އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން ވެސް ތަމްރީނަށް އިންޑިއާއަށް ފުރަން ތައްޔާރުވެއްޖެއެވެ.

އޭޖީ އޮފީހުގެ މުވައްޒަފުން ވެސް ތަމްރީނަށް އިންޑިއާ އަށް ފުރަން އުޅޭ އިރު، މީގެ ކުރިންވެސް ސަރުކާރުގެ ބައެއް މުއައްސާތަކުގެ މުވައްޒަފުން ވަނީ ތަމްރީން ހެދުމަށް އިންޑިއާއަށް ގޮސްފައެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލިސް އިދާރާ އާއި، ކަސްޓަމްސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންވެސް ހިމެނެއެވެ.

"ޓްރެއިނިންގ އެންޑް ނޮލެޖް ޝެއަރިންގ އެކްސްޗޭންޗް" ޕްރޮގްރާމްގެ ދަށުން އޮޑިޓް އޮފީހުގެ 10 މުވައްޒަފުންގެ ޓީމެއް ވަނީ އިންޑިއާއަށް ދާނެއެވެ. މިއީ މިފަދަ ޓްރެއިނިންގް ޕްރޮގްރާމަކަށް އެ އޮފީހުގެ މުވައްޒަފުން އިންޑިއާއަށް ދާ ފުރަތަމަ ބެޗުކަން ފާހަގަކޮށްލެވެއެވެ.

މި ޓްރެއިނިން ސެޝަންތައް ކުރިއަށްދާނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ކޮމްޓްރޯލަރ އެންޑް އޮޑިޓަރ ޖެނެރަލް އޮފް އިންޑިއާ (ސީއޭޖީ)ގެ ޓްރޭނިން ސެންޓަރު (އައިސީއައިއެސްއޭ)ގައެވެ.

މި ޕްރޮގްރާމަކީ މިދިޔަ އަހަރު އޮޑިޓަރ ޖެނެރަލް އޮފީހާއި އިންޑިއާގެ ސީއޭޖީއާއި އެކު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓްރޭނިންގައި ޕާފޯމެންސް އޮޑިޓް، ކޮމްޕްލިއަންސް އޮޑިޓް، ފައިނޭންޝަލް އޮޑިޓް އެންޑް އޮޑިޓް އޮން ސްޓޭޓް އޯންޑް އެންޓަޕްްރައިޒެސް، އޮޑިޓް އިމްޕްލިމެންޓޭޝަން، ޑޭޓާ އެނަލީސްޓިކް އެންޑް ކޮމްޕިއުޓަރ އެއިޑެޑް އޮޑިޓް ޓެކްނީކް، އެޕްލިކޭޝަން އޮފް ސްޓެޓިސްޓިކަލް ކޮންސެޕްޓްސް އިން ޑޭޓާ އެނަލިސްޓިކްސް، އޮޑިޓް އޮފް ފްރޯޑް އަދި ކޮރަޕްޝަން ފަދަ ދާއިރާތަކުން މައުލޫމާތު ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑައެލޯގް

    މާތްކަލާކޯއެވެ. މުޅިގައުމު އިންޑިޔާއަށްގެންގޮސްގެން ދޮވެލާނިމުނީއެވެ. ގައުމެއްނެތެވެ. ޗާގޯސް މޮރިޝަސްއަށް މިލްކުކޮށްދޭނެއެވެ. މިހާރު ރާއްޖޭގެ އެންމެންގެ ސިކުނޑި އިންޑިޔާއަށް ގެންގޮސްގެން ދޮވެނަގަނީއެވެ.

  2. އަލީ

    މި އޮތީ ބލ ވެރިކަމަކާ ލައިގެންފަ. ކަލޭމެން ކޮން ޓްރެއިނިންނގް އެއް ދުނިޔޭގަ އޮތް އެންމެ ކޮރަޕްޓް ތަނުން ހަދާކަށް. ކަލޭމެން ތިތަނަށް ހޮވުނީ ނުކިޔަވާ ހަޅޭއްލަވައިގެންތަ އިތުރަށް ކޮރަޕްޓްތަން ތަނުން ޓްރެއިނިންގ ހަދަން؟

    4
    1
  3. ޙަނދުކޭތަ

    ދައުލަތުގެ ހުރިހާ މުވައްޒަފުންވެސް މީހުނާ ދެވަން އިންޑިޔާއައް ފޮނުވަބަލަ ކޮންފަދަ މުސީބާތެއް

    1
    1
  4. ައާދަމް ޒާހިރު

    ތަމްރީނުގެ ނަމުގައި އިންޑިއާއަށް ގެންދާނެ މަޤާމުތަކެއް ކަނޑައެޅުނު 2019 ގައި އިންޑިއާ އަޑީގައި އޮވެ އެހީއާއި ލޯނުގެ ދަޅަ ދައްކައިގެން.
    މި ގެންދާ މީހުނަށް ދޭ މަޢުލޫމާތުތަކަކީ: ރާއްޖެއަކީ އަމިއްލަ ބާރެއް ނެތްބައެއްކަމުގެ ފިކުރު، އިންޑިއާ ނޫނީ ހެއު އެދޭ ބައެއް ނެތްކަން ގެ ފިކުރު، އިންޑިއާގެ ބައެއްކަން ގައި ދިވެހިން ތިބިކަމުގެ ފިކުރު، ކަންކަން އުފެއްދުމުގެ ޚަރަދު ނުކޮށް އިންޑިއާގެ އުފެއްދުމަށް ބަރޯސާވުމުގެ ވިސްނުން.
    އެ ތަންތަނަށް އެ ތަމްރީނަށް ދިޔަ މީހުން ބުނަނީ މިހެން. މިއީ ފިކުރީ ހަނގުތާމައެއް. ޤައުމު ހިފައިފި.

    1
    1
  5. ޏަމް

    އިންޑިއާ ސަރުކާރު ދިވެހިރާއްޖެއިން އިސްތިއުފާ މިގައުމުގަ އިންޑިއާސަރުކާރަށް ޖާގައެއްނެތް އެދުވަސްވަނީ ދާދިކައިރީގަ ވަﷲ އައުލަމް.