މިއަދު ދިވެހިރާއްޖޭގެ މުޅި ފަނޑިޔާރުގެ ވަނީ ސިޔާސީ ފަރާތެއްގެ ވަކިތަކުގެ ދަށުގައި ތާށިވެ، މިނިވަންކަމާ އަދުލަށް ހުކުމް ކުރުމުން އެއްކިބާވެފައިކަމުންނާއި، އިންސާފުގެ މަގުން މިއަދު ފަނޑިޔާރުކަން ކުރެވޭނެ މާހަލެއް ނެތްކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެއް ކޯޓުން ބޭރުކޮށްލަން އޭނާ އިއްވި ޙުކުމް އޮތީ ދައުވާ ވެސް އުފުލުމުގެ ކުރިން ލިޔެފައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތުހުމަތު ކުރެއެވެ. ޖޭއެސްސީއަށް ލިބުނު ޕެންޑްރައިވްއެއްގައި އެޙުކުމް ލިޔެފައި އޮތް ކަމަށް ޖޭއެސްސީ އިން ބުނެއެވެ. އެންވެ އިސްމާއިލް ރަޝީދު ޤާޟީ ކަމުން ވަކިކުރަން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މަގާމުން ވަކިކުރުމުގެ ކުރިން އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަށް އިސްމާއިލް ރަޝީދު ފޮނުވި ސިޓީގައި ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަކުރި ހުރިހާ ދުވަހެއްގައިވެސް އަމަލުކޮށްފައިވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެންމެހައި ޤާނޫނުތަކާ އިސްލާމީޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމުގެ މައްޗަށް ކަމަށެވެ.
އިސްމާއިލް ރަޝީދު ވިދާޅުވީ، ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އޭނާ ވަކިކުރަން ނިންމިއިރު، އެ ޕެންޑްރައިވްއަކީ އޭނާގެ ޕެންޑްރައިވެއް ނޫން ކަމަށެވެ. "ޕެންޑްރައިވްއަކާ ގުޅޭގޮތުން އަޅުގަނޑާ ސުވާލެއްވެސް ކުރެވިފައި ނެތެވެ. އަޅުގަނޑުގެ ގައިރު ހާޒިރުގައި ހޯދާފައިވާ ޕެންޑްރައިވްއަކުން ފެންނަ ފައިލަކާމެދު އަޅުގަނޑު ޒިއްމާވުމަކީ ހަމަބުއްދި ގަބޫލުކުރާނެ ހަމައެއް ނޫނެވެ. ކޮމިޝަނުން ތިޔަ ޕެންޑްރައިވެއް ހޯދީ ފަހެ ކޮންތާކުން ހެއްޔެވެ؟ ތިޔަ ކޮމިޝަނަށް ހުށަހެޅުނު އަޅުގަނޑުގެ ޝަކުވާއާ ގުޅުމެއް ނެތް ޕެންޑްރައިވެއްގެ މައްސަލަ ތިލަވެގެން މިއުޅެނީ އަޅުގަނޑު މަޤާމުން ވަކިކުރާނެ އެހެން ސަބަބެއް ތިޔަ ކޮމިޝަނަށް ނުފެނުނީތީ ކަމުގައި ދެކެމެވެ." ސިޓީގައި ވިދާޅުވެފައިވެއެވެ.
ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅިގެން މައްސަލައެއް ބެލުމަކީ، އެ ކޮމިޝަނުން ޤާނޫނުއަސާސީ ބޮލާލައި ޖަހާފައިވާކަން އަންގައިދޭ ކަމެއް ކަމަށް ވެސް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އަދި ތޯ ތިކަމެއް ތިޔަ ފެންނަނީ ، ތީ ގިނަމީހުންނަށް މާކުރިންވެސް އެނގޭކަމެއް ، އެޖެންޑާ19 ތަފާތުވާނެ
ހުރިހާފަރާތްތަކީވެސް ސިޔާސީވަކިތަކުގައި ތާށިނުވެ ވަރަށްތެދުވެރިގޮތުގައި ތިއްބަވަންޖެހޭ ފަރާތް
ތަކެއް ވަކިން ޚާއްސަކޮށް ފަނޑިޔާރުން ވީމާ. މުޅިފަނޑިޔާރުގެ ސިޔާސީފަރާތެއްގެ ވަކިތަކުގެ
ދަށުގައި ތާށިވެ މިނިވަންކަމާ އަދުލަށް ހުކުމް ކުރުމުން އެއްކިބާވެފައިވާތީ އަދި ޕެންޑްރައިވް
މައްސަލައަކީއަރަތެއް ވީމާ. އިސްމާޢީލް ރަޝީދު އިސްތިއުފާދެއްވުމަކީ އިންސާފަށްލޯބިކުރައްވާ
ކަމުގެ މިސާލެއް ނަމަވެސް ތިފަދަތެދުވެރިބެފުޅުންމަދުވާނެތި އިސްމާޢީލްރަޝީދުގެ އިސްތިއުފާއަށް
ހިތާމަކުރަން ނަމަވެސް ތެދުވެރިބޭފެއްކަން ހާމަކުރެއްވީތީ އުފާކުރަން
މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް!! މުޅިންވެސް ހިންގަނީ ޖަރީމާ މިސަރުކާރު އައިފަހުން!! ބައެއް ފަނޑިޔާރުންވެސް އަދުލުއިންސާފުން އެއްކިބާވެތިބެ ހިންގަމުން އަންނަނީ ޖަރީމާ!! ޕެންޑްރައިވަކީވެސް ކުޑަ އެއްމިސާލު! ޖުޑިސަލް ސަރވިސް ކޮމިޝަނޭ މިކިޔާ ރީނދޫ ސިޔާސީ ގޮފިންވެސް ހިންގަނީ ޖަރީމާ!! މަޖްލިސްއިންވެސް ހިންގަމުން އަންނަނީ ޖަރީމާ! ސަރުކާރުގެ ގިނަ އިސްފަރާތްތަކުންވެސް ހިންގަމުން އަންނަނީ ޖަރީމާ!! ރައްޔިތުންނަށް އަޅާލާ ގައުމަށް ފައިދާހުރި ގައުމުގެ އަމިއްލަވަންތަކަން ދިފާއުކުރުމުގެ ބަދަލުގައި މުޅި ދައުލަތުން ހިންގަމުންއަންނަނީ ހަމަ ޖަރީމާ!! އޭގެ އެންމެބޮޑު އެއް ހެއްކަކީ ކޮވިޑް ކޮންޓްރޯލްނުކުރެވި ދުވާލެއްގެ މައްޗަށް އެތައް ރައްޔިތުންނެއް މިދުނިޔެއާއި ވަކިވެގެންދާތަން މިފެންނަނީ!! ދައުލަތް މިއޮތީ މިކަމުގައިވެސް ބޮޑުތަނުން ފޭލްވެފަ!! ހަމަ ލާހޫރޭ ބައެއް!! ބަދަލުގެ ގޮތުގައި ރައްޔިތުންގެ ފައިސާކޮޅު ދަވާލައިފި!! ކޮރަޕްޝަންވެސް މެކުހުހުގައި!! ފޭލް ފޭލް ބޮޑުތަނުން ފޭލް!!
ސުވާލުއުފެދޭ ކަމެއްނެތެވެ. އެމްޑީޕީނޫން އެހެންހުރިހާ ފަނޑިޔާރުން މަގާމުން ވަކިކުރާނެ. ކޯޓުތައް އިންސާފުވެރިވާނީ އެއިރުން.
ޝަރީޢަތްކޮށް ޙުކުމްއިއްވާ ޤާޟިން 3 ބަޔަކަށް ބެހެއެވެ. އެއީ ނަރަކަވަންތަވެރިންކަމުގައިވާ ދެބަޔާ ސުވަރުގެވަންތަވެރިންކަމުގައިވާ އެއް ބަޔެވެ. މާތްﷲއަށްޓަކައި ޙުކުމްކުރި ފަނޑިޔާރުންނަށް ސުވަރުގެއެވެ. ޝައިޠާނާއަށްޓަކައި އަނިޔާވެރިވި ޤާޟީންނަށް ނަރަކައެވެ. މާތްﷲއަށް ބިރުވެތިވާށެވެ! ދުނިޔެއިން ލިބެންއޮތް މުދަލަކަށް ދަހިވެތިނުވާށެވެ!
