23:54

ޣައްޒާއަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުން ދާތީ އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 200 ވަރަކަށް މީހުން ގެތަކުން ނިކުމެގެން ގޮސް ޣައްޒާގައި ހުންނަ އދ.ގެ ސްކޫލަކުން ހިމާޔަތް ހޯދަމުން އެބަގެންދޭ.

23:51

އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން ހަމަލާތައް ދޭން ފަށައިފި. ނަމަވެސް ހަމަލާތައް ދެނީ އިސްރާއީލް ސިފައިން އިސްރާއީލްގެ ބޯޑަރުން އެތެރޭގައި ތިބެ. ޣައްޒާގެ އެތެރެއަށް ސިފައިން ނުވަދެ ކަމަށް ރިޕޯޓްތައް ބުނޭ.

23:49

ލުބުނާނުން އިސްރާއީލަށް ތިން ރޮކެޓް ފޮނުވާލައިފި.

23:29

ޣައްޒާގެ އުތުރުގައި ހުންނަ ބައިތު ހަނޫންގެ ހޮސްޕިޓަލަށް އިސްރާއީލުން ބޮމުގެ ހަމަލާތައް ދެމުން އެބަގެންދޭ.

23:28

ޣައްޒާގެ ފިރިހެނަކާއި، އޭނާގެ މާބަނޑު އަނބިމީހާ އާއި ހަތަރު ދަރިން ޝަހީދުކޮށްލައިފި.

22:33

އިސްރާއީލްގެ ބޮމުގެ ހަމަލާއަކުން ޣައްޒާގެ ދެކުއްޖަކު ހަނިގޮތަކަށް ސަލާމަތްވެއްޖެ

22:15

ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް އިސްރާއީލްގެ 9000 ސިފައިން އިސްރާއީލާއި ޣައްޒާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާކޮށްފި.

22:14

ހޯމަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާ އިން އިސްރާއީލަށް 1700 ރޮކެޓް ފޮނުވާލާފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި.

20:38

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 87 އަށް އަރައިފި. އޭގެ ތެރޭގައި 18 ކުޑަކުދިންނާއި، އަށް އަންހެނުން ހިމެނޭ.

20:12

އިސްރާއީލަށް އިތުރު ރޮކެޓް ހަމަލާތައް ހަމާސް ޖަމާއަތުން ފޮނުވައިފި.

އިސްރާއީލުގެ މީހުން ގިނަ ސަރައްދަކަށް މި ރޮކެޓް ހަމަލާ ދޮނުވާފައިވާއިރު، މިހާތަނަށް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓް ކޮށްފައެއް ނުވޭ

20:12

އިސްރާއީލުން އަންނަނީ ވައިގެ މަގުން ދެމުން އަންނަ ހަމަލާ ހުއްޓާލައި އެއްގަމު މަގުން ޢައްޒާއަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން.

އެގޮތުން ގިނަ އަދަދެއްގެ އަސްކަރީ ސިފައިންނާއި ޓޭންކަރުތައް ވަނީ ޢައްޒާގެ ބޯޑަރަށް ފޮނުވާފައި. އިސްރާއީލުން ޢައްޒާގެ ބޯޑަރަށް ފޮނުވާފައިވާ އުޅަނދާއި ސިފައިންގެ އަދަދު 7،000 އަށް އަރާ ކަމަށް ރިޕޯޓްތަކުން ބުނޭ

20:04

އިސްރާއީލުގެ ލަވަކިޔުންތެރިއެއް ކަމަށްވާ ޔިޝައި ލެވި ވަނީ އެގައުމުގެ އަސްކަރިއްޔާއިން ޢައްޒާ ބިމާއި ހަމަ ކޮށްލުމަށް ގޮވާލާފައި.

އެގޮތުން އެގައުމުގެ މީޑިއާއަކަށް މައުލޫމަތު ދެމުން އޭނާ ބުނީ ހަމާސް އެއްކޮށް ބިމާއި ހަމަވަން ދެކަށް ހަމަލާތައް ހުއްޓާލައިގެން ނުވާނެ ކަމަށް.

