އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އެ މަގާމުން އިސްތިފާ ދެއްވީ ދާދި ދެންމެޔަކު އެވެ.
ޒިޔަތު އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ މިދެއްވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެތައް ބަޔަކަށް ބަހާލިއިރު އޭގެތެރެއިން ފައިސާ ޒިޔަތަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތުކުރުމުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ޒިޔަތަށް ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުން އާއްމުކުރި ލިސްޓެއްގައި އޮތުމުން ޒިޔަތު ވިދާޅުވެފައި ވަނީ އޭނާ އަށް ލިބުނު ފައިސާއަކީ 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި އޭނާ ވާދަކުރިއިރު ކެމްޕޭނަށް ލިބުނު ފައިސާ ކަމަށެވެ. އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން އޭރު އެނގިވަޑައިނުގަންނަވާ ކަމަށް ޒިޔަތު މިއަދު ވިދާޅުވިއެވެ.
ޒިޔަތު އޮޑިޓަރ ޖެނެރަލްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވިއިރު އޭނާގެ މަގާމުގެ މުއްދަތު މިއަހަރު ނޮވެމްބަރ މަހަށް ހަމަވާނެއެވެ. އެހެންކަމުން މަގާމުގައި ދެމިހުންނެވި ނަމަވެސް ބާކީ ދެން އޮތީ ކުރު މުއްދަތެކެވެ.
އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ފޮނުވާ ސިޓީއަކުންނެވެ. ޒިޔަތު މަގާމުން އިސްތިއުފާ ދެއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ވިދާޅުވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން، އެމްއެމްޕީއާރސީގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖްލިހަށް ހިއްސާކޮފައިވާ އެމްއެމްޕީއާރސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހުން ހިމެނޭ ލިސްޓްގައި އޭނާގެ ނަން ހިމަނާފައި އޮތުމުން މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ.
އެލިސްޓްގައި ނަން އޮތުމުން ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށާއި ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދިނީކަމަށް ޒިޔަތު ވިދާޅުވިއެވެ.
ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި، އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާކަމަށް ވެސް ޒިޔަތުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ޒިޔަތު ފިޔަވައި އިތުރު އެހެން އެއްވެސް ބޭފުޅަކު އަދި މިހާތަނަށް ލިސްޓްގައި ނަން އޮވެގެން މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.
ދެން އެ މަޤާމަށްލާ މައްކޫ އޮޑިޓަ ރެކޭ ކިޔާ ސޮ ރު..ހަހަ
ފަޅާ އެރީމަ އިސްތިއުފާ ދިނަކަސް އެކަން ނުކުރާ ކަމަކަށް ވީއެއް ނޫން އިނގޭ ތިހެން ނުފިލޭނެw
ކޮންމެއަކަސް ތިޔަ ނިންމުމަކީ ވަރަށް ރަގަޅު ނިންމުމެއް، ދެން ތިއްބެވި ފަރާތްތަކުންވެސް މި ގޮތަށް ޢަމަލު ކުރެއްވުން ރަގަޅުވާނެ
ކޭ ފައިސާ ގަނޑޯ؟ ދައުލަތަށް ރައްދު ކޮށްދޭން ޖެހޭނެ
ޒިޔަތަށް ސެލިއުޓްކުރަން! ޒިޔަތައް ނުވިސްނުނީ ޕީޕީއެމް އިން ގެންގުޅެނީ ވަގު ފައިސާކަން!
ތިޔަ ދެއްކެވީ ވަރަށް ރީތި ނަމޫނާއެއް. ފައިސާއަކީ ކޮން ފައިސާއެއްކަން ނޭނގިވިޔަސް ފައިސާ ލިބުނު ކަމަށް އެއްބަސްވެއްޖެ. އަދި މިފަދަ ތުހުމަތެއް ކުރެވޭތީ ވަގުތުން އިސްތިއުފާ ދެއްވައިފި. ޒިޔަތާއި މެދު އަހަރެންގެ ހިތުގައިވާ ގަދަރު ވަރަށް ބޮޑަށް އިތުރުވެއްޖެ.
ދެން މިތިބީ މަގާމާއިގެން ބޫތުކައިފައި ތިބި ބައެއް. ސޯޓު ބޭލުނީމަވެސް ހެވިލާފަ ނެރެގެން މަގުމަތީ ދުވާނެހާ ލަދުހަޔާތް ކުޑަ ބައެއް.
ންމޫނާ ދައްކައިފި
ކާކުބުނީ އޮޑިޓާޖަނަރަލް އިސްތިއު ފާގެ ސިޓީ ފޮނުވަންޖެހެނީ މަޖިލީހުގެ ރައީސަށޭ. ގާނޫނާ އެއްޗެހި ބަލައިލާ ފަ އެއްޗެހި ލިޔުއްވާނަމަދޯ!
މި ވަރަށް ރީތި މިސާލެއް މިދެއްކެވީ އޯޑިޓަރ ޖެނެރަލް. އެހެން ކުދިންވެސް މިމަގުން ހިންގެވުން ރަނގަޅު ގޮތަކީ. 37 މިލިޔަނާ ހަވާލުވި ފަރާތުންވެސް ޒިޔަތުގެ ނަމޫނާގަ ހިތްޕަވާ. އެއީ އެންމެ ރަނގަޅު ގޮތަކީ.
