އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ޖަރީމާތަކަށް އެމެރިކާ އިން ހިތްވަރު ދެމުން ގެންދާތީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު އެމެރިކާ އަށް ފާޑުވިދާޅުވެއްޖެއެވެ.
ވެރިކަމުގައި ހުންނެވިއިރު ފަލަސްތީނާއިއެކު ހާއްސަ ގާތްގުޅުމެއް ބޭއްވެވި، އަދި ފަލަސްތީނަށް އޭރު ޒިޔާރަތް ވެސް ކުރެއްވި ރައީސް ވަހީދު ގެންދަވަނީ ފަލަސްތީނުގައި އިސްރާއީލުން މިހާރު ހިންގަމުން ގެންދާ ޖަރީމާތައް ވަރަށް ބޮޑަށް ކުއްވެރިކުރައްވަމުންނެވެ.
ރައީސް ވަހީދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އިސްރާއީލުން ފަލަސްތީންގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކަމަށް އެމެރިކާ އިން ހިތްވަރު ދެމުން ދާއިރު އެމެރިކާ އަށް ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި އޮވެވޭނީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ.
For the USA and the world #Palestine is a moral and ethical dilemma. How long can the USA claim to be champions of democracy and human rights while condoning #Apartheid and colonialism in The Occupied Palestine? @POTUS @Ilhan @RashidaTlaib
— Mohamed Waheed (@DrWaheedH) May 13, 2021
އިސްރާއީލުން ޣައްޒާއަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެތެރޭގައި 30 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ދިފާއުކޮށް، އެހަމަލާތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ދީފައެވެ. ބައިޑެން އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވަނީ އިސްރާއީލުން ހަމަލާތައް ދެމުން ގެންދަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.
އެމެރިކާ އަކީ ފެށުނީއްސުރެ އިސްރާއީލްގެ ހުރިހާ ލާއިންސާނީ އަމަލުތައް ދިފާއުކޮށް، އިސްރާއީލަށް ބައިނަލްއަޤުވާމީ ދުނިޔެ އިން ފިޔަވަޅު އެޅުން ހުއްޓުވާ ގައުމެވެ. މިފަހަރު ވެސް އދ.ގެ ސަލާމަތީ މަޖިލީހުން އިސްރާއީލް ކުއްވެރިކޮށް ބަޔާނެއް ނެރުން އެމެރިކާ އިން ވަނީ ހުއްޓުވާފައެވެ. އެއީ ސަލާމަތީ މަޖިލީހުގައި އެމެރިކާ އަށް ލިބިފައިވާ ވީޓޯގެ ބާރު ބޭނުން ކޮށްގެންނެވެ.
ތިކަމަށް ފާޑުކިޔާނީ އެމެރިކާގެ ސިޔާސީ މާހައުލު ނުދަންނަ މީހެއް
ވަހީދު އަށް މަރުހަބާ... އިސްލާމުންގެ އަދާވަތްތެރިން އިސްލާމުން މަރަމުން ދާއިރު ބަހެއް ނުބުނެ އަރަބީން ތިބޭތީ ހިތާމަ ކުރަން... ދިވެހިރާއްޖެ އިންވެސް އެބަޖެހޭ އިޒުރާއީލު ބޯއީކޮޓު ކުރަން.
އެމެރި ކާޔަ ކީ މުޅިދުނިޔޭގެ ހުރިހާ ތަނެއް ތަޅާ ސުންނާފަތި ކުރަމުން ތިމަންނާމެން މި ކަން މި ކުރަނީ ޓެރަރިޒަމާ ދެ ކޮޅަށޯ ސުލްހަޤާއިމް ކުރާށޯ.
"ދަންނާށެވެ. ފަސާދަ ކުރާ މީހުންނަ ކީ ހަމަ އެބަ އިމީހުންނެވެ."
ބުނާނެ އެއްޗެއް ނެތް. ޤާނޫނު ތައް އޮތް ގޮތުން ނޫންނަމަ ވަރަށް އެއްޗެހި ލިޔުނީމުސް.
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ބޮޑު ޓެރަރިސަޓް ބެންޖެމިން ނަތަންޔާހޫ އާ ދެމީހުންނަށް މޮޔަވެފައިވާ 2 ވަލުކުއްތާ ފާކުރައްވައި ފަލަސްތީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވައި ޒަޔަނިސްޓުން ބަލިކުރައްވާނދޭވެ! އާމީން!
މާ މާތް މީހެއް ކަމަށް ދެއް ކެން ބުނިއެއްޗެއް
އަރަބިންނަށް ކީކކކ ކޭތަ ބުނެވޭނީ އެމެރި ކާގެ ކުންފުނިތަ ކުން ބޮޑެތި ބިޔަ އިންވެސްޓްމަންޓްތައް ނަގައިގެން ތިބެ
ވަރުގަދަ ފަހުލަވަނެއް