ށ. މިލަންދޫ އަށް ބޯކޮށް ވާރެވެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ADS BY OOREDOO

މިކަމާ ގުޅޭގޮތުން "ވަގުތަށް" މައުލޫމާތު ދެމުން މިލަންދޫ ކައުންސިލް ގެ ނައިބް ރައީސް ވިދާޅުވީ ހެނދުނުން ފަށައިގެން މެދުނުކެނޑި އަދިވެސް ވާރޭ ވެހެމުން ދާ ކަމަށެވެ. އަދި މުޅި ރަށުގައި ފެންބޮޑުވެ 100 އެއްހާ ގެޔަކަށް ފެން ވަދެފައިވާކަމަށެވެ.

މީގެ އިތުރުން ރަށުގެ މެދުތެރޭގައި ކަކުލާ ހަމަޔަށް ފެންބޮޑުވެފައިވާކަމަށާއި، ރަށުގެ ގިނަ ގެތަށް ހުންނަނީ ރަށުގެ މެދުތެރޭގައި ކަމަށެވެ. އަދި މިހާރު ގެ ތަކަށް އިތުރަށް ފެން ނުވަންނަ ގޮތަށް ކައުންސިލްއާއި ފުލުހުން ގުޅިގެން ދަނީ ވެލިބަސްތާތަށް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

އެރަށު ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީ މިހާރު ޕަންޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް އެބަދެއެވެ. އަދި އެރަށު ކައުންސިލުން ވިދާޅުވިގޮތުގައި ގެތަކުން ވަރަށް ގިނަ ހިފާ ގެންގުޅޭ ސާމާނު ހަލާކުވި ކަމަށް ރިޕޯޓްކުރަމުން ދާކަމަށެވެ.

 

"ގެތަކުން ދަނީ އިލެކްޓްރޯނިކް ސާމާނު ހަލާކުވިކަމަށް ރިޕޯޓް ކުރަމުން. ހުރިހާ ގެތަކަށް ލިބުނު ގެއްލުން އަދި ސާފު ނުވިޔަސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ" ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

ކައުންސިލަގެ ނައިބް ވިދާޅުވީ ސިފައިންގެ ފަރާތުން މިކަމުގައި އެއްބާރުލުމެއް އަދި ނުލިބެއެވެ.

ADS BY SHEESHA

 

10 ކޮމެންޓް

  1. މިލަންދޫ ކައުންސިލްގެ ނައިބު ރައީސަށް ސެލްފީ ނެގޭތޯ ބަލާ. ޑަބަލް ބޮޑުކޮށްގެން ނޫސްތަކަށް މަޢުލޫމާތުދެނީ.

  2. ކުޑަ ހުވަދޫ އަށް ބޯކޮށް ވާރޭވެހި ގެތަކަށް ފެން ވަދެ ގެއްލުން ވީ އެއީ އެގެތައް އިމާރާތް ކުރި މީހުން ބިލްޑިންގް ކޯޑާއި އެއްގޮތަށް އަމަލު ނުކުރާތީއޭ އެމެންނަށް ނުޖެހޭނެއޭ މަމެން މާލެ ސަރަހައްދުގައި ތިބޭ ހެވީ ޓެކްސް ޕޭޔަރ އިން ސަރުކާރަށް ދައްކާ ޓެކްސް އެމެންގެ ގޭގެ އަށް ފެންވަދެގެން އެކަމަށް ޚަރަދު ކުރަން. އެއީ އެމެންގެ ކަމެކޭ އެއީ މަމެން މާލެ ސަރަހައްދުގައި ތިބޭ ހެވީ ޓެކްސް ޕޭކުރާ މީހުންނާއި ބެހޭ ކަމެއް ނޫނޭ. ދަ ރާއްޖެތެރޭގެ ހުރިހާ ރަށް ރަށުގެ ގޭގެ ފްލޯރ ލެވެލް ހުންނަނީ ހަމަ ބިމަށް ވުރެން 1 ފޫޓް އަޑީގައިއޭ އެހެން ނޫނޭ އެކަން ހުންނަން ޖެހޭނީ އެހުންނަން ޖެހޭނީ ހަމަ ބިމަށް ވުރެން 2 ފޫޓް އުސްމިނުގައޭ އެހެން ހުރި ނަމަ ގޭގެ އަށް ފެން ނުވަންނާނެއޭ. އަދި ހުރިހާ ރަށެއްގެ ވެސް ގޭގޭގެ ދިޔަދޮވި ހުންނަނީ މަގުމައްޗަށް ނެރެފައޭ އެހެން ނޫނޭ އެކަން ހުންނަންވާނީ ހުރިހާ ގޭގޭ ދިޔަދޮވި ހުންނަން ޖެހޭނީ އެގެއެއްގެ ތެރެއަށް ޑްރެއިން ކުރެވޭ ގޮތަށް ވަޅުގަނޑު ހަދާ އެއަށް ދިޔަ ދޮވި ހޮޅި ގުޅާފައޭ. ހަމަ ރަނގަޅަށޭ އެވަނީ ދާލު ކުޑަ ހުވަދޫގެ ގޭގެ ފެންގަނޑު ބޮޑުވެގެން ގެއްލުން ވުން ވެސް. މިހާރު އެއެއްޗިއްސަށް ހުންނާނެ ނޫންތޭ އެއްޗެއް ވިސްނިފައި ރަނގަޅަށް ދޯ.