20:02

އިސްރާއީލުން ޢައްޒާއަށް ދެމުން އަންނަ ހަމަލާ ވަގުތުން ވަގުތަށް ހުއްޓާލުމަށް މިސްރު އަދި ރަޝިއާއިން ގޮވާލައިފި.

މިސްރުގެ ފޮރިން މިނިސްޓަރ ސަމީހް ޝޫކްރީ އާއި ރަޝިއަން ކައުންޓަރ ޕާޓް ސާޖީ ލަވްރޮވް ވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާ ހުއްޓާލުމަށް ގޮވާލާފައި

19:07

އިސްރާއީލުން ދިން ހަަމަލާގައި އަލް-ބުރާއިޖްގެ ގެއިން މިހާތަނަށް ފަސް މީހަކު ޝަހީދުވެއްޖެ.

19:05

އިސްރާއީލުން ދިން އެ ހަަމަލާގައި ހަތަރު މީހަކު ޝަހީދުވެއްޖެކަން ކަށަވަރުވެއްޖެ.އޭގެ ތެރޭގައި އަންހެނަކު ހިމެނޭ/

19:03

ޣައްޒާ

19:02

ޣައްޒާއިން ބުނީ، އެއީ އިންޒާރު ލިބުމެއް ނެތި އައި މިސައިލު ހަމަލާއެއް ކަމަށް.

19:02

ޣައްޒާގެ އަލް-ބުރައިޖްގެ ކުރީގެ މޭޔަރުގެ ގެއަށް އިސްރާއީލުން ދިން ހަަމާލާއެެއްްގައި އަންހެނަކާއި، އޭނާގެ ދަރިން ޝަހީދުކޮށްލައިފި. ފަހުގެ މައުލޫމާތުތައް ބުނާގޮތުގައި، ޝަހީދުވެފައި ވަނީ ތިން މީހުން. ބައެއް ކުދިން ވަނީ ވެެއްޓުނު އިމާރާތުގެ ދަށުގައި.

18:05

އިސްރާއިލްގެ ބެން ގުރިއޮން އެއާޕޯޓަށް ހަމާސް އިން ހަމަލާދީފި. މިހާރު އިސްރާއީލްގެ ހުރިހާ އެއާޕޯޓެއް ވަނީ ބަންދުކޮށްފައި.

18:01

ހަމާސްގެ ރޮކެޓެއް އިސްރާއީލްގެ އެއިލަޓް ކައިރީގައި ހުންނަ ދެވަނަ އިންޓަނޭޝަނަލް އެއާޕޯޓް ރެމަންއަށް އަމާޒުކޮށްފި. އެ ރޮކެޓް ވެއްޓިފައި ވަނީ އެލިއޮޓް ސަރަހައްދަށް. މީގެ ކުރިން ހަމާސް އިން ވަނީ ރޮކެޓެއް ގުރިއޮން އެއާޕޯޓަށް އަމާޒުކޮށްފައި.

17:33

އިތުރު ރޮކެޓް އެލާމްތަކުގެ އަޑު އަޝްޑޮޑް އާއި ބީރްޝެބާގައި ގަދަވެއްޖެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެއީ 50 ވަރަކަށް ރޮކެޓް. އެ ރޮކެޓްތައް އޮބްޒާވް ކުރަމުންދާއިރު، އެއް ރޮކެޓް ބަޓް ޔަމްއަށް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނޭ.

17:31

ރޮކެޓް ހަމަލާތައް އަންނަ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން އަޅާ އެލާމް ސްޑެރޮޓް އާއި ޝާރް ހަނެގެވްގައި ގަދަވެއްޖެކަމަށް ރިޕޯޓްތައް ބުނޭ.

17:30

އިސްރާއީލްގެ ޓެލް އަވިވް ސިޓީ އާއި އަދި ބައެއް އެހެނިހެން ސިޓީތަކަށް ރޮކެޓް ހަމަލާތަކެއް އަމާޒުވަމުންދާކަމުގެ ސައިރެންތައް އަޅަން ފަށައިފި، ސައިރެންގެ އަޑުތައް ބީރްޝެބާއަށް އަށް އަޑުއިވެމުންދާ ކަމަށް ރިޕޯޓްތައް ބުނޭ.

