ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމާލާ ސިތްރަމަންއާއި ބައްދަލުކުރެއްވީ ގަދަކަމުން "އެމްބުޝް" ކޮށްގެން ކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

އިއްޔެ ޑިފެންސް މިނިސްޓަރު ނިރްމާލާ ސިތްރަމަންއާ އެކު ވާހަކަ ދައްކަވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައި ރާއްޖޭގެ ހާލަތާ ބޭހޭގޮތުން "ބްރީފް" ކުރެވުމުން އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީީގެ އިސް އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ "އިންޑިއާ ޓުޑޭ" ނޫހުން ބުނެފައި ބުނެފައި ވަނީ ނަޝީދު މިނިސްޓަރ ނިރްމާލާ ސިތްރަމަންއާ ބައްދަލު ކުރެއްވީ ބެންގަލޫރޫގައި މަޝްހޫރު މީޑިއާ ހައުސް އަކުން ބޭއްވި ސެމިނާއަކަށް ފަހު ކަމަށެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލާ ހަވާލާދީ "އިންޑިއާ ޓުޑޭ" ނޫހުގައި ބުނެފައި ވަނީ އެ ބައްދަލު ކުރެއްވުމަކީ އެއްވެސް ވަރަކަށް ރޭވިގެން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި ނަޝީދު މިނިސްޓަރާ ބައްދަލު ކުރެއްވުން އެ ނޫހުން ސިފަކޮށްފައި ވަނީ "އެމްބުޝް" ކުރުމުގެ ގޮތުގައެވެ.

ދައުވަތު ލިބިވަޑައިގެން ސެމިނާއަށް ވަޑައިގެންނެވި ނަޝީދު މިނިސްޓާ ސިތްރަމަންއާއި ބައްދަލު ކުރެއްވި ނަމަވެސް ރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައި ނުވާނެ ކަމަށްވެސް އެ އޮފިޝަލާ ހަވާލާދީ "އިންޑިއާ ޓުޑޭ" އިން ވަނީ ރިޕޯޓު ކޮށްފައެވެ.

ނަޝީދުގެ ޓްވީޓަކީ އިތުރުފުޅު ހެއްދެވުމުގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަ ކުރަމުންދާއިރު އެމަނިކުފާާނަށް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުުން އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް އެމަނިކުފާނު ދައުވަތު ދެއްވުމުން ގިނަ ބަޔަކު ވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ހަނާ

  ކައެމެންނަށްތަ އަޅެ މޮޅެތި ކަންކަން އެނގެނީ... އެބުނާ ޔާމީނުހެން ކައެމެންވެސް ތިބެނީ އިލްހާމްވެފަ ދެއްތޯ؟ ތިދެން ބޮޑު ވަބާއެއްނު "ވަގުތު". ކައެމެންނާ ނުބެހޭ، ނުވާ، ނޭނގޭ، ނުހިނގާ ކަމެއްވެސް ނޯވޭ... ނުކެރޭނެ މި ކޮމެންޓް ޕަބްލިޝްކުރާކަށް. ހުވާކޮށްފަ މިބުނީ

  • ފަނާ

   މިއީ އެމްޑީޕީ މީހުން ގެންގުޅޭ އަވަސް ނޫސްތަ؟

  • ޙަމޭ

   ކަލޭގެ ހުވާ އެއްވެސް އެއްޗަކައް ނުވިއެއްނު. މީހަ އައްވުރެ އަނގަ ބޮޑުވެގެން ނުތެޅެބަލަ.

 2. mIha

  Raki v dhoa nasheed hayyaru koggen genes fuluhunna havaal kuran india ah engumu ekan nuvi ehenve dherav dho

 3. ވިސްނާ

  އޯކޭޔޭ ކޮންމެގޮތަކަށް ވިޔަސް މީޓް ކުރިއެއްނު. ތަމެންނަށް އިންޑިއާއަށް ނުވެސް ދެވުނެއްނު..

 4. ކޮލަމާ

  އެކަމަކުގަދަކަމުންބައްދަލުކުރާނީކިހިނެތްތައަހަރުމެންނަކީބުރާންތިކައިފަތިބިބައެތްކަމައްހަދަނީތަ

 5. އޭޭނަ

  ޢަންނި އެ ބޯ ހަމަ ޖެހެ މީހެއް ނޫނޭ އެއީ މޮޔަ ކުއްޖެކެ ސަންދާން ބުންޏެއް ނޫންތޯ

 6. ހަލީމް

  ތިވާނީ ރޭޕްއަކަށް (ގަދަކަމުން ބައްދަލް ކުރީމަ)