ހުސްވެފައިވާ އެސިސްޓެންޑް އޮޑިޓް އޮފީހުގެ އެސިސްޓެންޓް އޮޑިޓަރު ޖެނެރަލްގެ މަގާމަށް އިބްރާހިމް ފަޒީލު އައްޔަނުކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފަޒީލްއަކީ އޮޑިޓް ދާއިރާގަައި 15 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެގޮތުން އެ ބޭފުޅާ ވަނީ ކުރިން އޮޑިޓް އޮފީހުގެ އިސް މަގާމުތައް ވެސް ފުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ އޮޑިޓް އޮފީހުގެ ފައިނޭންޝިއަލް އެންޑް ކޮމްޕްލަޔަންސް އޮޑިޓްގެ ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އޭނާ މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގައި ތިން އަހަރު ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ފަޒީލްއަކީ ޗާޓާޑް އިންސްޓްޓިއުޓް މެނޭޖްމަންޓް އެކައުންޓް (ސީމާ)ގެ މެމްބަރެއް ވެސް މެއެވެ.

ފަޒީލް ވަނީ އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީން ކޮމާސްއިން ބެޗެލާޒް ޑިގްރީ ހާސިލުކުރައްވައި އަދި އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީން އޮޑިޓް މެނޭޖްމަންޓް އެންޑް ކޮންސަލްޓެންސީއިން މާސްޓާސް ޑިޣްރީ ހާސިލުކުރައްވައިފަ އެވެ.

އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން ރިޓަޔާ ކުރެއްވުމާ ގުޅިގެން ނެވެ.