17:28

ހަމާސްގެ އަސްކަރިއްޔާގެ ސްޕޯކްސްޕާސަން އަލް-ޤައްސާމް ވަނީ މިހާރު ހިނގަމުން އަންނަ ހަމަނުޖެހުމުގައި ހުޅަނގު ޕަލަސްތީނުގެ ރައްޔިތުން ބައިވެރިވާން އެދިފައި.

17:25

އިސްރާއިލުގެ ކޮންމެ ދިމާލަކަށް ހަމަލާ ދެވޭ ވަރުގެ ވަރުގަދަ ރޮކެޓެއް ހަމާސްއިން އުފައްދައިފި.

15:50

ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ

15:43

ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ
ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް - ފޮޓޯ: އިސްރާއީލް މީޑިއާ

14:08

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލާނީ ޣައްޒާގެ ރައްޔިތުން އެކީ ނެތިގެން ދިޔުމުން ކަމަށް އިސްރާއީލުން ބުނެފި

13:43

13:06

ހަމާސްގެ އިސް ކޮމާންޑަރެއް ޝަހީދު ވެއްޖެ.

12:36

މަޝްހޫރު ގިނަ ފަންނާނުންތަކެއް ފަލަސްތީނުގެ ދިފާއުގައި ނިކުމެއްޖެ.

10:52

އިސްރާއީލުން ޝަހީދުކޮށްލި ނަރުހެއް ކަމަށްވާ ރަޒާންގެ ގެއަށް ބޮން އަޅައިފި.

10:18

ޣައްޒާއަށް އެއްގަމު މަގުން ހަމަލާދޭން އިސްރާއީލުން ތައްޔާރުވާން ފަށައިފި.

09:55

09:32

08:55

ދުމުގެ އަސަރުކޮށްގެން އިސްރާއީލްގެ 59 މީހަކަށް ފަރުވާދޭން ޖެހިއްޖެ.

08:38

ފަލަސްތީންގައި ވެސް މިއަދު ދަނީ ފިތުރު ޢީދު ފާހަގަކުރަމުން. ފަލަސްތީންގެ މިސްކިތްތަކަށް އެތައް ހާސް ބަޔަކު ވަނީ ޢީދު ނަމާދު ކުރަން ޖަމާވެފައި.

ގުދުސްގައި އެތައް ހާސް ބަޔަކު އީދު ނަމާދުކުރަނީ
ގުދުސްގައި އެތައް ހާސް ބަޔަކު އީދު ނަމާދުކުރަނީ

08:22

އިސްރާއީލްގެ ގިނަ ސަރަހައްދުތަކަށް މިހާރު ވެސް އަންނަނީ ރޮކެޓް ހަމަލާތައް އަމާޒުވަމުން. ވަރަށް ގިނަ ސަރަހައްދުތަކުގައި ދަނީ ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން އިންޒާރުގެ ސައިރަން އަޅަމުން.

08:15

އިސްރާއީލްގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް މިއަދު ވަނީ ރޭލް ދަތުރުތައް ހުއްޓާލާފައި. ރޭޕް ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލީ ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކެއް އަމާޒުވެ، ރޭލް މަގުތަކަށް ގެއްލުން ލިބިފައިވުމުން.އިސްރާއީލަށް މުޅި ދުނިޔެއަށް ބެލި ނަމަވެސް އަސްކަރީ ގޮތުން އެންމެ ވަރުގަދަ އެއްގައުމެވެ. އިސްރާއީލްގެ އަސްކަރީ ގާބިލްކަމަށް ބަލާއިރު ފަލަސްތީނުގެ ޣައްޒާގައި ތިބި މުޖާހިދުންނަކީ އަސްކަރީ ގޮތުން ބަލިކަށި، އެކަށީގެންވާ ހަތިޔާރެއް، އަދި ތަމްރީނެއް ވެސް ނެތް ބައެކެވެ. ނަމަވެސް ފާއިތުވި ހަތަރު ދުވަހު ވެސް ޣައްޒާގެ މުޖާހިދުން ސާބިތުކޮށްދެމުން ގެންދިޔައީ އެމީހުން ބަލިކުރުން އެއީ އިސްރާއީލަށް ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 65 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 16 ކުޑަކުދިން ވެސް ހިމެނެއެވެ. އިސްރާއީލަށް ޣައްޒާ އިން ވެސް ދަނީ ރޮކެޓް ހަމަލާތައް ދެމުންނެވެ. ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ހަތް މީހަކު ވަނީ މަރުވެފައެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތާއި އިސްލާމިކް ޖިހާދުން ތަކުރާރުކޮށް ބުނަމުން އަންނަނީ އިސްރާއީލަށް ހަމަލާ ދިނުމުގައި ފަހަތައް ނުޖެހޭނެ ކަމަށެވެ.

