ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ނިރުބަވެރި ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހިގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެގޮތުގައި އިނގިރޭސިވިލާތަށް ނިސްބަތްވާ އައްބާސް ފާއިޒު ހަމަޖައްސަވައިފިއެވެ.

އެކަން ހާމަކޮށް ރައީސް އޮފީހުން ވިދާޅުވީ، އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެއް ކަމަށެވެ.

އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ޢިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، އެ ހަމަލާޔާގުޅޭ ހުރިހާ ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މި މައްސަލައިގައި އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައިކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އައްބާސް މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައީސް އޮފީހުގައެވެ. އަދި މިހާރުން ފެށިގެން މި ހަމަލާޔާ ގުޅޭ ހުރިގާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި، ނިހާއީ ހުކުމަކާ ހަމައަށް ފޯރަންދެން އޭނާ މަސައްކަތުގައި އުޅޭނެ ކަަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ކާފަ ދިއްދޫ

  ކޯނީ ރިޕޯޓަށް ވީހެން އެންޑީޕ މީިހުން ތިރިޕޯރޓް ވެސް ގަބޫލު ނުކުރާނެ.

  25
  • ބޯހަލާކު

   ދުނިޔެއިން ބޭރުން މީހަކުގެނޭ އެހެން ނޫނީ ޤަބޫލެއް ނުކުރެވޭނެ

   27
 2. އިސްތިއުފާއޭ

  އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ އައްބާސް ފާއިޒް އިސްތިއުފާ

  10
 3. ފާޅުވަނީއޭ

  ރައީސްގެ މަންދޫބެއްގެ ގޮތުން އިނގިރޭސި ވިލާތުގައި ލަވަކިޔަން އުޅޭ މީހަކު ހަމަނުޖެއްސި ކަން އެއީ ދިވެހިންގެ ނަސީބޭ މިއުޅެނީ ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާ ދިން އިރު އޭގެ އަޑީގައި ތިބީ ކޮން ބައެއްތޯ ހޯދަންއޭ ދުނިޔޭގައި މިކަން ކުރަނީ އިންޓެލް ކޮމިއުނިޓީ ގައި މަސައްކަތް ކޮށް ރިޓަޔަރ ކޮށްފައިވާ ތަޖްރިބާ ކާރު މީހުން މެދުވެރިކޮށޭ މިސަރުކާރުން ދުނިޔޭގެ އިންޓެލް ކޮމިއުނިޓީ މިކަމުގައި ބޭނުން ނުކުރުން ސަރުކާރުގެ ހެޔޮ ނިޔަތެއް މިކަމުގައި ނެތް ކަން އެނގި ފާޅުވަމުން ދަނީއޭ...

  16
 4. ޓ

  ޢަނެއްކާ ވެސް ދޮން އިނގިރޭސިއެއް....ބަލަ ރާއްޖެގައިވެސް އެބަތިއްބޭ ދިވެހިން ބޭކާރު ޚަރަދު...ކުރީގެ ރިޓަޔަރ ސޯލްޖަރުން..ފުލުހުން

  30
 5. Anonymous

  ބަލާބެލުމަށް ހީވަނީ ސައިނިސްޓުންގެ ސިފައިގެ މީހެންހެން

  11
 6. ....

