ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކުށްވެރިއެއް ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ވ. އާރަށު ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ ޔާމީން 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ވެސް ކޮށްފައެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން ރައީސަކު މި ބަރަކާތްތެރި ރަމަޟާން މަހު އަނިޔާވެރިކަމާ އެކީގައި ޖަލުގައި އޮތް އޮތުން ހިތާމައާ އެކީގައި ކުށްވެރި ކުރައްވާ ކަމަށެވެ.

"އެއްވެސް ކަހަލަ އިހްސާންތެރިކަމެއް، އިންސާނިއްޔަތު ކަމެއް މި ސަރުކާރުގައި ނެތް ކަން މިއަދު ސާފުވެގެން މި ދަނީ،" ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރަށް ރައްދު ދެއްވައި އެމްޑީޕީގެ މެމްބަރު އީސަ ވިދާޅުވީ ހުކުމަކާ ނުލައި ކުށެއްގެ ތުހުމަތެއް ނެތި މަގުމަތިން ހިފައި ހައްޔަރުކޮށްގެން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރުގެ ރޯދަ މަހު އޭނާ ހޭދަ ކުރެއްވީ ޖަލުގައި ކަމަށެވެ. ޖަލުގައި އޮތް އިރު، ދައުވާއެއް ވެސް ނުކޮށް ތަހުގީގެއް ވެސް ނުހިންގާ ކަމަށް އީސަ ވިދާޅުވިއެވެ.

"ހުކުމްކޮށްފައި ވައްކަންކޮށްގެން، ދައުލަތުގެ މުދަލުން ވައްކަންކޮށްގެން ކޯޓަށް ސާބިތުވެގެން ޖަލަށްލާފައި އެ އޮތީ. އޭނާ އަށް ރަމަޟާން މަހެއް، ހައްޖު މަހެއް، އީދު މަހެއް އެތާ އޮންނައިރު ނާންނާނެ." މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ޔާމީނަށް އިޝާރާތް ކުރައްވައި އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވި ގޮތުގައި ކިތަންމެ ދެރަވިޔަސް، އަސަރު ކުރިޔަސް، ޔާމީނަކީ ކޯޓަކުން ކުށް ސާބިތުވެފައި ހުރި ކުށްވެރިއެއް ކަމަށެވެ. ރަމަޟާން މަހާއި ހައްޖު މަހު ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނަކު ނޯންނާނެ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުން އަދި ވެސް ބަލައިގަތުމާމެދު ގޮތެއް ނުނިންމައެވެ. އާރަށު މައްސަލަ ކޯޓުން ބަލައިނުގަނެ، ލަސް ކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން އެކިއެކި ދުވަސްތަކުގެ މަތިން ވަނީ ހައި ކޯޓަށް ވެސް ގޮސްފައެވެ.

ރައީސް ޔާމީންގެ ވަކީލުން މީގެ ކުރިން ވިދާޅުވެފައި ވަނީ މި މަހުގެ ތެރޭގައި ހައިކޯޓުން މައްސަލަ ނިންމައި އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު، މި މަސް ނިމެން ބާކީ ހަތަރު ދުވަސް އޮތް އިރު، މައްސަލައިގައި ހުކުމަކާ ހަމައަށް ވާސިލް ވެވިދާނެ ކަމަކަށް ނުބެލެވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. Anonymous

    މިއީ ކާކުތަ އެހެން މީހުންގެ ވާހަކަ ދައްކާކަށް. އަދިވެސް އަނބިމީހާ ގައިގަ ތަޅައިގަނެ ތުއްތު ދަރިފުޅު މަގުމައްޗަށް ހޫރުވާލެވޭތޯ ބަލާތި.

    135
    7
  2. ޙޯރަ

    ކަލޭ ތީ މާ ބޮޑު މުޖުރިމެއް. މި ވާހަކަ ހިތަށް ގެނެސްގެން އީސަ ހިތާ ހިތުން އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ

    121
    5
  3. މުހައްމަދު

    މިކަހަލަ މީހުން ވަރަށް އަވަހަށް އިރާދަކުރެއްވީޔާ ހަމަބިމަށް ތިރިވާނެ.