ބައެއް މަސްދަރުތައް ބުނާ ގޮތުގައި އިސްރާއީލަށް ޣައްޒާއިން ދެމުންގެންދާ ހަމަލާތައް ވަރުގަދަކަމުން އިސްރާއީލްގެ ސަރުކާރަށް ވެސް ވަނީ ހައިރާންކަން ލިބިފައެވެ.

ފަލަސްތީންގެ މަސްރަހާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ާalhamdhlillah saabahey palestine

  44
  1
 2. އަާދަމް

  ވަރައް މަދު މިހާރު ބޭރުގެ ހަބަރުތައް

  17
  2
 3. ނާށީ

  ޝުކުރުވެރިވަން އީރާނައް އަޑިން ތިދޭ ހަނތިޔާރު ގެ އެހީއަށް

  42
  2
 4. އިސްލާމެއް

  ވަގުތުގެ ޚަބަރު ލިޔާ ކުއްޖާއަށް
  އިސްރާއިލް ކިޔާ ގައުމެއް ނޯއްވޭ. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ

  39
  3
  • ޖިމީ

   ނޯއްވޭ ކިޔާ ޤައުމެއް ވެސް ނޯވޭ

   1
   8
 5. ހައިރާން

  މިކަމުގަ ސުންނީ މުސްލިމް ގައުމުތައް ކަމަށްވާ ސައުދީ މިސްރު ޖޯޑަން ފަދަ ގައުމުތައް ލަދު ގަންނަންޖެހޭނެ. ފަލަސްތީނުގެ ދިފާއުގައި ހަމާސްއަށް ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ޝިއައީ އީރާނުން ފޯރުކޮށްދޭއިރު ސުންނީ އަރަބި ގައުމުތައް އެތިބެނީ ފަލަސްތީނު ފުނޑިގެން ދާތަން ބަލަން ހެވިފަ. ސައުދީ މިސްރު ޖޯޑަންއަކީ ޔަހޫދީ ދައުލަތް ގަބޫލުކޮށްގެން ޔަހޫދީންނާ ބައިއަތު ހިފައިގެން ފަލަސްތީނު ނެތިކޮށްލުމަށް ތިބި ބައެއް.

  9
  1
 6. ޓެރަރިސްޓުން

  ރީތިކޮށްލަން ކިޔަނީ މުޖާހި ދުން

  2
  10
  • އޭރިއަލް

   އިސްރާއީލު މީހުން ފަހުން ހިފި ބިންތަކުން ފޭބީމަ ދެން ތިހުރިހާ ކޮމެންޓެއް ކުރާކަށް ނުޖެހޭނެ. އެހެން މީހުންގެ ބިމަށް ވެރިވެފައި ކާއެތި ކޮޅުވެސް ޗެކް ކޮއްފަ ނޫނީ އެތެރެ ވިޔަ ނުދެންޏާ ޓެރަރިސްޓެއް މުޖާހިދެއް ކިޔާނެ ކަމެއް ނެތް. ހަމާލާ ދޭނެ.

   3
   2
  • ހޫމް

   ލާދީނީ މީހުން، ސުންނަތަށް އުޅޭ މީހުންނަށް ހަރުކަށި ފިކުރު ނިސްބަތްކުރާ ބީދައިން ދެއްތޯ

   2
   2
 7. ޑެޑުއހފޯސް

  ޥަގުތު މީހުން އަޅުގަނޑުު, އިޒްރާއިލް ދެކޮޅަށް ކޮމެންޓު ނުޖަހަނީ އަޅެ މުނާފިޤު ކަމުންހެއްޔެވެ.