އެކައުންޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް އިން ކުރިޔަށް ގެންދާ އައިއެފްއާރްއެސް، އައިއެސްއޭ ފޯރަމް 2022 ފަށައިފިއެވެ.

އައިއެފްއާރްއެސް، އައިއެސްއޭ ފޯރަމް ފައްޓަވައިދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީއެވެ.

އައިއެފްއާރްއެސް، އައިއެސްއޭ ފޯރަމް އަކީ އެކައުންޓިން ދާއިރާގެ އާ ސްޓެންޑަޑްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ފޯރަމެކެވެ.

ފޯރަމް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވަނީ ފޯރަމްގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާތީ އެކަން ފާހަގަކޮށް، ދާއިރާއާއި މެދު މީހުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި، އެކައުންޓިން ދާއިރާގެ މުހިއްމުކަމާއި ފޯރަމްގެ މުހިއްމު ކަމާއި ގުޅޭ ގޮތުން އޭނާގެ ވާހަކައިގާ ވަނީ އަލި އަޅުއްވާލައްވާފައެވެ.

މިއަދު ހެނދުނު ފެށި މި ފޯރަމް މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.