ކޮބާ މި އޮތީ .މިއީ ފަޑިޔާރުން ފަޑިޔާރުގެ އިސްލާހުކުރަންވީ ވަގުތު. ސިޔާސީ ވެރިންގެ ކޮންޓްރޯލް ކުރާގޮތަށް ހަދާފައި އޮތީ ޚުދުމުހުތާރުކަމުގައި ރަސްކަންކުރަން. ޙައްޤުބަސް ބުނަންޖެހޭ. ބޭ އިންސާފުން ކަންތައްވާިރު އަޑުއުފުލަންޖެހޭ.ބިރުކަޑާފަ އެއް އަޑަކުން ސިޔާސީ ފިއްތުންތަކުން މިންޖުވާން ފަޑިޔާރުން ބަސްނުބުނެފިނަމަ އެކަކަށްވެސް ރައްކާތެރިކަމެއް އެބައޮތްތޯ
މައްސަފެށުމުގެކުރިން އެހުރީ ނިޔާކަނޑައަޅާ ޕެންޑް ރައިވްގަ ރައްކާކޮއްފަ. ނަސީބެއްނު ބާޖަގިޔަލެއްގަތާށިނުވަނީސް ސަލާމަތްވިކަން.
ފަނޑިޔާރު އިސްމާއިލް ރަޝީދަކީ ވަކި ރަންގަޅު މީހެކޭ ބުނާކަށެއް ނޫން މިއުޅެނީ. އެހެން ނަމަވެސް ފަނޑިޔާރު އިސްމާއިލް ރަޝީދް އެދައްކާ ވާހަކައިގެހޤީޤަތްތަކެއް ވޭ. ޖޭއެސްސީ އަކީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ނަމުގައި ފަނޑިޔާރުންނަށް ބުލީ ކުރާ ބައިގަނޑެއް. އަދި ފަނޑިޔާރުންނަށް ބުލީކޮށް ގަންހިންގައިގެން ފަނޑިޔާރުގެ އަޅުވެތިކުރަން ހިތުން ބޮޑުވަޒީރު ނަޝީދު ބޭނުންކުރާ ނިވާފަތްގަނޑެއް.
ފަނޑިޔާރުން ކުރާ ހުކުމަކާއި ހިތުން ބޮޑުވަޒީރު ނުރުހިއްޖެ ނަމަ އެފަނޑިޔާރަކާއި ގުޅިގެން "އެޕެންޑްރައިވް" ފެނުމާއި، ފަނޑިޔާރުން ގަންހިންގުމުގެ ސިލްސިލާއެއް ފެށިގެން ދޭ. ބޯދިގު ފިރިހެނަކާއި ބޯކުރު އަންހެނަކު ނެރެގެން ފަނޑިޔާރުން ހާޒިރުކޮށް ތަހުޤީޤްގެ ނަމުގައި ފަނޑިޔާރުންގެ ދަތްދޮޅި ދަށަށް އަތްގަޅާލުމާއި، ވަހުމަށް ބިނާކޮށް ނުކިއްސަރު ސުވާލުކޮށް ލައިވް ޓީވީގައި ފަނޑިޔާރުންގެ އިތުބާރު ރައޔިތުންގެ ކުރިމަތީގައި ގެއްލުވާލައި، ފަނޑިޔާރުންގެ ޝަޚްސު ކަތިލައި ފަނޑިޔާރުންގެ އިއްޒަތުއްނަފްސް އުލުބެއިންދުމަކީ ފަނޑިޔާރުގެ އަޅުވެތިކުރުމަށް ހިތުން ބޮޑުވަޒީރު ނަޝީދު ޖޭއެސްސީގައި އިނދެ ހިންގާ ނާތަހުޒީބު ފިޑި އަމަލުތައް.
