އިންޓަނެޓް ޚިދުމަތުގެ އަގުތައް ހެޔޮކޮށް، އާ އަގުތައް އިއުލާން ކުރުން އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފިއެވެ.
އިންޓަނެޓުގެ އަގަށް އަންނަ ބަދަލުތައް އިއުލާން ކުރަން ޓެކްނޮލޮޖީ މިނިސްޓްރީގެ ފަރާތުން ފުރަތަމަ ނިންމީ އިއްޔެއެވެ. އެކަމަކު، އެ އަގުތައް އިއުލާން ކުރުން ކުއްލި ގޮތަކަށް މިއަދަށް ފަސް ކުރިއެވެ.
ދެން މައުލޫމާތު ލިބިގެން އައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވަމުން ދާތީ މުއްދަތެއް ނެތް ގޮތަށް ހެޔޮ އަގުތައް އިއުލާން ކުރުން ފަސްކުރުމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒާ މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން މިއަދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ އިންޓަނެޓްގެ އާ އަގުތައް އިއުލާން ކުރާނެ ވަކި ދުވަހެއް ސަރުކާރުން ނުނިންމާ ކަމަށެވެ.
އެކެމަކު އޭގެ މާ އިރުތަކެއް ނުވެ ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، އިންޓަނެޓްގެ ޚިދުމަތަށް ސަރުކާރުން ކަނޑައަޅާފައިވާ އާ ސިޔާސަތުތައް އިއުލާން ކުރުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އޮންނާނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ވެސް ފަހުން ވަނީ ޓްވިޓާ މެދުވެރިކޮށް މި ކަން އިއުލާން ކުރައްވައިފައެވެ.
https://twitter.com/MvSpokesperson/status/1397083697694707717?s=20
އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. އެކަމަކު އެ ވައުދު ފުއްދުމަށް އެކި ފަހަރު މަތިން ތާރީޚުތައް ދެމުން ގޮސް ލަސްވަމުންދާތީ ރައްޔިތުންގެ ނުރުހުން ވެސް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ސަރުކާރާއި އިންޓަނެޓުގެ ހިދުމަތްދޭ ފަރާތްތަކާ ދެމެދު ނިންމާފައި އޮތީ އެންމެ ބޮޑު ބަދަލަކަށް ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތުގެ އަގަށް ބަދަލު ގެނައުމަށެވެ.
މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ބައްދަލުކޮށް އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުތައް ޚިއްސާކޮށްފައިވެއެވެ. މި އަގުތައް އިއުލާން ނުކުރި ނަމަވެސް ސަރުކާރުގެ ހުށަހެޅުމުގެ މައުލޫމާތުތައް ވަނީ "ވަގުތު" އަށް ލިބި ކަށަވަރު ކުރެވިފައެވެ.
އެ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް ބަލާއިރު، 5 އެމްބީޕީއެސް ސްޕީޑްގައި 200 ރުފިޔާއަށް 30 ޖީބީ ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 500 ރުފިޔާއަށް 100 ޖީބީ ލިބޭ ގޮތް ހެދުން ހިމެނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 750 ރުފިޔާއަށް 200 ޖީބީ ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ހުށަހަޅާފައި ވެއެވެ.
އެންމެ ފުރަތަމަ މުވާސަލަތީ ޚިދުމަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ވަރުގަދަ ކުރުމަށް ވަކި ވުޒާރާއެއް ވެސް މި ސަރުކާރުން އުފެއްދިއެވެ. އެކަމަކު އޭރު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް ނަތީޖާ ނުނެރެވުނު ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން އެ މަގާމުން އޭނާ ދުރުކުރީއެވެ.
މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާއި ކޮމިއުނިކޭޝަން މިނިސްޓްރީ އެއްކޮށްލުމަށް ފަހު، އާ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވި ފަހުން، މިނިސްޓަރު ޝައުނާ ވެސް ވަނީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން އާ ސެބްމެރިން ކޭބަލްތައް ގާއިމްވުމުން އިންޓަނެޓްގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ތި ބުރާސްފަތި ދުވަހެއް ދެނެއްނާންނާނެ 😂😂😂😂
އަންނާނެ. ޑިއުޑޭޓް އެދެނީ ސްކޭންކޮށްފަ ރޭޑޮޮޮޖިސްޓް ބުނާ ގޮތަށް. ދުވަސް ފުރުނަސް ވިހެއުން ލަސްވަނީ. އެހެން ބަނޑުގަ ނުވިހާ އޮންނަންޏާ ބޮޑުވެފަ ވިހަން އުނދަގޫވާނެ. ހީވަނީ އަގުތަށް ވިހާއިރު މިހާރުގެ އަގާ ހަމަ އެއްވަރުހެންވާނީ. ޗައްކަރެއް ހަދާފަ އޮވެދާނެ. ވަގުތު ނޫހުން އިންޓަރނރޓް އަގުތައް ވިހޭމަ އޭގެ އެނަލިސިސް އެއް ހައްދަވާލަ ދެއްވުން ވ.ބޮޑަށް އެދެން.
މަށަކަށް ނުކިޔޭނެ ތިހާ ދިގު ލިޔުމެއް. މަޒުމޫނެއްތަތީ؟ލޮލް
އއއއއއޢިބިލިސް ކަ އިވެންޔަ އްބަދަލް ވެ އްޖެ
ތީ އިބިލީހުގެ ކައިވެނި ދޯ
ތިވާނީ ކަތްދަ އިތަގެ ބަދަންގަނޑަށް
ހައްތަހާވެސް ހުސް ހޮޅިވާހަކަ މަކަރުހަދާ ސަރުކާރު ދެބޯގެރި ދުއްވާ ސަރުކާރު ރައްޔިތުމީހާ ގުނބޯހައްދާ ސަރުކާރު ދެފުއްކެހެރި ސަރުކާރު މިގޮތަށް ކިތައްމެ ވިޔާނުދާ ނަންނަމުން މިސަރުކާރާ ގުޅުވައިގެން މުހާތަބުކުރެވޭގޮތަށް ކަންތައްތައް ކުރަނީ
ކުރަންވީ ކުރަންވީ ގޮވަންވީ ކިޔަންވީ
ތިޔަހެން ގުއި ރޯނު ދަމާލަދަމާލަ ތިބޭ
ކޮން އިންޑިޔާ މީހުންގެ ކަލްދޯ ބަޖޭއެކޭ ކިޔާކަށް ކުރިންވެސް ރައްޔިތުން ފެލީ ދެންވެސް ފެލާން ކެވޭތޯބަލާ .ހަނާވާނީ ރައްޔިތުންތާ.
ރައްޔިތުންނުފެލާ ހިލޭބަހާސަރުކާރެއް ކުރިންމިގައުމުގަ އޮތީ އޭރު އިންޓަރނެޓުވެސް ކޯލް އެސްއެމްއެސް ވެސް ހިލޭ
ރައީސޫ، މިއުޅެނީ ކޮވީޑްގައި މީހުން މަރުވާ ވަރުންނޭ. ބަނޑު ފުރާނަ މުއްތި ނުކުރެވިގެންނޭ
އިންޓަނެޓޭ، ނެޓްބޯޅައޭ ކިޔާ ދެބޯގެރި ދުއްވަން ލަދުގެ ކަންފުޅެއްވެސް ނެތްދޯ؟
ޢަގުތަކަށް ކޮވިޑު ޖެހުނި އްޔޯ 14 ދުވަސް ފަހުން ދެން އއެކަންވާނި.
