ކޮވިޑް-19 ޖެހިގެން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހާ ނިޔާވީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެެކެވެ.

އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު 3:45 ގައެވެ.

ނިޔާވި އެ މީހާއަކީ އެތަނުގައި 30 އަށްވުރެ ގިނަ އަހަރު ވަަންދެން މަސައްކަތް ކުރި މީހެކެވެ.

މީގެ ކުރިންވެސް ކޮވިޑްގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފަކު ވަނީ ނިޔާވެފައެވެ. އެއީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ދުވަހު ނިޔާވެފައި ވަނީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ އަންހެން މުވައްޒަފެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 119 އަށް އަރާފައެވެ. މިއީ މިއަދު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި ތިން ވަނަ މީހާ އެވެ.

މިއީ މިމަހުގެ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 46 ވަނަ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޖަނާ

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎ އޮފީސްތައް ބަންދުކޮށްފައި ހުރީ ނަމެއްގައޭ ކިތައް މީހުން މިތާ ޖަހާތަ އެބަ؟ ސަރުކާރުންވެސް އެއްވެސް ބަޔަކު މިކަމަކާ އަޅާނުލާ. އެމާޖެންސީ (އާޖަންޓް) ކަންތައް ނޫން އެހެންކަންތަކަށް މުވައްޒަފުން އޮފީހަށް ނުގެންދާށޭ އަންގާފަ އޮއްވާ މުވައްޒަފުން އެބަ ގެންދޭ!!! ބަލާބަލަ މާލޭ ކޯޓުތައް!!! ކޯޓުތަކުގެ މުވައްޒަފުން މަރުވާން ފެށީމަތަ ނުވަތަ ކިތައް މުވައްޒަފުން މަރުވީމަތަ ހޭއަރާނީ؟؟

  21
 2. އެމަންޖެ

  ސަރުކާރުން ތިބޭ އަދަދު ކިޔާ ރަނގަޅު ހަރުދަނާ ފިޔަވަޅެއް އަޅާނެ ކަމެއްނެތް.

  19
 3. ނަދީމް

  ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ގިނަ ބަޔަކު މަރުވަމުން ދަނީ ފަރުވާ ދިނުމުގައި ފަރުވާ ކުޑަވެގެންތޯ އެބަ ބަލަންޖެހޭ

  37
 4. އދ.

  ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ގިނަ ބަޔަކު މަރުވަމުން ދަނީ ފަރުވާ ދިނު މުުގާ ވަރައް ބޮޑައް ފަރުވާ ކުޑަކަ މައްއެތަނުން ނިކުންނަ މީހުން ބުނެހަދާ އަދި ސޯޝަލް މީޑިޔާގެ އެކަން ހާ މަކޮއްފާ ވެސް އެބަހުރި

  21
 5. އަޝްރާރު

  ނިޔާވި މުހައް މަދު ވަހީދު ދަރު މަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްދޭން އެދުނީ މަ އެޗް.ޕީ.އޭ އިން ބުނަނީ އެތަނުގަ ނެތޭ ހުސް އެނދެއް، އެކަ މު ވެރިންގެ ތި މާގެ މީހުން އެޑް މިޓް ކުރެވޭ. މަރުހޫ މް ވަހީދުގެ އާއިލާއިން ތަކުރާރުކޮށް އެދުނު، ވަހީދު ވެންޓިލޭޓަރަށް ލާން ދަރު މަވަންތައަށް ބަދަލުކޮށްދޭން، ބުނީ ބެޑެއް ނެތޭ، އެކަ މު ރައީސް ސޯލިހުގެ މަން މަ، "ހާލު ސީރިއަސް ނޫން ސޯދުބެ" އެޑް މިޓް ކުރަން ދަރު މަވަންތައިގަ ހުސްއެނދު ހުރޭ. ތަފާތުކުރުންތަށް ހައްދުފަހަނަ އަޅާފަ.

  28
  • ސަކޫން

   ކޮބާތަ ގެނައި ވެންޓިލޭޓަރ ތައް ހުޅުމާލޭ ފެސިލިޓީގަ ބަހައްޓަންވީ ނޫންތަ . މަވެސް ހިތަށް އަރަޔޭ ހުޅުމާލެ ފެސިލިޓީން ކީއްވެބާއޭ މިހާ ގިނައިން މީހުން މަރުވަނީ އަދި މިއެނގުނީ . ޢެތާ ތިބޭ މީހުން ހާލުދެރަ ވެގެން ކުރެވޭނެ ކަމެއް ނެތް ކަން ހަމަ ފަރުވާ ނުދެވި ގެން ކަން މި މަރުވަނީ. ޢެތަނުން ކުރެވޭ ކަމަ ކީ ހަމައެ ކަނި އޮ ކްސި ޖަން ގުޅާލަދިނުން . ޥެންޓިލޭޓަރ އެއްނެތް. ޢިންޑިއާގަ އޮޓޯތަ ކުގަ ވެސް މީހުންތިބޭ އޮ ކްސި ޖަން ގުޅައިގެން . ކޮބާ ދެން ތި ތަނުން ލިބޭ ޚިދުމަތެއް. ދެރަމީހާ މަރުވާން ދޫ ކޮށްލާފަ މޮޅުމީހާއަށް މޮޅުގޮތް.

 6. ޙާނިމް

  ޢެއް ސެކްޝަނަކުން ދެވަނަ މުވައްޒަފު . ކުރީގެ ދައުރުގައި ވެސް މިމުވަޒަފުން ގަދަ ކަމުން ނެރެގެން މަސައްކަތް ކުރުވާފައިވޭ. މުޅި ސެކްޝަން މިހާރު ޕޮސިޓިވް.

  13
 7. Anonymous

  إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.

  12
 8. މުވައްޒަފުން

  ތެދުތެދަށް ބުނާނަމަ ސަރުކާރުގެ ގިނަ މުވައްޒަފުން އަދިވެސް އޮފީސްތަކަށް ނެރޭ. ގޭގައި މަސައްކަތް ކުރާށޭ ބުންޏަސް ކުރެވޭނެ އިންތިޒާމެއް ނެތް. ޢަނގަހުޅުވޭކަށް ނެތް. ޥަރަށް ދެރަ. ޙައްތަހާވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތް. މިވަގުތު ފުރަބަންދުނޫން ހައްލެއް އަޅުގަނޑަކަށް ނުފެނޭ.

 9. ޙިޕޮކްރިޓް

  ސަރުކާރުން ބޭނުންވާ ކަންކަން ވަންޏާ އެމީހުންނަަށް އޯކޭވާނެ. ނިކަމެތި ރައްޔިތުމީހާ ހަނާވާނީ، އިއްޒަތްތެރިއަކު ޕޮޒިޓިވްވެއްޖެޔާ 5ތަރީގެ ސިއްހީ ހިދުމަތް ލިބޭނެ. މީގެންވެސް ގެއްލުންވާނީ ނިކަމެތި ރައްޔިތު މީހާ. ޢަޅާ ނުލެވި ފަރުވާ ކުޑަވެގެން ނުވަތަ އޮގްޒޯސްޓް ވެފައި ތިބި ހެލްތުކެއަރ ވޯކަރުންގެ ސަބަބުން އަސަރުކުރާނީ ވެސް ނިކަމެތި ރައްޔިތު މީހާއަށް.

 10. ޙހހހ

  ތިނޫން މުއައްސަސާއެއް ސަރުކާރުގައި ނެތް ، އެޗްޕީއޭއިން ރައްކާތެރިވެ ގޭގައި ތިބޭށޭ ބުންޏަސް މަޖުބޫރުން މުވައްޒަފުން ނެރިގެން ސަރުކާރު ހިންގަނީ ،ބޮޑެތި މީހުންނަށް ސައިހަދާދީ ކައްކާދޭން