ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ސީރިއަސްކަން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކުން އެނގިވަޑައިގެންފައިވާ ކަމަށާއި މި ހަމަލާ ސީރިއަސްކޮށް ނަގަން ޖެހޭ ކަމަށް މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ، (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު އިއްޔެ ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޖާބިރު "ވަގުތަށް" ވިދާޅުވީ ނިރުބަވެރި ހަމަލާއިން އެމަނިކުފާނު ޒަހަމްކޮށްލުމުން އެނގެނީ މަޖިލިހުގެ އެއްވެސް މެމްބަރަކަށް ރައްކާތެރިކަން ކަށަވަރު ނުވާ ކަން ކަމަށެވެ.

ޖާބިރު ވިދާޅުވީ ގައުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ އަށް ހަމަލާ ދިނުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި، އެ ހަމަލާގެ އެންމެ އަޑީގައި ތިބި މީހުންނާއި ހަމައަށް ތަހުގީގު ނުހިނގޭ ނަމަ އެފަދަ އިތުރު ހަމަލާތަކަށް ބާރު ލިބޭނެ ކަމަށެވެ.

ނަޝީދަށް ލިބިވޑައިގަތް އަނިޔާތަކަށް ބެލުމުން އެ ހަމަލާގެ ސީރިއަސްކަން އެނގޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަންވިލާތަށް ގެންގޮސްފައިވާތީ އުފާކުރައްވާ ކަމަށާއި، އެމަނިކުފާނަށް ބޮޑު އަނިޔާއެއް ނުވާ ކަން ކަށަވަރު ކުރަން ކުރެވެން ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ މޮޅަށް ބަޔަކު އަދި ރޭވިޔަސް ގެންދަވާނީ ގެންދަވަން ވީމަ. މާތް ރަސްކަލާނގެ އިރާދަފުޅުން ސަލާމަތްވީ. މީހެއްގެ މޮޅުކަމަކުން ނޫން. ދެން ކާކަށްތޯ މި ގައުމުގައި ރައްކާތެރިކަން އޮންނާނީ؟ މެމްބަރުންނަށް ވެސް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތްކަން އެ އެނގުނީ. އެއްފަހަރާ މިކަހަލަ ކަމެއް ހިންގައިފިއްޔާ އަދި ކިހާ ޕެނިކެއް ވާނެތޯ؟ ކޮންތާކަށްތޯ އަޅުގަނޑުމެން ވަންނާނީ،" ޖާބިރު ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން ދިން މި ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދްހަމް އާއި، މއ. ފޭރުގެ މުޖާޒު އަހުމަދު، އާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުއެވެ.

މި ހަމަލާ އަށް ފަހު، ފުލުހުންނާއި ސިފައިން ވަނީ މާލެ އާއި އަތޮޅުތެރޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އަސޭ ލ

  މދޮން ކަލޯ އަށް ވަގު ފާއިސާ ކޮޅެއް ނުލިބޭ ތަ

  11
  2
 2. ދަންނަންތޭ

  މަޖްލީހުގެ މެމްބަރުން ވެސް އެބަޖެހޭ މާބޮޑަށް ނުފުއްޕާ މައިތިރި ކަންމަތީގައި ތިބެން މަޖްލީހުގެ މެމްބަރުން ދަންނަން ޖެހޭނެ ހަގީގަތަކީ އެއީ މަޖްލީހުގެ މެމްބަރުންނަކީ އެއީ ބަޓް ގްރޫޕް ކަން ބަޓް ގްރޫޕަށް ރައްޔިތުން މާބޮޑު އިތުބާރެއް ނުކުރާކަމަށް އެކަން ދަނެގެން އުޅޭނަމަ ނިރުބަވެރި ނޫން ފިރުބަވެރި ހަމަލާ އެއް ވެސް ނުދޭނެއޭ އިނގޭތޭ...

  14
  1
 3. ާަެެައބދ

  2006 ވަނަ އަހަރުން ފެށިގެން މިގައުމުގެ ރައްޔިތުނގެ މަޖިލިސް އަކީ މިގައުމައް ޣައްދާރުވެ ތިމާމެން އަމިއްލަޔަށް އިއްޒަތްތެރި ކިޔައިގެން މިގައުމުގެ މާލިއްޔާ ރޯމާދުވާލު ލޫޓުވަމުންދާ ގައުމައް ޣައްދާރުބައެއް.!!!!!!

 4. ޢއއ

  މިގައުމގަ ވައްކަން އާއްމުކޮށް މިގައުމުގެ އަބުރު ދުނިޔޭގެ މީސްތަކުންގެ ކުރިމަތީގައި ވެއްޔާމޮޑެައިފި ދިވެއްސަކައްވީތީ ލަދުދުގަންނަް

 5. މަދެން ކީއްކުރާނީ

  ރައީސް ނަޝީދު ހަށިކޮޅަށް ދީފައިވާ ހަމަލާ ވަނީ އަދި ދުވަހަކުވެސް ދިވެހިރާއްޖޭގައި ސީރިއަސް ނުވާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައެވެ. މިކަން ބޮޑަށް ފާހަގަވީ ހަށިކޮޅަށް ލިބިފައިވާ ގެއްލުމަށް ޕްރައިވެޓް ޖެޓެއްގައި ޖަރުމަނަށް ކުރެއްވި ދަތުރުގައި އެމަނިކުފާނު އެއަރފޯޓަށް ވަޑައިގެންނެވި ވަގުތު ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާވަރު ފެނިފައެވެ. މިފެންވަރުގެ ސެކިއުރިޓީ މިސަރަހައްދުގައި އާއްމުގޮތެއްގައި ދީފައިވަނީ އިންޑިޔާގެ ބޮޑުވަޒީރުންނަށެވެ. މުހައްމަދު ނަޝީދުގެ މިފެންވަރުގެ ސެކިއުރިޓީ މާލޭގައި ދޭނަމަ އާއްމު ރައްޔިތުންނަށް ބޮޑު ދަތިތަކާއި ކުރުމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

 6. ޢަލީ

  ސީރީޔަސް ކޮށް މިސަރުކ ކާރު އިސްތިއުފާދޭން ވީ ވަގުތުން ވަގުތައް