ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަށް މާލެ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ސިޓީއެއް ފޮނުއްވައިފިއެވެ.

އެ ސިޓީ ފޮނުއްވާފައިވަނީ މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބައްދަލު ކޮށްލެއްވުމަށް އެދިވަޑައިގެންނެވެ.

މުއިއްޒު ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރު ކުރައްވާ ކައުންސިލަރުންނާ ހިއްސާ ކުރައްވައިފައެވެ. މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ރަސްމީ ފުރަތަމަ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މުއިއްޒުގެ އެކްޝަން ޕްލޭން ފާސްކޮށްފައިވެއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒިރުންގެ އިތުރުން ރައްޔިތުންނަށް ހިދުމަތްދޭ ބައެއް ކުންފުނިތަކުގެ އިސްވެެރިންނާއި ބައްދަލު ކުރެއްވުމަށްވެސް އެދިވަޑައިގެން ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އޭގެތެރޭގައި ރޯޑް ކޯޕަރޭޝަނާއި ވެމްކޯ އާއި އެމްޑަބްލިއުއެެސްސީ އަަދި ސްޓެލްކޯ ފަދަ ކުންފުނިތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.

އިއްޔެގެ ވަގުތެއްގައި މުއިއްުޒު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ވެސް ބައްދަލު ކުރައްވައިފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސް ކުރުމަށާއި ގަރާޖު ހުއްދަ ދިނުން ފަދަ ކަންކަން ރައްޔިތުންނަށް ފަސޭހަކޮށް ދިނުމާ ގުޅޭ ގޮތުންނެވެ.

ގުޅިފަޅަކީ ގެދޮރުވެރި ރަށަކަށް ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މުއިއްޒު ވަނީ ރައީސްގެ އެޕޮއިންޓްމެންޓަކަށް އެދިފައެވެ. މުއިއްޒު ވިދާޅުވާ ގޮތުން އެ ރައީސްއާ ބައްދަލު ކުރައްވައި ގުޅިފަޅަކީ ގެދޮރުވެރި ރަށަކަށް ހެދުމަށް ކައުންސިލުން ނިންމާފައިވާ ނިންމުން ހުށަހަޅުއްވާނެ ކަމަށެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމު ކުރުމަށް މި ސަރުކާރުން ނިންމި ނަމަވެސް މިކަމުގައި ފެށުނީއްސުރެ މުއިއްޒުގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވަމުން ގެންދަވާ ގޮތުގައި ވިޔަފާރި ބަނދަރު އަޅަން އެންމެ ރަނގަޅީ ތިލަފުއްޓެވެ. އަދި ގުޅިފަޅަކީ ގެދޮރުވެރި ރަށަކަށް ހެދަން ޖެހޭ ކަމަށް އަބަދުވެސް މުއިއްޒު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމު ކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލަން މާލެ ސިޓީ ކައުންސިލުން އިއްޔަ ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލަޠީފާ ޝާން

  ތިޔަ ފުރުޞަތު ދޭނެއެކޭ މަށެއް ނުބުނާނަށް!

  3
  1
 2. ޙެހެ

  ކަލޯ މުއިއްޒުމެން ވެރިކަން ކުރިޒަމާނުގަ އޭރުގެ މާލޭ ސިޓީ އާމެދު ކަނަތައްކުރިގޮތް ހިތަކުން އަދި ނުފިލާ. ތިފުރުސަތަކީ އެފަދަ ނޭއްގާނީ ކަންތައްކުރުމުން އަނެކުންގެ ހިތްތަކައް ކުރާނެ އަސަރު އިހުސާސްވާނެ ފުރުސަތެއްކަމުގައިމެނުވީ ނުވެހެވެ.

  1
  7
 3. ސަރު ކާރު

  ސިޓީ ގައި އެދިފައިވާ ކަންތައްތައް މި ވަގުތު ކޮށްދެވެން ނެތް ވާހަކަ ދަންނަވަން

  3
  2
 4. ސިރު

  މާބޮޑައް ތެޅެންޔާ ދާނީ ހުޅުބު

 5. ލޮބާޑި

  ފޮނި ކަނޑާނެ ކަމެއްނެތް!

  1
  1
 6. މިތުރާ

  މާލެ ބަރުވެގެން އަޑިޔަށް ނުދަނީސް ނޭވާ ނުލާތި....