އޭގެމާނަޔަކީ ބުރާސްފަތިދުވަހަށް ކޮވިޑްހާލަތުރަނގަޅުވަނީއޭތޯ ކޮވިޑްހާލަތާގުޅިގެން މިކަހަލަ މުހިންމު ޚިދުމަތްތައް ދިނުންލަސްވާގޮތައް ސަޔާސީމަގާމުތައްދިނުންވެސްލަސްވާނަމަ އަހަރުމެންގެޓެކްސް ފައިސާކޮޅުން ހާދަބޮޑުއެއްޗެއް ސަލާމަތްވީސްތާ
އިއުލާނުކުރަން މިހާދުވަސް ނަގާއިރު ހިދުމަތް ލިބެން ކިހާދުވަހެއް ނަގާނެބާ؟؟
ގާބިލްކަމެއްނެތްކަން އިތުރައްމިހާމަވަނީ
ދިރާގާއި އުރީދޫ ބޯޑު މެންބަރުންގެ ނުފޫޒު.
ސްޕީޑް އަވަސް ވާނެ ދުވަހެއްވެސް އިއުލާން ކުރަން އެދެން
އިންޓަނެޓު އަގުހެޔޮނުވެގެންތަ މިއުޅެނީ ގައުމުގަތިބި ދުވަސްވީ ހަރުމީހުންކޮޅު ނެތިދާތީ މިއުޅެނީ އެއީ މިގައުމުގެ އަގުބޮޑު ރައުސުލްމާލް ކަންކަމުގެ ތަޖްރިބާ ކާރުން ކޮންއިންޓަނެޓެއްތަ ތިއަގުހެޔޮ ކުރެވިދާނެ ފަހުންވެސް މިއޮއްހުރިހާދުވަހަކުވެސް ކުޑަކުރަން ކިޔަކިތާ ތިބީނު އޭރުވެސް ފުރުސަތުއޮތް
ކޮންމެސްތިކަން ނުކުރާތި
އިބިލީހުގެ ކައިވެނި.
ކަމެއް ކުރާނަމުގަ ކަރުމަޅި ޖަހާ ދަމެއް ނުޖައްސާފީއަތޯއްޗެ. ވިސްނާލަންވާނެ. މަޅީގަ ޖެހެންތިބީވެސް ހަމަ އަހަރެމެން.
އިންޓަނެޓްގެ ހެޔޮ އަގު އިއުލާން ނުކުރެވިގެން ކީރިތި ކުރާދުވަހަކައް ނުވާނެބާ
ބަޑި ބުރާސްފަތި ތަ؟
Internet ah covid jehigen aguheyokurun 14 dhuvahah laskohfi
އެދުވަހު ރޯންވެގެން ތައްޔާރުވަނީ
އަގު އެކަންޏެއްނޫން!
އެންމެދަށުން އިންޓަނެޓް ދެވޭނެ ސްޕީޑެއް ކަނޑައެޅުން ވ މުހިންމު. ސަބަބަކީ ޓްރިޓޮލް ސްޕީޑްގަ ގުޑާނުލާ، ތެދެއް ނެޓް ކަނެޝަން އިންނާނީ ގުޅިފަ އޭރުވެސް.
އެހެންވީމަ އެންމެ ދައްސްޕީޑެއް އިންނަންވާނީ ކަނޑައެޅިފަ ހިދުމަތް ދެވޭނެ. ނޫނީ ނުދޭނީ.
ދެން އޭގެ ފަހަތުން އަގު. މިހާރު މި ހަބަރުތަކުގަވާ އަގުތައްވެސް ބޮޑަތި. ކައިރި ލަންކާ އިންޑިއާ އާ އަޅާ ކިޔާލާއިރު އަގުބޮޑު ހިދުމަތުގެ ފެންވަރުދަށް.