ކޮބާހޭ އަކުރަމް. ލާރި ގަނޑާއެކު ފިލާ ނޯވެ އިސްތިއުފާދީ
ޒިއަތަށް މަރުޙަބާ ދަންނަވަމެވެ. ނަޒާހަތްތެރިކަމާއި އިތުބާރާ
މެދު ސުވާލު އު ފެދި ފައިވާ ދަނޑިވަޅެއްގައި މަގާމު ދި ފާއު
ކުރެއްވުމުގެ ބަދަލުގައި އިސްތިއުފ ފާ ދެއްވީ ތީއެވެ.
ތީހަމަ ގަދަ ރެކޭ ސޮރެއް.
އިލްޒާމަށް ބޯލެނބުމަކީ، އަދި ޙަޤީޤަތް ޤަބޫލުކުރުމަކީ، މަދުފަހަރަކު މަދުބައެއްގެ ފަރާތުން ފެންނަކަމެކެވެ. އެހެނީ، ޢަދުލު އިންޞާފުގެ މައިގަނޑު އަސާސަކީ، ޙައްޤާއި ބާޠިލެވެ. ޢަދުލު އިންޞާފުގެ އަސާސްތަކަށް ޤާނޫނު ދަންނަ މީހުންނެކޭ އެއްފަދައިން ޤާނޫނު ނުދަންނަ މީހުންވެސް އޮޅުންއަރުވައި އިންކާރު ކުރެއެވެ. މިބާވަތުގެ ކަންކަން ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ހިނގައެވެ. ދައުލަތުގެ މުޢައްސަސާތަކާއި މުސްތަޤިއްލު އިދާރާތަކުގައިވެސް މިކަންކަމަކީ، މަދުންނަމަވެސް ހިނގަމުންދާ ކަންކަމެވެ. މީގެ 30 އަހަރުކުރިން ތަޙްޤީޤުޓީމު ރަށްރަށަށް އަރައި ކޮށްއުޅުނުކަމަކީ، ކަތީބުންގެ މައްޗަށް ތުހުމަތުކޮށް ޢާންމުފަރާތްތަކުން ފޮނުވާ ސިޓީތަކަށް މައްސަލަބެލުމެވެ. މިގޮތުން ބަލާފައިވާ ބައެއް މައްސަލަތަކަށް އެޑްރެސްކޮށް ބުނެވޭނީ، ކަތީބުގެ ދޯނީގެ ފެހަކެހުމުގައި ބްލީޗިންގ ޕައުޑަރު ބޭނުންކޮށްފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާއި، އެގްޒެކެޓިވް ޗެއަރއެއް ރަށުއޮފީހަށް ގަތުމުގައި އެންމެ ތަނަކުން އެސްޓިމޭޓް ހޯދާފައިވާ މައްސަލައަކާއި މިސްކިތުގެ ގޯތި ތެރޭގައި ކަތިކައްޗަށް ގަސްއިންދާފައިވާ މައްސަލައެއް ބަލާފައިވާކަން ފާހަގަކުރަމެވެ. މިގޮތުން މިސްކިތުގެ ގޯތި ތެރޭގައި ގަސްއިންދައި ހައްދާފައިވާ މައްސަލައަކީ، ތ.އަތޮޅުގެ ރަށެއްގައި ބަލާފައިވާ މައްސަލައެކެވެ. އެގްޒެކެޓިވް ޗެއަރގެ މައްސަލައަކީ، ހއ. އަތޮޅުގެ ރަށެއްގައި ބަލާފައިވާ މައްސަލައެކެވެ. ބްލީޗިންގ ޕައުޑަރުގެ މައްސަލައަކީ، ގއ.އަތޮޅުގައި ބަލާފައިވާ މައްސަލައެކެވެ. މިމައްސަލަތަކުގައި ތަޙްޤީޤް ޓީމަށް ޚަރަދުވެފައިވަނީ، ކިހާވަރެއްކަމެއް ނޭނގުނަސް ދައުލަތުގެ ރެވެނިއު އަށް ލިބިފައިވާ އުނިކަމަކީ، ނިޞްބަތުން ވަރަށްކުޑަކުޑަ ޢަދަދެކެވެ.
ސާބަސް ޒިޔަތު.އެހެން މީހުންވެސް ޒިޔަތު އުޅޭހެން އުޅެބަލަ.
ސާބަސް 👏👍
ގަދަ ގޮލައެއްތީ، ތިހެން މަގާމުން އިސްތިއުފާ ދީފަ ފިލަން ނޫޅޭތި، ސަރުކާރުގެ އިދާރާތަކަށް ގޮވާލަން އޭނަގެ ޕާސްޕޯޓް ހިފަހައްޓަން، އަދި އެނައަށް ފާރަވެރިވާން.
ވަގުންގެ ސަރުކާރެއްގަ އޮޑިޓް ރިޕޯޓް ނެރޭނީ ކިހިނެހް
ގަޓުހުރިމީހުންފެނޭތަ؟