  3. ކަންބޮޑުނުވޭ ހުރިހާގެތަކުންވެސް ހަލާކުވިތަކެތީގެ ލިސްޓެއްނަގައިގެން ނައިބުރައީސް ވަޑައިގަންނަވާ މ ކުނޫޒައް ދެދުވަސްތެރޭ ލިސްޓުގަހުރިތަކެތި ހަމަކޮށްފަ ރަށައްފުރުވަދޭންނަން ހާސްކަނޑާލާ

  4. ގެއްލުންވީ އެއްޗެތީގެ ލިސްޓު ފޮނުވާ މެޑަމް އޮފީހަށް އޭރުން ސޮދަގާތު ފަންޑުން ވަގުތުން ހޯދާފަ ފޮނުވައިދޭނެ

  5. ކަންތައްތައް ދިމާވީމަ އެވާހަކަ މިދައްކަނީ އުޅެވޭ ގޮތެއް އެއްވެސް މީހަކު ހަނދާނެއް ނުހުރޭ.

  6. ނައިބު ރައީސްއެވެ. ތިޔައުޅެނީ މޮޔަފުޅުވެގެންނެވެ. ސިފައިންދާނީ ސިފައިން ދާންޖެހޭވަރުގެ ކަމެއްވީމަ. މިލަންދޫ ޕޮލިހުންގެ އެހީތެރިކަން ރައްޔިތުންނަށްދަނީ ލިބެމުން. މިހާރު ވާރޭވެސް ހުއްޓައިފި. ކައުންސިލް ރައީސް މީހެއްގެ ލޮލަކަށް ނުފެނޭ. ނައިބު ރައީސް އުޅެނީ ގޭގެޔަށްގޮސް ފޮޓޯނަގާ ސެލްފީ ނެގޭތޯ.

  7. ކައުންސިލް ނައިބު ރައީސް ދައްކާ ވާހަކައިން ގަބޫލުކުރަންވާނީ 50% ވާހަކަ. ސިފައިންގެ އެއްބާރުލުން ނުލިބޭ ވާހަކަވެސް އެބުނީ މުޅިން އެހެން މަގުސަދެއްގަ

  8. ސަންތިމަރިޔަނބު

    އޯހްނޯ!!!!!

  9. ޤައުމެއްގައި ވައްކަމާއި ފޭރުމާއި އިންސާނުން ޤަތުލު ކުރުމާއި ނާ އިންސާފުން ޝަރިއްޔަތް ތައް ކުރުމާއި މީހުންގެ ޙައްގު މުދާތައް އިންސާފުން ބޭރުން ނަހަމަ ގޮތުގައި ހޯދުމާއި މާތްﷲ ހަރާމް ކުރެއްވި ހުރިހާ ފާފަ ތަކެއް އެ ޤައުމެއްގައި ޢާއްމު ވެއްޖެ ނަމަ އެ ޤައުމެއް ފަނާވެ ނެތި ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. މި ޤައުމުންވެސް މިހާރު ފެނިގެން މިދަނީ މަތީގައި މި ދެންނެވި ކަންތަތައް ކަން ވަރަށް ސާފުކޮއް ފެންނަން ހުރި ވާހަކައެވެ.

  10. ސިފައިން ދާއިރު ހުންނާނީ ވާނެއެއްޗެއްވެފަ