ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އީސައާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވަނީ ކީއްވެގެންތޯ އާންމުން ސުވާލުކުރަން ފަށައިފިއެވެ.

އިޖްތިމާއި ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އީސަ، އަސްރާ ނަސީމަށް ބޮޑެތި އަނިޔާތަކެއްދީ ދަރިފުޅު ބެލްކަނިން ވައްޓާލާނެ ކަމުގެ ބިރުދެއްކި ކަމަށްވެއެވެ. އީސަގެ ފަރާތުން އަސްރާ އަށް މީގެކުރިންވެސް އަނިޔާތަކެއް ލިބެމުންދާކަމަށް އާއިލާގެ ބައެއް މެމްބަރުން ވަނީ ބުނެފައެވެ. ގެވެށި އަނިޔާގެ މައްސަލާގައި އަސްރާ ވަނީ އިއްޔެ ފުލުހަށް ބަޔާން ދެއްވާފައެވެ. އެކަމަކު އީސަގެ ބަޔާން އަދި މިހާތަނަށް ނަގާފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެއެވެ.

ރައްޔިތުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުރި މީހެއްގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވޭއިރު އޭނާގެ މައްސަލަބަލައި ވީހާވެސް އަވަހަކަށް ފިޔަވަޅުއަޅަން ގޮވާލާ އަޑުތައް މީސްމީޑިއާގައި ވަނީ ގަދަވެފައެވެ.

ކުޑަކުދިންގެ މައްސަލަތަކުގައި ވަކާލާތުކުރާ ވޮއިސް އޮފް ޗިލްޑްރެން ޖަމިއްޔާއިން ވަނީ އިސަ ހައްޔަރުކުރަން ގޮވާލާފައެވެ.

މަސްތުގެ ހާލަތުގައި ހުރެ، އަނބިކަނބަލުންނަށް އަނިޔާކޮށްފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ބަލަން އެ ޖަމިއްޔާއިން ވަނީ މަޖިލީހުގެ އިތުރުން އެމްޑީޕީއަށް ގޮވާލާފައެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއް އަހަރާއި ނުވަ މަހުގެ ދަރިފުޅު ބެލްކަނިން ވައްޓާލާނެކަމުގެ ބިރުދެއްކި ވާހަކައާއި އަންހެނުންގެ އަތަށް އެކިވަރުގެ އަނިޔާ ދިންކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައަކަށްވާނަމަ އީސަ ހައްޔަރުކުރަން ޖެހޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިކަމާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވިޔަސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދުވެސް ވަނީ އީސަ ހައްޔަރުކުރަން ގޮވާލާ ޓްވީޓެއް ކުރައްވާފައެވެ. "އެރެސްޓް އީސަ" ޖަހާފައިވާ ފޮޓޯއެއް ހިއްސާކުރައްވާ ހީނާ ވިދާޅުވީ، ރައްޔިތުން ތަމްސީލުކުރާ މަންދޫބަކަށް އަދި އިޖްތިމާއީ ކޮމިޓީގެ މުގައްރިރަކަށް އީސަ އަށް ހުރެވިގެން ނުވާނެ ކަމަށެވެ.

ޓްވިޓާގައި އެކްޓިވްކޮށް އުޅޭ އެމްޑީޕީގެ އާންމު މެމްބަރަކު ވެސް ގޮވާލީ އީސަގެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައިދިނުމަށެވެ.

ނަތު ކިޔާ އައިޑީއަކުން ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ އެމްޑީޕީން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވާތިވެ ސުވާލު އުފައްދާފައެވެ. އަދި މިފަދަ ކަންތައްތަކާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ އަޑެއް ނީވެނީ ކީއްވެގެންތޯ ވެސް ނަތު ސުވާލުކުރިއެވެ.

" ކޮބައިތޯ ހަރުކަށި އިބާރާތުން ކުށްވެރިކުރަ ކުދިން ކޮޅު؟" އޭނާގެ ޓްވީޓްގައި ބުންޏެވެ.

 

ވަކި މަގާމެއްގައި ހުރުމުން ބޭނުންހާ ގޮތަކަށް އުޅެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ބުނެ މީހަކު ކުރި ޓްވީޓެއްގައި އޭނާވެސް އެދުނީ އީސައަށް އަވަސް ފިޔަވަޅު އަޅައިދިނުމަށެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ލިޔުއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން ރައްކާތެރިކުރަން ތިބި އެންމެ މުހިއްމު މުއައްސަސާގެ މެންބަރެއްގެ މިފަދަ އަމަލުތައް ފެންމަތިވުމަކީ ލަދުވެތި އަދި ހިތާމަހުރި ކަމެއް ކަމަށެވެ.

