މިއަހަރު ސެޕްޓެމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބާއްވާ މަރުކަޒުތައް ސާވޭ ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލާ މަރުކަޒުތައް މިހާރު ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުރިއެކޭ އެއްފަދައިން ސްކޫލްތައް ކަމަށެވެ.

"ވޯޓުލާ މަރުކަޒުތައް ހަމަޖެހި އެ ތަންތަން ސާވޭ ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ." އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 15 ގައެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު އެވެ،

ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން މިހާތަނަށް އިއުލާން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިނެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ. ނަމަވެސް އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިގައި ހަމައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު