ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ފަލަސްތީނުގެ އާއްމުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްްޖެއިން މިގޮތަށް ގޮވާލާފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ސައޫދީ އަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ އުދުވާނީ ޙަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ގުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ކުށްވެރިކުރައްވާ ކަމަށެވެ.

އަދި ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި، އަލްއަޤްޞާ ގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި އަދި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އަދި މެދުއިރުމަތީގެ ސުލްހަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެވިފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމްކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓްކުރުމަށްފަހުއެވެ.

57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް، "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ......

  ޢެމީހުން ތިއެއްނާހާނެ....އަގައިފިއްޔާ ދެތިންދުވަސް ނުވެ ހަނދާން ނެތޭނެ...އެއީ ޔަހޫދީންކަން ނޭނގެނީބާ

  15
  1
 2. ސަންގޯރު އަހުމަދު

  ޝުކުރިއްޔާ ޝާހިދު މިކަހަލަ ދަނޑިވަޅެއްގަ ތިކަހަލަ ކަމެއް ކުރެވޭނީވެސް އިބިލިސް ހުރީ ރޭންޖު ނުލިބޭހިސާބުގަ

  20
  1
  • ކުއްވެރި

   އެ އުދުވާނު ކު އްވެރިކުރާކަށް ނުކެރުނެ އްނުން..

 3. ލޮލް

  ޢެއޮށް ހުއްޓާލީ މިހާރު

  11
  4
 4. މަގޭގައުމު

  ބަަަލަ ސާހިދުމެންނަކީ އިޒުރާއީލާ ގުޅުންއޮނަބައެއް މިހާރުވެސް މކަމާއެއްޗެއްބުނާ ވެރިޔަކުްުއުޅޭތަ؟؟އެމެރިކާ އިންޑިޔާ ދެކެބިރުގަނޭ؟؟ދެންކީކުރާނީދޯ؟؟ހުރިޔާވެސްފަރާތަކީ މަތްﷲ ފަލަސްތީނުގެރައްޔަތުންނައްލިބޭ އަނިޔާ މިހާރު ވަރައްބިރުވެރި ކޮބައި މުއްސަދި އަރަބިން ކޮބައި ތެޔޮތައް ކޮބައި ޖުއްބާލާގެން ނާޗަރިންގިކުޅެނީ ޑޮލަރުއޮތީމައުފަލަކީ މަޖާ އަވަސްގޮތެއްގާނަސުރުދެއްވުމަންއެދި އެކާލާންހަޒަރަތުންއެދޭހާލް އާމީން

  14
  2
  • އަބްދުﷲ ޝާހިދު

   ހެޔޮ އެއްގޮތެއްވެސް ނެތެއްނު

   3
   5
 5. މަރީ

  ދާޚިލީ ކަމެކޭ ބުނާކަށް ނުކެރުނު ދޯ މިފަހަރަކު؟

 6. އެޖެންޑާ2021

  ޙަމަލާތައް ކުއްވެރިކުރުމަކީ ރަނގަޅު ކަމެއް. އަދިމުސްލިމުންގެޙައްޤު ތަކަށް އަރައިނުގަތުމަށް ވެސްގޮވާލަން އަޅުގަނޑަށް ފެނޭ.

 7. Anonymous

  ހުއްޓާލަން ގޮވާލުމަކުން ނުފުދެ. މިހާރުން މިހާރަށް އިޒްރޭލާ އެއްވެސް ގުޅުމެއްއޮތްނަމަ އެ ގުޅުމެއް ކަނޑާލަން ގޮވާލަން. އަދި އެކަން އިއްލާންވެސް ކުރަންޖެހޭ.