    106
    3
  4. އަލީ

    އަދީބު؟ ޒިނޭޔަތު؟

    56
    3
  5. ނަރީން

    ރައީސް މައުމޫނަށް ހެދި ގޮތް ހަނދާން އެބަހުރިތަ؟ މިއަދު ޔާމީނަށް އެ އޮތީ އެތަން ދައްކަވާފައި. ވަރަށް ސަލާން

    11
    83
  6. އހ

    ތިބޭފުޅާ އިރާދަކުރެއްވިއްޔާ ދާއިމައްއޮންނާނީ ޖަލުގަ

    72
    4
  7. އަވަށުމީހުން

    ޔާމީން ރޯދަމަހު ބަހައްޓަންޖެހޭނީ ހަތްތަރީގެ ރިސޯޓެއްގައި އެވެސް ދައުލަތުގެ ހަރަދުގައި.. ސިނަމާލެ ބުރިޖަށްޓަކާވެސް.. މިއަދު އެތަނުން ކިހާ ފަސޭހައެއް އެވަނީ.. މިފަދަ މާސްޓަރ މައިންޑް ސިކުނޑިތައް ޙަލާކްކޮއްލާކަށް ނުވާނެ ނަފްސާނީ ކޮއްގެންނެއް.. ތަނަކުން ވައްކަން ކުރަން ޖެހުނަސް އެހީ ހޯދާލެވޭނެ.. މިހާރުވެސް އިބޫމެން އެހީ ނުހޯދާކަމެއްނޭނގެ.. ޙަޒާނާއަކު ނެތް އެކެއްޗެއް ވެސް..

    55
    9
    • ސަންގުމީހާ

      ކަލޯގަޔާގަދަ ވަކަންކުރުން ހުއްދަވީތޯ ؟ ސިހުރު ވަކަން މިއީ ޔާމިނުގެ އުސޫލު ހަދާން އެބަހުރީހޭ ސިޓީ ކައުސިލަށް ހަދާލިގޮއި!

      3
      42
  8. ސަރީލޭ

    ކަލޭއަކަށް ނޭނގޭނެ ޖަލުގައި އޮންނަންވީ ކާކު ކަމެއް. މި ރޯދަ މަހު ޔާމީން ޖަލުން ނެރޭނަން. މަ ބުނީތީ ބަލާތި.

    62
    6
    • ޗަކޮއި

      އިންޝާﷲ

      26
      2
  9. މީރާ

    އެތަށް މިލިޔަނެއްގެ ވައްކަމެއް.އެކަމަކު އެންމެ މީހެއްގެ ފަހަތުން ސަރުކަރެއް 4 އަހަރުވަންދެން އުލެ އެމީހަކު ޖަލައްްލާފަ ދެންއެކަމުގަ ވާމިހުން ގެ ސަރީއަތެއް ނުކޮށް ތިބުމަކީ ބޭއިންސަފެއް ނުންބާ. އެކަމާ ވަކާލާތުކުރީމަ މަހަމަ ޖެހޭނެ. ކަމެ ކުރިކަމަށްހަދަން ކޮންމެ މީހަކު ޔާމީނޭ ކިޔާލީމަ އެފުދުނީބާ.

    48
    2
  10. ޕޮގުބާ

    އިރާދަ ކުރެއްވީޔަ ކަލެއަށް ތިކަން ދައްކާލާނަމެ ތިމަގާމެއްވެސް ކަލެއަކަށް އަބަދަކު ނޯންނާނެ މިވެރިކަމެއްވެސް މިގޮތަށް ނޯންނާނެ ވެރިކަން ނުލިބޭނެކަން އެންގޭތީވެ ކޯލިސަން ހަފަން ސަލާންޖަހަނީ އެކަމަކު އެއްބުރުން ވެރިކަން ހޯދާ

    44
    1
  11. އޭށްލީ

    މީނަގެ ފެންވަރަކީ އަންހެނުންނާ ދަރިއައް އަނިޔާކޮއް ފުލުހައް ގެންގޮސް މައްސަލަބަލާ މީނަ ސަލާމައް ނުވާހިސާބައް ދިޔާމަ އަންހެނުންނައް ގުޅާގެން ރޮއެހޭރުނީމަ މައްސަލަ އަނބުރާނެގީ ގެވެށިއަނީޔާގެ އައްޕައެއް