  ކަންކަން އިސްލާހުނުވެގެން މިއުޅެނީ ދޮންމީހަކު ނެތިގެންތަ...އިންސާފާ ދުރުގޮތެއް މިހާރު ތިޔަ ހެދީ...ތިވީ ގޮތުން އަނެއްކާ އެހެން ބައިވަރު ބައެއްގެ ނުފޫޒް ވަނުމުގެ ފުރުސަތަކަށް ތި ވާނީ...
  ރައްޔިތުން ވެއްޖެ ކަމަށް ގާބިލް މީހުން ވެރިންނަށް ގެންނަން...ތާކުން މީހަކު އަރާ ތިމަން އެވެނި މިވެނި ކަމެއް ކޮށްދޭނަމޭ އަދުލު އިންސާފާ ހަމަހަމަ ކަން ގާއިމް ކޮށްދޭނަމޭ ބުންޏަސް ގަބޫލު ކުރުން އެއީ މޮޔަކަމެއްކަން މިހާރު އެނގޭ ވަރުވެއްޖެ...އިހްލާސްތެރިން އަމިއްލައަކަށް ނުބުނާނެ ތިމަންނަ އެވެނި މިވެނި ކަމެއ ކޮށްދޭނަމޭ...ވެރިކަން ތިމަންނައަށްދޭށޭ...މީ ތާރީހުން ހެކިލިބޭ ކަމެއް...ދެން ބުނެފާނެ ފަހަރުގަ މީހަކު ކޮންތާކުންހޭ އިހްލާސްތެރިން ހޯދާނީ އަމިއްލައަށް ނުބުނަންޏާ....ފުރަތަމަ ރައްޔިތުން އެބަ ޖެހޭ އިހްލާސްތެރިންނަށް މަގު ހުޅުވުމަށްޓަކައި ނެތްފެންވަރުގެ ޑިމާންޑްތަކާއި ދަރާވިކުމުގެ ސިޔާސަތަށް މަޖްބޫރުކުރުން ދޫކޮށްލަން...ރައްޔިތުން އެބަޖެހޭ ހަމަބިމަށް އަސްލު ފެންވަރަށް ހިތްތިރި ކުރަން...އެކަކުންޏެއް ހަރުކޮންނާނީ އެކަކުންޏެއްގެވަރުންނޭ ބުނާހެން ގައުމު ގެ ކަންކަންވެސް ކުރަންވާނީ ލިބޭ މިންވަރަކުން...ދަރާވިކިގެނެއް ނޫން...

  15
 7. ސޭޓް

  ދިވެހިންނަށްވުރެ ނަޝީދު ލޯބިވަނީ "ދޮން" ކުދިންކޮޅު ދެކެޔޭ. ދޮން ކުދިން އުޅޭގޮތަށް ނަޝީދު އުޅެންބޭނުންވަނީވެސް. އެހެންވީމާ ދޮންކުދިން ނަޝީދުގެ ކަންކަންބަލަން އައުމަކީ ހައިރާންވާންޖެހޭ ކަމަެއްނޫން.

 8. އަހުމަދު

  އެ އުޅެނީ އެ3މީހުން އެކަނި އެކަން ކުރިކަމަށް ހަދާފަ ރިޕޯޓެއް ނެރެފަ ނިންމާލަންބާ؟ ތިކަމަށް ފަންޑު ކުރި މީހުން ހޯދީމަ ގަބޫލް ކުރާނީ.

 9. ޞިލާ

  .ފަލަސްތީނައްގޮސް ބަލާބަލަ ކިތައްމުސްލިމުންމަރުވިތޯ..

  6
  1
 10. ނާދިރާ

  އަނގަ ފުޅާކޮށްފަ ބުނި އޮސްޓްރޭލިޔާގެ ފައުޖު ކޮބާތަ

 11. ާެެެމޫޔަ

  މުސާރަ ކިހާވަރއް؟

 12. ޢަހު

  ޢޭނާގެ އުޖޫރަ ކިހާވަރެއް

 13. ދަރަނި ދަންތުރަ

  ނޫސީނު އެއީ ކީއްކުރާ ބުރާންޗެއްތަ ، ދިވެހިންގެ ބައިތުލްމާލު އިގެރޭސިވިލާތަށް ހިބަކޮށްދީ ބަލަ ކިހާ ބޮޑު ބަލާއެއްމީ ތިޔަ ނަސީދަކީ ވެސް މަރުވާނެ މީހެއް އޭނަ މަރުވީމަ ވެސް އިގެރޭސިވިލާތުން ކަމުގެ މާހިރުން ގެނެސް މަރުވިތޯ ބަލާތި