ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލީހުގެ އާމީންއާންމު ފާތިމަތު ނިއުޝާ ވަނީ މި ކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނިއުޝާ ވިދާޅުވީ، އީސަ އެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އީސަ މަޖިލީހަށް ފޮނުވި ސިޓީ ވެސް ވަނީ ލިބިފައެވެ. އެ ސިޓީގައި އީސަ ވިދާޅުވެފައިވާ ގޮތުގައި، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ތަހުގީގީ އިދާރާތަކުގެ ތަހުގީގަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީން ކަން ކެނދިކުޅުދޫގެ ރައްޔިތުންނަށް އަރުވާ ކަމަށް އީސަ އެ ސިޓީގައި ލިޔުއްވާފައިވެއެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، އީސައާ ދެކޮޅަށް އަސްރާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

އީސަ ހައްޔަރު ކުރުމުގެ އަމުރެއް ހުށަހަޅަން އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ. ޕީޖީން ވަނީ އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ކޮމިޓީގެ މުގައްރިރު ކަމުން އީސަ އިސްތިއުފާ ދެއްވާފައި މި ވަނީ، އޭނާ އެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ކޮމިޓީއަށް ހުށަހަޅާފައިވަނިކޮށެވެ. އެ މައްސަލަ ފާސްކުރަން މިއަދު މެންދުރުފަހު ކޮމިޓީ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އެކަމަކު ކޯރަމް ހަމަނުވެގެން އެ މައްސަލައަށް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޮޑު ދެލޯ

  ރީނދޫ ކުލަ ހުރިއްޔާ އަޅާނުލެވޭނެ! 😏

  11
  2
  • ބޭބެ

   މިއަދު މެންދުރެއްހާއިރުން ފެށިގެން ތިއަމުރަކަށް އެދިގެން އުޅޭ ޚަބަރު އެބަލިބޭ!! ތިއަމުރު ލިބޭނޭ ދިވަހެއް އެބަ އެނގޭތަ؟ މިއީ ހާދަހާވާ ބޮޑު ޖޯކެކޭ!! އެހެން މީހެއްގެ އަމުރަށް އެދޭއިރަށް ގަޑި ދެގަޑިއެއްހާއިރުތެރޭ އަމުރު ލިބޭތަން ދެކެން!! އީސަ ހައްޔަރުކުރަން އަމުރަކަށް އެދިގެންއުޅޭތާ މިހާރު ޚަބަރުތަކުން އެނގޭގޮތުން 6 ގަޑިއިރަށްވުރެން އިތުރުވީ!! ޑިލޭކޮށްގެން މިކުރާކަމަކީ އަނބިކަނބަލުންނާ އެކި ފަރާތްތަށް މެދުވެރިކޮށް ވާހަކަ ދައްކާ މިކަން މިއީނުވާކަމަކަށް ހަދާ ބަޔާން ބަދަލުކުރަން މަޖުބޫރުކުރުވަނީ! މިކަހަލަ ކަންތައްތައް ރީނދޫމީހުން މިކުރަނީ!! ހުޅުމާލެފަޅުތެރޭ އޮތް ސަފާރީއެއްގައި ހިނގާދިޔަ އިންސިޑެންޓްމަތިން ދިވެހިން ހަނދާން ނުނެތޭނެ!! އެއޮތްބާލީވެސް ވަރަށް ސަޅިކޮށް!! މިއީ އެހެން ރައްޔިތެއްގެ ފަރާތުން ދިމާވިކަމެއްނަމަ މިހާރު އެމީހާ އޮންނާނީ ދޫނިދޫގައި!! މަޖްލިސްތެރެ ކެކިއަރާނެ!! ހަރުކަށި އިބާރާތުން ކުށްވެރިކުރާނެ! މަޖްލިސްގެ ކޮމެޓީއަކުން ތަހްގީގުފަށާނެ!! ޓްވީޓުތަކުން ގުގުމާލާނެ!! އެމްޑީޕީގެ ޙާލަތަކީ މިއީ!! މިއަދު އެމްޑީޕީގެ ބޮޑެއްގެ މައްސަލައެއްވީމަ އެމްޑީޕީ ކުދިން ހަމަ ހައްޕު!! އަނގަމަތީ ޓޭޕް އަޅާ ނުވިތާކަށް ބޮޑުތަޅު އަޅުވައިގެން މިއަދު އެތިބީ!! މިއީ އެޕާޓީގެ އިންސާފަކީ!! މިނިސްޓަރެއްގެ މިކަހަލަ މައްސަލައެއް ފެންމަތިވީމަ އޭނާގެ މައްސަލަ ބެލުމުގެ ބަދަލުގައި ރާވައިގެން ބޫންބޫން ކިޔާފަ ފުރުވާލީ!! މިއީ ރީނދޫ އިންސާފު! ކުޑަކުއްޖަކާއެކު ބަދުއަޚްލާގީ ޢަމަލު ހިންގައިގެން އެކުށްސާބިތުވެގެން ޖަލަށްލާފައިވާ އެމްޑީޕީގެ ބޮޑަކު މިސަރުކާރު އައިތާ މަހެއްގެތެރޭ މިނިވަންކޮށް ދޫކޮށްލީ! މިއީ ރީނދޫ ކުދިންގެ އިންސާފަކީ!! އަޅެފަހެ ބަޔަކު ހައިރާނެއްނުވާނެތަ؟ ދެން ކޮންމެގޮތެއްހަދާފަވެސް ޖަލަށްލާން ވަޢުދުވެގެން އައިސް ލީޑަރަކު ޖަލަށްލައިގެން އެގެންގުޅެނީ!! ގިނަބަޔަކު ބުނަނީ ވަޢުދެއް ފުއްދާލަންވެގެން “ޙަރާމް” ޙުކުމެއް ކޮށްގެން އުޅނީކަމަށް!! ހަމަޔާއި އިންސާފު ގަބޫލުކުރާ ދިވެހިން ތަންކޮޅެއް ދުރުންފެށިގެން މިއަދުގެ މިއިންސިޑެންޓާ ހަމަޔަށް ފުންކޮށް ވިސްނާލަން ރަގަނޅު!! އަދުލުއިންސާފު ހަމަހަމަކަމާ އިންސާފުވެރިކަމައެކު ގާއިމުކުރަން ގޮވާލަން ހަރުއަޑުން!! ދެން ބުރޯގެ ވާހަކަ ނުދައްކަމާ! އެއޮތީވެސް ވަލުދޮރޯށިން ވައްދާ ޑީލް ހަދައިގެން ފާޑެއްގެ ބޮޑުޖަރީމާއެއް ހިންގާފަ!! މިއީ ގިނަ ރައްޔިތުން ދައްކާތީ އަޑުއިވޭ ވާހަކަ!!

 2. ޠޫ

  ތިޔަ ހުރިހާ އެންމެންވެސް އަތައްގިވާތަން މިފެންނަނީ. ޖާހިލުމީހުން މަގާމުތަކަށް ނުހޮވާ

 3. ސަކީލު

  ތަހްގީގު ނިމެންދެން ޑރ. އިޔާޒްގެ ދީނީ ސުވާލާ ޖަވާބު ވައިބަރ ގްރޫޕުން އަހްމަދު އީސާ ޑިލީޓްނުކޮށް ބައިދަން ފެނޭ