    50
    1
  12. މާބޭބެ ނޭފަރު

    ބަލަ ކަލޭތީ ވަގު ޑޮލަރު ޖެހިމީހެއް. އަނބި މީހާއަށް އަނިޔާކުރި މީހެއް. މަސްތުވާއެއްޗެހި ބޭނުންކުރާ މީހެއް. އެހެން މީހުންގެ ވާހަކަ ދައްކަން ޗޭ ކާކު

    45
    2
  13. ސިޔާމް

    ވަގެއް ވަނީ ހަމަ ވަގަކަށް

    12
    15
  14. މައުމޫނު

    މީނަގެ ފެންވަރަކީ މީނަ ކުރިން އިނދެގެން އުޅުނު އައްޑޫ މީދޫ މަންޖެއައްވެސް ގެވެށި އަނިޔާކޮއް ނުވީތާކައް އޭނަ ދަރިޔަކު ބޭނުމޭ ބުނީމަ މީނަބުނީ އަހަރެންގެ ކުރީގެ އަނބިޔައް އަހަރެންގެ ދަރިން އެބަހުއްޓޭ ކަލޭއަކައް އަހަރެން ދަރިން ބޭނުމެއްނޫނޭ ކިޔާފަ އޭނައައްވެސް ފުރައްސާރަކުރީ މީނަޔަކީ އަހުލާގުގެ ކަންފުޅެއްވެސް ހުރިމީހެއްނޫން

    46
    1
  15. ދަތްދޮޅި އާދަނު

    ރަނގަަޅު ވާކައެއް، ރޯދަމަހޭކިޔާފަ ބޮޑެތިކުށްވެރިން ގެއަށްބަދަލުކުރަންޖެހޭ އެއްވެސް ޤާނޫނެއްނޯންނާނެ، އޭނަ އެހުރީ ޖަލަކުނޫން، އެޕާޓްމަންޓެއްގަ، އޭސީލާފަ ޑަބަލް ބެޑުލާފަހުރި ބޮޑު އެޕާޓްމަންޓެއްގަ، މިއަށްވުރެ މާކުދިކުދި ކުށްތަކުގަ ޖަލުގެ ކުޑަގޮޅީގަ އަނިޔާލިބޭމީހުންގިނަ، އެމީހުން ގެއަށްބަދަލުކޮށްލުން މާރަނގަޅު

    9
    41
  16. މުއީޒު

    އަހަރެން އަޑުއެހިން ކަލޭ އަބަދުވެސް ހުންނަނީ ބިމުންމަތީގައޭ ގަހައްއަރާފެޔައޯ ކަލޭގެ ދާއިރާގެ ރައްޔަތުން ބޮލުރޮދި ކެނޑިފަ އޮތީމަދޯ ކަލޭމަޖިލީހުގެ ގޮނޑީގަ ބަހައްޓާފަހުރީ

    43
    1
  17. ސަންބެޑު

    އީސަ ކަލެއަށް ރޯދަމަސް އެއީ ކޮންމަހެއްކަމެއް ނޭނގޭ ކަލެއަށް އެމަސްއެނގޭނަމަ ކަލޭވަގުތުން ހަމަބިމަށްތެދުވާނެ ޖާހިލުކަން ދޫކޮށް އިހުސާންތެރިވާންދަސްކުރޭ މިމަށްސަރަކީ ތައުބާވުމުގުމަށްސަރު.

    38
  18. ޢޭނަ

    މިކަހަލަ މީހުންވެސް ރައްޔިތުންގެ މަންދޫބުންނަށް ވެވިފަފައިތިބޭތީ ހިތާމަ ކުރަން.

