އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާންކުރަން ކުރިން ހަމަޖެހިފައި އޮތަސް، އެކަން މާދަމާ އަށް ފަސްކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ އަގުތައް މާދަމާ އިއުލާން ކުރާނީ ރައީސް އޮފީހުންނެވެ.

އަގު ހެޔޮކޮށް ބޮޑު ބަދަލެއް އަންނަނީ ފިކްސް ބްރޯޑް ބޭންޑްގެ ޚިދުމަތަށް ކަމަށް އެނގިފައިވެއެވެ.

މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް ޚިއްސާކޮށްފައިވެއެވެ. މި މައުލޫމާތުތައް ވަނީ "ވަގުތު" އަށް ލިބި ކަށަވަރު ކުރެވިފައެވެ.

އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ ފުރަތަމަ މުވާސަލަތީ ޚިދުމަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ވަރުގަދަ ކުރުމަށް ވަކި ވުޒާރާއެއް ވެސް އުފެއްދެވިއެވެ. އެކަމަކު އޭރު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ނަތީޖާ ނުނެރެވުނު ކަމަށް ބުނެ މިނިސްޓަރު ކަމުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެ މަގާމުން ދުރުކުރިއެވެ.

މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އާ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވި ފަހުން، މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން އާ ސެބްމެރިން ކޭބަލްތައް ގާއިމްވުމުން އިންޓަނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޖާބެ

  ineffective

 2. ކާފަބޭ2020

  ކޮންމެވެސްއޮޅިގެންނަމަވެސް ބޮއްސުންލާފަވާކޮވިޑުގެވާހަކަ ނުދައްކާތި! ދެބޯގެރިދުއްވައިގެން ތިޔަގޮތުގަހިފަހައްޓާލާ! އޭރުން ރިޔާސީދައުރުހަމަކުރިދެވަނަމީހާގެލަގަބުލިބޭނެ! ދެން ބާކީބައި............

 3. ހާލުފޮޅި

  ކޮންދުވަހަކުންބާ މާދަމާ ވާނީ ؟؟؟

  1
  1
 4. އިބިލީހް ކައިވެނި

  އަދުނޫން މާދެން. ރައްޔިތުންނާގުޅިފައިވާ ހުރިހާކަމެއް މިކަހަލަގޮތަކަށްމިފަދީ
  މާލެ ސަރަހައްދު ލޮކްޑައުންކުރުން
  ގެދޮރުވެރިކަން
  އިންޓަނެޓް އަގުހެޔޮކުރުން
  ހައްގުވެރީންނަން ފުލެޓްހަވާލުކުރުން

 5. ގަޓޭ

  ކިނބޫ ތީ ކަމެއް ވާ މީހެއްނޫން. ކިނބުލަށް އެނގޭނީ ކަމެއްވީމަ ފެލިއަރުވަން.....

 6. އިންޓަރނެޓް ސުލޯލިހް

  ތިއައްވުރެ އަގުހެޔޮ ކުރެވޭނެ. އެއްބައި ޕެކޭޖުގައި މިހާރުވެސް ޖީބީއެއް ތިއައްވުރެ އަގުހެޔޮ. މަލީހު ހުރިއިރު ރައީސް އޮފީހުން އިންޓަރނެޓް އަގުހެޔޮ ކުރެވުނަނުދީފައި ހުރީ މަލީހު އެއީ އެމްޑީޕީ މިނިސްޓަރަކައް ނުވީމަ. އޭރުވެސް ދިރާގާއި އުރީދޫ އިންޓަރނެޓް އަގުހެޔޮ ކުރަން އެއްބަސްވި. މިހާރު އިންޓަރނެޓް އަގުހެޔޮކުރަނީ ނަމަކައް.

 7. ޜަބަރޭ

  ޢިބިލީހު ކާއިވަންޏައް ދޯ

  15
 8. ފފއމ

  ތިކަން ވެސް ނުވާނެ، އެހެން ކަމެއްވެސް ނުވާނެ. ރައްޔަތުން ބަލިޖެހި މަރުވަނީ. ހެލްތު މިނިސްޓަރަކައް ހުރީ ހިމާޔައް ކޮއްފަ އިން ކުކުޅެއް. ރައީސް މީހާ ކުރަން އިގޭހާ ކަމަކީ ޓިވީ އައް އަރާ ރުއިން. ނައިބަކައް ހުރިމީހަކާ ވާކަމެއްވެސް ނޫން. ދެން ހުރިމީހަ ބޮމޭ ކިޔާފަ އޮރިޔާން ކާޑު ބަހަނީ.

  16
 9. އިބިލީހުކައިވެނި

  އިބިލީހު ކައިރީގައި ކައިވެނިކުރަނީ ކޮން ދުވަހަކުތޯ އެހީމާބުނީ މާދަމާއޭ. އަނެއްދުވަހު އެހީމާވެސް ބުނީ މާދަމާއޭ.

 10. ރިސޯޓް ބޯއީން

  ކޮބާ 100 ދުވަސް ތެރޭ ދޭން ބުނި މިނިމަމް ވޭޖް؟؟؟
  ވޯޓް ދިނިން. ދުލެއް ނުކުރާނެ. ކިޔާނަން. ގޮވަން.
  ވައުދާ ހުވާ ކުރާނެޔޭ
  އެހަނދާން ނެތޭނެޔޭ.

 11. ޙަޤީޤަތް

  "5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބީ ލިބޭނެ އެވެ" މިވީ ގޮތް ބަލަމާ. މިހާރު 350 ރު އަށް ލިބެނީ 40ޖީބީ. 10ޖީބީ މަދުމިވީ 100 ރުފިޔާ ވެސް މަދުވީޔޯ. އެކަމް ދުވާލަކަށް ޖީބީ އެއް ނުވާނެ ކަން ސްމާޓު އާލާތް ގެންގުޅޭ އެންމެން ވެސްދަނޭ.
  ދެން މިޖެނީ މިގޮތަށް ހަދަން. "15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ." ކޮންތާކު މިޖެހުނީ 150 ރުފިޔާ އިތުރަށް ދައްކަން މިޖެހެނީ އިތުރަށް ނުލިބޭ ލާރިޔަކަށް. ސުޕީޑުގެ ވާހަކަ ނުދައްކަމާ، މިހާރުވެސް ވަންއެމްބީޕީއެސް އޯ! އެކަމް ކޭބީއެއްވެސް ނުލިބޭތީތާ އޮންލައިން ކުލާސް ރޫމަށް ނުވަދެވިގެން މިތިބެނޭ، މަހު ފަތައް ދިޔާމާ،
  އަހަރެމެން ހީކުރީ 250 ރުފިޔާ ދައްކައިގެން 250ޖީބީ ލިބޭނެ ކަމަށް. އޭރުންތާ 5 ރުފިޔާ އަށް ޖީބީ ގަނޑެއްވެސް ޖެހޭނީ.
  އެނޫނީ ޒޫމް، ޖީމީޓް ފުރީ ކޮށްލިނަމަ އާދެން ހެވޭ ބުނެވޭނެ. މިހާރު ސޯޝަލްމީޑިޔާ އަށް 3ޖީބީ ޔޯ. އެންމެން ތިބުނާ ސޯޝަލްމީޑިޔާ އަކަށް ނުވަދޭ.
  މިހާރު އަމިއްލަޔަށް ފަހާށޭ ކިޔާފަ ވަރެއް ހުރޭ އެވެސް އޮޅުވާލުމެއް.

 12. ކަޅުބެ

  ފަސްރުފިޔާއަށް 5 ކިލޯ ޖީބީ ...