ޖޭއެސްސީގައި ނަޝީދު އިންހާ ދުވަހަކު ފަނޑިޔާރުގެއިން އިއްވާ ނަޝީދު ޤަބޫލޫ ނުކުރާ ކޮންމެ ހުކުމަކަށް ގޮންޖަހާ އެހުކުމެއް އިއްވި ފަނޑިޔާރަށް ބުލީކުރާނެ. ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކޮށް އެތަނުން ކޮންފްލިކްޓް އޮފް އިންޓްރެސްޓް ނައްތާލައިގެން މެނުވީ ފަނޑިޔާރުގެ މިނިވަނެއް ނުކުރެވޭނެ.
ތަހުޒީބުވުމަކީ މަޢްސަލަފެށުމުގެ ކުރިންނިޔާކަނޑަ އެޅުންތޯ. މިކަހަލަމީހޫންވެސް ޖެހޭނެ މާ އެގިގެން އަނގަފުޅާކުރަން.
ދެން މީނަވެސް ވާނީ ހަމަ ހުދުކާފޫ ރަށް.
ވަރައް ޖަމާން ތަކަކައްފަހު ގުއި ރޯނުގައި ޖެހިނިމުނީ...
ކޮބާ އަދިވެސް ހުވާކޮއްގެން ތިބެ ހަދާ ދޮގުތައް ބޭޒާރު ވާނީ...
ނެކަން ދެކިބަލަ ބަލާފި އިންސާނަކަށް އިބަރަތެއް ރާއްޖޭގެ އެންމެ މަތީކޯޓު ސްޕްރީމް ކޯޓުގެ ކުރީގެ އިއްޒަތްތެރި ފަޑިޔާރުން ދިމާވި ހިތި ތަޖުރިބާ މީ ވިސްނާލަން މުހިއްމު ކަމެއް ކެޔޮގަޑު ކަޑާލީމާ ގަހުގެ ބޭނުން ދިޔައީ ތުން ފޮހެލާފާ އެއްލާލި ޓިޝޫއެއްފަދަ ލަދުވެތިކަމެއް ދެން ކޮންބަޔަކު ތެދުވެރިވާނީ ނޫނީ ރަގަޅުވާނީ ހިތްދަތިކޮށް އެބޭފުޅުން ދުއްވާލީ ވަރަށް މޮޅު
މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް!! މުޅިންވެސް ހިންގަނީ ޖަރީމާ މިސަރުކާރު އައިފަހުން!! ބައެއް ފަނޑިޔާރުންވެސް އަދުލުއިންސާފުން އެއްކިބާވެތިބެ ހިންގަމުން އަންނަނީ ޖަރީމާ!! ޕެންޑްރައިވަކީވެސް ކުޑަ އެއްމިސާލު! ޖުޑިސަލް ސަރވިސް ކޮމިޝަނޭ މިކިޔާ ރީނދޫ ސިޔާސީ ގޮފިންވެސް ހިންގަނީ ޖަރީމާ!! މަޖްލިސްއިންވެސް ހިންގަމުން އަންނަނީ ޖަރީމާ! ސަރުކާރުގެ ގިނަ އިސްފަރާތްތަކުންވެސް ހިންގަމުން އަންނަނީ ޖަރީމާ!! ރައްޔިތުންނަށް އަޅާލާ ގައުމަށް ފައިދާހުރި ގައުމުގެ އަމިއްލަވަންތަކަން ދިފާއުކުރުމުގެ ބަދަލުގައި މުޅި ދައުލަތުން ހިންގަމުންއަންނަނީ ހަމަ ޖަރީމާ!! އޭގެ އެންމެބޮޑު އެއް ހެއްކަކީ ކޮވިޑް ކޮންޓްރޯލްނުކުރެވި ދުވާލެއްގެ މައްޗަށް އެތައް ރައްޔިތުންނެއް މިދުނިޔެއާއި ވަކިވެގެންދާތަން މިފެންނަނީ!! ދައުލަތް މިއޮތީ މިކަމުގައިވެސް ބޮޑުތަނުން ފޭލްވެފަ!! ހަމަ ލާހޫރޭ ބައެއް!! ބަދަލުގެ ގޮތުގައި ރައްޔިތުންގެ ފައިސާކޮޅު ދަވާލައިފި!! ކޮރަޕްޝަންވެސް މެކުހުހުގައި!! ފޭލް ފޭލް ބޮޑުތަނުން ފޭލް!!