    43
  19. އާމިރު އަޙްމަދުު

    މަބުނީ އަދީބަކީ ކުއްވެރިއެއްނޫންވީމަތަ ފިނިކުރިކޮޓަރީގަ އެ އޮންނަވަނީ، މިއަށްތަ ކިޔަނީ ޢަދުލު އިންޞާފު،

    48
  20. އެކުވެރި އަޚް

    "އޭނާ އަށް ރަމަޟާން މަހެއް، ހައްޖު މަހެއް، އީދު މަހެއް އެތާ އޮންނައިރު ނާންނާނެ." ޞުބުޙާނަﷲ. އާދަމްގެ ދަރިއަކު މިކަހަލަ ކުފުރުގެ ބަހެއް ބުނާކަށް ނުވާނެ! ﷲގެ ހުކުމެއް ކަލޭމެންނަކަށް ތިގޮތަށް ދުލުން ބޭނުންހާއިރަކު ބަދަލެއް ނުކުރެވޭނެ. ކުށްވެރިޔަކަސް، ބަލިމީހަކަސް ދީނުގެ ފަރުޟުތަކާއި ހުކުމްތައް ހިނގާނެ އަދި އޭގަ އުސޫލުތަކެއް ލުއިތަކެއް އޮންނާމެ! ތިޔަ މުނާފިގު ޝިރުކުކުރާ މީހުން(އެބަހީ:ﷲގެ ހުކުމްތައް ބަދަލުކުރާ މީހުން) ގެ ނިމުން އޮތީ ހިތިކޮށް. އަގުރު އަލިފާނުގަ. ނަރަކައިގެ ވޭންދެނިވި އަޒާބުގެ ތެރޭގަ! ވީމާ އެކަމަށް ބިރުވެތިވެ ދުލުން ހެޔޮބަސް ބުނެ ހެޔޮ އަމަލު ގިނަކުރަންވީ. ޙައްޖާއި ރޯދައާއި އީދު ދުވަހަކީ މުސްލިމުންނަށް އަންނަ އެއްޗެއް. އިސްލާމީ ޝަރީޢަަތާ ޚިލާފަށް ކުރާ ހުކުމްތައް ނުވަތަ ޤުރުއާނާ ސުންނަތަށް ބެލުމެއްނެތި ކަލޭމެން އަމިއްލައަށް ހަދާ ވަޟުއީ ގާނޫނެއްގެ ދަށުން ކުރާ ހުކުމްތަކަށް ތަބާ ނުވުމަށް މާތްﷲ ވަނީ ކީރިތި ގުރުއާނުގައި އިންޒާރު ދެއްވާފަ! ވީމާ ވިސްނާ! އިލްމު ހޯދާ! މަޖިލިސް މެމްބަރު ކަމުގެ "އަދިރި" ކަމުން އަލިކަމަށް އައުމަށް މަސައްކަތްކުރޭ!
    ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ. އެކަލާނގެއަށް ޝަރީކު ކުރާ މީހުންގެ ފާފަވެސް އެކަލާނގެ އިރާދަ ކުރައްވައިފިނަމަ ފުއްސަވާނެ. އަވަހަށް އީސަ ތައުބާވޭ.

    43
    2
  21. ސުވާލެއް

    ދެން އަދީބު ކުއްވެރިއަކަށް ނުވާޢީޜު ކީއްވެތަ ބުރޯ ގޭބަންދުކޮށްގެން އޮސޮރު ތިޔަގެންގުޅެނީ

    34
  22. ސަރިންދާ

    ދެން އަދީބާ ޒިއްޔަތު ކުއްވެރިނުވާތީ ދޯ ގޭބަންދުކޮށްގެން ތިޔަގެންގުޅެނީ.

    37
  23. Anonymous

    ކަލޭ ރޯދަމަހެއްގަ ޖަލުގައި އޮންނަ ތަން ދެކެން މިގައުމުގެ ވަރަށް ގިނަމީހުން ބޭނުންވާނެހެން ހީވޭ އެދުވަސް އައުމަކީ ދުރުކަމެއްނުން ތިކހަލަ އަގަ ތަޅާމީހުންނަށް

    31
    1
  24. ކޮރަލް

    ރިސޯޓް މުވައްޒަފުންގެ ހައްގު ހޯދަ ދޭން އުޅުނު މީހާ އެވެ.

    26
  25. މާޟީ

    ކަލޭ ހޭކެނޑިގެން ތިތެޅެނީ

    27
    2
  26. ޒާ

    ތި ގަމާރަށް ރޯދައާއި ހައްޖާ އެނގޭތީ ރޯދައަށްހުރެ ޔާމީނު ނޮޅައިގެން ތިކަނީ.

    30
    1
  27. ަސދަސދ

    ގެވެށި އަނިއާކުރާމީހުން އުމުުރު ދުވަހަށް ޖަލަށްލާން ބިލްތައް ފާސްކޮށްބަލަ

    14
  28. އަހްމަދު

    ކަލޭތީވެސް މުޖްރިމެންނޫންތަ! ކަލެއަށް މޫވިންޕިކު ހިންގާ ރަތް ލިބުނީ ކޮން އުސޫލަކުން ކިހިނެއްބާ!!!

    10
    1
  29. ރަކަރަކަ

    ކަލެއަށް ތިތަން ފެންނާނެ! އިސްލާމީ މަތިވެރި އުސޫލުތަކާ ހަމަތައްނޭގޭ "ފޮދު ހޮއްޕެެވުމުގެ" މަތީފާސް ނަގައިގެން ރޯދަމަހު ކުކުޅުކައިގެން ރޯދަނުގެއްލޭ ޕިލޯސޮފީ ގަބޫލުކުރާ މީހަކު ތިހެން ބުނުމަކުން ޚައިރާނެއްނުވޭ! މިގައުމުގެ ވެރިންނީ އެބީދައިން އަމަލުކުރަން ފަރިތަ ބައެއް!

  30. އަލީ

    އަސާސީކިޔަވާ ސުކޫލަކައްނުގޮސް ބޮޑުވި ޖާހިލެއްތީ މެއްބަރުކަން ދޭން ހެޔޮނުވާނެ

    12
  31. ފަހީމް

    އީސަ ތީ ވަގެއް

    12
  32. މުފައްކިރު.

    ސުބުޙާނަﷲ. ކޮންފަދަ ޖައްބާރު ހިިތެއްގެ ވެރިއެއް.

    14
  33. އަލީ

    ކަލޭ ލާރިހޯދީ ކިހިނެއް ވަންޑޮލާ ކިޔާގެން މަހުޖަނަކައްނުވާނެ ކަލޭނުދެކޭ ބައެއްގެ ކާރީތިހެންކިޔާ މިހާރުތިކުރާވައްކަން ބެލޭނެ

    11
  34. އއ

    އަދީބު ؟؟؟

  35. ކޮތަޅު އިބްރާހީމް

    ޔާމީނުގެ ކުށަކީ އަލުން ވެރިކަން ހޯދަން ކުރާ މަސައްކަތް ބޯހުދު އިބްރާހީމަކީވެސް ހަމަ އެކަމަށް ފައިނަގާ އުޅޭ މީހަކަށް ވާތީ ޔާމީނު ދެކެ ގަންނާ ކުރައްވާ ބިރުން އަނިޔާވެރިކަން ދައްކަން ބޭނުންވަނީ

    13
  36. ޑައެލޯގް

    އަންނި ޖަލަށްލީމަ އީސަމެންގޮވީ ކުށެއްނެތްމީހެއް ޖަލަށްލިކަމަށެވެ. އެކަން އަންނި އިސްތިއުނާފު ކުރާކަށްވެސް ނޫޅެއެވެ. ޔާމީން އިސްތިއުނާފުވެސް ކުރިޔަނުދީ ތިގޮތަށް ނުގޮވޭނެއެވެ. ސުޕްރީމްކޯޓުން ސާބިތުވީމަ ވަގެއްކަމަށް ގޮވިއަސް އެންމެރަގަޅެވެ. އަދި ތިޔަ އެމްއެމްޕީއާރުސީގެ ފައިސާ ހަމައެކަނި ޔާމީނަށް ދައުވާކުރަނީ އަދީބުގެ ހެކިނަގައިގެންވީމަވެސް ސައްހަނުވާނެއެވެ. އީސައަށްވާނި އެހެންތާއެވެ. އީސައަކީ އަދީބުފަނި އެޅުވިމީހާކަމަށް އަންނިއާއި އީސަވެސް އެއްބަސްވެފައިވާ ނުކިޔަވާހުރި ޖާހިލެކެވެ. ރިސޯޓެއްގެ ކުނިކަހަން އުޅެފަފުންމާލިއަސް އެއްޗެއްނޭގޭނެއެވެ.

    10
  37. ނިހާދު22

    މީނައަށް ދައްކާލަންވާނެ ނިކަންރަގަޅަށް ޖަލު

  38. މުލި

    އިޙުސާންތެރިކަމާ އިންސާނިއްޔަތުަން ބޮޑުވެގެންތޯ ރައްޔިތުންގެ ލާރިގަނޑު ދިރުވާލީ ކަރުގަ އަޅައިގަތުމެއްވެސް ނެތި ލޮނދި ހިކައެއް ދިރުވައިލިހެން ޑޮލަރު ބޮޑި ދިރުވައިލީ..

  39. ނ. މާޅެންދޫ ކުއްޅަވައް ފަލު ރަނިން

    މީނަގެ ލަދު ކޮބާ. ޣްރޭޑް 5 ކުން މަދްރަސާ ނިންމާލީ، ކުޑައިރު އުޅުނީ ނ. ތޮޅެންދޫގައި ދޮންމަންމަ އެއްގެ އަނިޔާއިން ސަލާމަތް ނުވެވިގެން. ކުޑަކުޑަ ސޯޓް ބުރިއެއް ލައިގެން ގޭދޮރު މަތީ ބިންމަތީގައި ކިލާ ގަޑެއްހެން އަބަދު އިންނާނީ، ފެނެއް ނުވަރާނެ، ކާކަށް ނުލިބޭނެ ދޮން މަންމަ އަބަދު މި އީސަ އާ ދިމާލަށް ހަޅޭއް ލަވާނީ، މިއީ ދޮގެއްތޯ ނ. ކެދިކޮޅު ކުޅުދޫ މީހެއްގެ ކައިރީގައި އަހާބަލަ. މިވަރު މީހަކު ރައީސް ޔާމީނާ ޖައްސާލައިގެން މި އުޅެނީ. އީސަ ކޮބާ ކަލޭގެ ލަދު ހަޔާތް.

  40. ޒަހުރާް

    އަސްލު މީހަކަށް އަނިޔާއެއްދީފަ އަނެއްމީހާ އަށް އުފަލަކު ނޫޅެވޭނެ، ޔާމީނު ވެރިކަމުގަ ޤާނޫނަށް ތަފާތު ބަދަލުގެނެސް އެތައަް ސިޔާސީ މީހުނެއް ޖަލަށްލީ، އޭރުވެސް އެމީހުންގެ އާއިލާތައް ހަމަ ރޯދަމަހު ދިޔައީ އާދޭސް ކުރަމުން، ރޮމުން، ޙަޤީޤަތުގަވެސް ޔާމީނަކީ ބަދަލު ހިފުމުގެ ރޫހު ހުންނަ ޒީލަގަދަ މީހެއް ހުރިހާވަގުތެއް ތާސްކުޅުޅުމުގަ ހޭދަކޮށް ޤައުމުދަވާލަން އަދީބު އަތަށް ދީފަ މީނަ އިންނަނީ އަބަދު ތާސްކުޅެން. ނަމަވެސް މިހާރު މި ހުރި އިބްރާހިމް ރައީސް އަށްވުރެ ހިންގުންތެރި، ކަންކަން ކޮށްފަ އެބަހުރި ވައްކަންކޮށްގެން ނަމަވެސް، މިހާރު މި ހުރި މީހާ ޔާމީނަށް ވުރެ ގިނައިން ކައިފަ، ޤައުމު އިނދަޖައްސާފަ ، އިންޑިއާ އަޅުވެތިކަމުގަ ދިވެހިން ޖެއްސުމަށް ފަހު ދައުރު ނިންމާލާފަ މީނަ ބަޗާނި.

    1
    5
  41. އަންނަނީ އަންނަނީ

    މުއިއްޒު 2023

  42. ަިަަައިބްރާހީމް

    ޢީސަވެސް އަދި ޖަލަށް ވަނުމަކީ ގާތްކަމެއް. ދަވްލަތުގެ ޚިޔާނާތުގެ ބައިވެރިއެއް. ޤަވްމަށް ޣައްދާރެއް

  43. ކޮއްޔާ

    ރޯދަމަހު ކަލޯ ޖަލުގައި އޮންނަންޖެހޭ ދުވަހު ތިކަން އިހަސާސް. ވާނެ // އެތަން ފެނުން ވ ގާތްމީހެއްތީ //