ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުހުމަތުތަކެއް ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރ އަހުމަދު އީސާއަށް އެ ޕާޓީން ފިޔަވަޅު އަޅައިފިއެވެ.

އީސައާ ގުޅޭ މައްސަލާގައި އެމްޑީޕީން މީގެ އިރުކޮޅެއް ކުރިން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އީސަގެ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްގީގެއް އަވަހަށް ހިންގުމަށް އެެ ޕާޓީން މުވައްސަސާތަކަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ މި ޕާރޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓްކުރާނޭ ޢަމަލުތަކެއް ނޫން".އެ ޕާޓީގެ ބަޔާނުގައި ވެއެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން އޭނާއަށް ފިޔަވަޅު އަޅާފައިވެއެވެ.

އެގޮތުން މައްސަލައިގެ ޖިނާއީ ތަހްގީގު ނިމެންދެން، އެ ޕާޓީގެ ގައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި އީސަ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވެއެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް އަނިޔާ ކުރި މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ނަައީމް

  ބިރެއްނެތި މަޖާކުރުމަކުން ޖާނާއި ހައިބަތާއި މާލު ގެއްލޭތަ ތިޔަމަޖާ ނުވާނެއްނު ކުރާކަން އެކަމު އެމްޑިޕީ ވެރިން މަޖާކުރާ ޖަގަހަތަކެއް ރައްފުށުގަ އަޅަން ހާ ހިފާލާފަ މިއުޅެނީ އެއީ ރައްފުށުގާ އުޅޭ ކުދިންކޮޅުގެ ދުވަސްދުއްވާލަން މިކަހަލަ މަކަންކަން މިވެރިން މިކުރަނީ ދެން މޮޔައިންނޭ ބުނީމާ ކުށަކައްވާނެ ބޯހަލާކު

 2. މަޖްލިސް ސާފުކުރޭ

  ކާކު ކޮން އިރަކުންބާ ރާބޯ މަޖްލިސް މެމްބަރުންގެ އިސްތިއުފާ އައްވެސ ގޮވާލާނީ؟ އެވެސް ޤާނޫން ޚިލާފްކަމެއް

  10
 3. ބަރކޫޑާ

  އީސައަކީ ލާއިންސާނީ މީހެއް މީނަވަނީ ވަރަށްގިނަ ރިސޯޓުބޯއިންގެ ހަށްގުތަކަށް އަރައިގަނެފަ މީނަގެ ޕްރޮޕެގެންޑާގެ ދަށުން ރިސޯޓުބޯއިން އަތުން ލާރި ވަނީ ނަގާފަ އަދި ރިސޯޓުކުދިންނަށް ހަށްގުތަށްހޯދައިދޭނަމޭ ބުނެ މެންބަރުކަން ލިބުމުންވެސް މިނިވަންވޭޖަށް ހަށްޕު ކީމީހެށް.
  .

  10
 4. އައްޑޫ މީހާ

  ކަލޯ ވިސްނަންވީ ކަންކަމުން އިބްރަތް ހާސިލް ކުރަންވީ ފެންވަރު މަތިވެގެން އުޅުނު ދުވަހު އެހެން މީހުން ތިމާގެ ކުރިމަތީގައި އެއްޗަކަށް ނުވިތާ ތިމާގެ ދަރިފުޅާއި ވަރިކުރި ފުޅުވެސް ތިމާގެ ކުރިމަތީގައި އެއްވެސް އަގެއްނެތް އެއްޗަކަށް ހަދާލީ މިހާރު ފިޔަބިނދިފަ އިން ކާޅެއްހެން ކަލޯ ތިޔަހުރީ އަހުލާގެއް އެހެން މީހުންނަށް އިހްތިރާމް ކުރަން ނޭގުނީމަ ތިމާޔަށް ތިމާ މީހާ ފެނިފަހުރީ ވަރަށް ވެދުން

 5. ޢަލިޔާ

  އީސާ ހައްޔަރުކ ކުރުމަށް ކޯޓް އަމުރަ ކަށް އެދުމުން އެ ކަން ނުވެގެން އުޅެނީ ކާކު ކުގެ ނުފޫޒުން ބާ؟ މި ގައުމު މިހާރު ވެއްޖެ މާފިޔާ ސްޓޭޓަ ކަށް

  16
  1
 6. ޑެއި

  ދައްކާދަޅައެއް. ތިކަންވެސްދާނީ ރޯޔަލްރޭޕްކެސްގޮތަށް ތޮޅިއަށް.

  16
  1
 7. ވައިކިންގ

  ޖާބިރޫ އީސަޔަށް މިވާގޮތް ބުނެދީބަލަ. ބަލަ މީ ވަރަށް މުހިންމު ސުވާލެކޭ މިކުރީ. މީ ވަރަށް ވާހަކަ. ޖާބަރަށްވެސް މިހެން ވާން އުޅޭތަ؟

  15
 8. ސޫއޫދު

  ޢީސައައް އަދީބުއަތުން ގެންދިޔަ ދިއާތަކެތި ދަބަހުން ލިބުނުއެތިކޮޅު ހުސްވީ ރ ޔާމިނުގެ ވެރިކަމާދެކޮޅައް ނަޝީދުގެންގުޅީނީ އީސަ ކަމައް ވަރައްފަހުރާއެކު އެމްޑީޕީއިންބުނީ މިފަހަރު އެވެކްސިން މުއްދަތު ހަމަވީނޭގިތިއްބާ

 9. ޑިމޮކްރަޓިސްޓް

  ތިފޮޓޯއަށް ބަލާލީމަވެސް އެނގޭ ކެނޑިފަ އިންކަން.

 10. ހިތެއްގެ ފަށްވަރުން

  ބޯންޖެހޭ ބޯންވާނެ ހިނދުކޮޅު އެއއއ އީ ސަޅިގޮތްކަމަށް
  ރޯންޖެހޭނޭ އާޚިރަތުގާ ފެނިފަ ތި އޮތީ މޮޔަކަމަށް
  ޝާ އިރެ އް ނޫނަސް މި އީ ފިކުރު އެފަދަށް ރަ އްދެކޭ
  ދާދި އެއ އް ކަމަކުން ވިޔަސް މީހާ ފަޟީހަތް ވޭ އިނގޭ

 11. ހ މ ޒ

  ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، އީސައަކީ ސިޔާސީ ގޮތުން އިސް ބޭފުޅަކަށް ވެސް ވާތީ ހައި ޕްރޮފައިލް މީހުންގެ މައްސަލަތަކަށް އިސްކަން ދީގެން އެ މައްސަލަތަކުގެ ތަހުގީގަށް ފާރަވެރިވާން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއަށް އަންގަވާފައިވާ ކަމަށެވެ.

 12. އީސަ

  ފާރަވެރި ވެބަލަ ފުރަތަމަ މުގައްރިރުގެ ރޯޔާލް ފިރިކަލުން ނަށް؟