ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ގައުމެއްގެ ހަނގުރާމަމަތީ އުޅަނދެއް ހަރަކާތްތެރި ނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު ރާއްޖޭގެ ދިފާއީ ބާރުން ދަނީބަލަހައްޓަމުން ކަމަށެވެ.

"ރާއްްޖޭގެ ކަނޑުގެ ސަަރަހައްދުގައި ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރި ނުވާކަން ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ސިޔާސީ ހަލަބޮލިކަާއްްން އުފެދިފައިވާ ދުވަސްވަރެއްގައި ގައުމީ ސަލާމަތަށް ނުރައްކާވެ، ރާއްާޖޭގެ މިނިވަން ކަމަށް ބުރޫ އަރާފަދަ ވާހަކަތައް ނުދެއްކުމަށާއި، ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބާރެއް ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ލިބޭފަދަ ގޮތަކަށް މުއާމަލާތް ނުކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިވަޑައިގެންފައެވެ.

އެމްއެންޑީއެފްއިން މިހެން ވިދާޅުވެފައިވާއިރު ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނީ ޗައިނާގެ މަސްލަހަތު ހިމާޔަތް ކުރަން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެގައުމުގެ ހަނގުރާމަމަތީ މަނަވަރެއް ފޮނުވާފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ރާްއްޖެ ސަރަހައްދުގަ ބޭރުގެ މަސްބޯޓެއް އުޅޭކަންވެސް ނޭގޭ ބައެއް ތީ އަދި އެހެން އެއްޗެއް އުޅޭކަން އެނގޭނެތަ

  2. ލިއޯން

    މިޒަމާނުގައިވެސް މަނަވަރެއް އޮތްކަމަށް ވާނީ ދޮށިގަނޑުގެ ދޮށަށް އައިސް ބަނީމަތަ؟

  3. ފާއިޒް

    އަހަރެމެން ތިކަމަށް ހަމަ ސާބަސް ދެން ތިގޮތަށްވެސް އިންޑިޔާގެ އުނދަގުލުން ސަލާމަތްވާން ވެއްޖެ އަދި ކެނެރީގޭ ފަރަންޖީ ކަލޭގެ ހިފާ ހައްޔަރުކޮށް ހަވަރަށްދޭން ގޮވާލަން.