"ސިޔާސީ ފިކުރަށް ކުލަޔަކަށް ބެލުމެއްނެތި މިފަދަ ކަންކަމާ ދެކޮޅަށް ދައުލަތުގެ މުއައްސަސާތަކުން ތެދުވާން ޖެހޭ" ޝިދާތާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރަސްމީ ހައިސިއްޔަތުން އީސަ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީ އެއްވެސް އެއްޗެއް ބުނަފައެއް ނުވެއެވެ. ސިޔާސީ އެހެން ޕާޓީތައްވެސް އަދި އޮތީ ހަނެވެ. ހިއުމަންރައިޓް ކޮމިޝަން ނުވަތަ ދައުލަތުގެކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކޮވިޑް

  ކުޑަ ކުއްޖަކު ބެލްކަނިން ވައްޓާލާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށްވާނަމަ އެ އޮތީ ކުޑަކުއްޖަކަށް މަރުގެ އިންޒާރު ދެވިފަ. މީ ޓެރެރިޒަމްގެ ބޮޑު ކުށެއްނޫންތޯ؟ ޓެރެރިޒަމަށް ވަނީ އެއްޗެއް ގޮއްވާލީމަތޯ؟ ޕޮލިހުން ޖނވރ އީސަ ހައްޔަރު ނުކޮށް އެހުރީ ހަމަ ރޯޔަލް ވީމަތޯ؟ ކުޑަ ކުޑަ ކުއްޖާ އާއި އޭނާގެ މަންމަ އަކީ ނިކަމެއްޗަކަށް ވީމަތޯ؟ ޕޮލިސް ހަމަ ސިޔާސީވެފަ ރައްޔަތުން ޖޫރިމަނާ ކޮށްލަ ކޮށްލާ ތިބެން ވީ ތޯ؟

  22
 2. މަގޭގައުމު

  ބަލަ ހަމީދަކީ ވަރައްބޮޑާ ނުލަފާ ނާގާބިލް ނަސްލީ ތަފާތުކަންބޮޑު ބޮޑާމީހެއް މިކަލޭގެ ސިޔާސަތައްކައްވާނީ ބޮޑު ކެކުރި ކުޑަކެކުރި އުސޫލުމިކަލޭގެމިކޮމެސަނުރުގެ ޔުނީފޯމުވެސްބޭލޭނެދުވަސްވަރައްކާރި؟؟

  16
 3. މައިނާ

  ދެރަމީހާޔަށް ދެރަގޮތް. މޮޅުމީހާޔަށް މޮޅުގޮތް. މިއޮތީ ހަމަ ރަނގަޅަށްވެސް ކަނޑުހެ ޚުކުމް އެއްގަމަށް އަރާފަ...

 4. ޖުހާ

  ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ގރބ ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ރޯޔަލް ދެން ލަލަލާ....

 5. އަހުމަދު

  ތީގަ ހަމަ ވާނެގޮތަކީ ރައީސް ކީ ރިތިކު ރެއްވީމަ ނިމުނީ. ކޮބާތަ ހިއްވަ ރުގަދަ އައިޝާދީ މިއަދުވެސް ނޫހުގަ ލިޔުނީ އެކަމަނާގެ ގަދަ ވާހަކަ

 6. އިލްޔާސް ވަހީދު

  މަލިލީހުގެ މެންބަރުން ލައްވާ ހައްދުޖަހާންވީ އައްޑިހަފަހަރު ޗާދަނީމަގާ މަޖީދީމަގު ހަތަރުއަގޮޅީގަ ބައިންދާފަ ޙުރިހާ މީޑިއާތަކުން ލައިވްކޮއްފަ އެއިރައްމަޖިލީހައްހޮވާ ނުކިޔަވާ މެންބަރުންނައްވިސްނޭނީ .......

 7. ބިންގޯ

  ބަލަ އޭނަ އެއްބަސް ނުވިޔަސް ބޭރު ކުރެވޭނެ.

 8. ސާން

  ތިޔަ ކަހަލަ މީހުން ނަށް ތިމަގާމް ގައި ހުރެވިގެން ވެސް ނުވާނެ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް