަދާ، ޤައުމު ހުޅުވާފަ ތިކަން އަވަސްކުރޭ ރައްޔިތުންނަށް ބަލާނެ ކަމެއްނެއް،