ތީތި ކަޑަ
ގައުމާއި ރައްޔިތުން ހަނާވެ ހަފުސް ވެގެން ދާއިރުވެސް ރައްޔިތުން ވާވައްދާ އޮޅުވާލާ އެހެންދިމާލަކަށް ސިކުނޑިއަނބުރާލަން ކޮންއިންޓަނެޓެކޭ ކިޔާކަށްތަ؟ އިސްތިއުފާ ދީފަ ދުނިޔޭންބޭރައް ގޮސް މަތީތައުލީމްހޯދައިގެން އާދެވޭތޯބަލާބަލަ!!!! ރައްޔިތުންގެ ވަލިއްޔުލްއަމްރު ރައްޔިތުންނާުހާތަބް ކުރާނެގޮތްވެސް ނޭންގޭ ރައީސް ...ތީތާކުންތާކުނުޖެހެޭ ބޮޑުފޭލިއަރއެއް. ލަދެއްވެސް ނުގަނޭ.. ގައުމާ ރައްޔިތުން ވިއްސިވިހާލި ވަމުން ދާއިރު އަދިވެސް ތިޔައުޅެނީ ކޮންމެވެސް އެއޗެކޭކިޔާގެން ރައްޔިތުން ބޮލައް ޗިޕުޖަހަން. ބަލައެއްނުގަންނާނެ ... މޮޔަފުޅުވޭ!!!!
އެމްޑީޕީ އަށް ވޯޓް ދިނުން ހައްޤު
ކަލޭ އިބޫ ދަރިޔާ އިންނަން ދޭބާ 🤔
އެއްވެސް ކަމެއްނުވާނެ. ސޯޓް ބޭލިފަ އޮތްސަރުކާރު އިސްތިއުފާ!!! އިބޫ އިސްތިއުފާ!!! ކެނިރީގޭ ނަޝީދު އިސްތިއުފާ!!!! އިންޑިއާއަށް އައްޑޫ ވިއްކާލި ޙާއިނުންގެ ސަރުކާރު އިސްތިއުފާ!!!
ސޯޓް ބޭލިފަ އޮތްސަރުކާރު އިސްތިއުފާ!!! އިބޫ އިސްތިއުފާ!!! ކެނިރީގޭ ނަޝީދު އިސްތިއުފާ!!!! އިންޑިއާއަށް އައްޑޫ ވިއްކާލި ޙާއިނުންގެ ސަރުކާރު އިސްތިއުފާ!!!
ގުއިރޯނުގައި ތިތިބީ އަމިއްލަޔަށް ޖެހިގެން ދެންހަޅޭއްނުލައި މަޑުންތިބޭ
ކުދިންނޭ ތީ އިބިލީހުގެ ކައިވެނި ނުކުރެވޭނެ އެއްކަމެއްވެސް ލަދުކުޑަވިއަސް ތީ ބޮޑުވަރު ނަނާހުވަފެން ބަލާނިމުނީ
އާ ހެޔޮކު ރި ކު ރީނުން އެއްޗެއް ލޯޑުވާނެބާ
އަންނަ އަހަރުގެ ފުރަތަމަ ބުރާސްފަތިއަށް ހަދާލަންވީނު؟ އޭރުން މުއާސަލާތީ ޙިދުމަތްދޭ ތަންތަނަށް ބިލިއަނެއްހާ ރުފިޔާވަރު ފާއިދާއަށް ލިބޭނެ!
މިއެންދުވަހަކު އަގު ކުޑަކުރާގޮތަކަށް ނޫން އަދިއޮތީކީވެސް.....އެކަމަކު ތިހަދަން އުޅޭއެއްޗެއް ބުނެލަންވެސް ތިއުޅޭގޮތުން ގަންނަގަޑުން ، ނެރެވޭނެ ނަތީޖާ ވިސްނާކޮންމެމީހަކަށް ވަރަށްސާފް.
ކޮވިޑުގައި ގޭގައި ބަންދުވެފައި ތިބޭއިރު ތިޔަ ހެޔޮ އަގުގެ ބޭނުން މާ ބޮޑު.. ގޭގައި ތިބެ ކިޔަވައި، އަދި ވަޒީފާ އަދާކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ކޮވިޑު އޭ ކިޔައި ބަހަނާ ދައްކައި ލަސްކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް..
މަލީހް ހުއްޓާސް ނުހުއްޓަސް ޖެހެނި އެއްތާކް އެހެންވީމަ އެބައިންގޭ ހަގީގީ މައްސަަލަ އެކީ މަލީހް ނޫންކަން
ގެބިސިތަކަަަަަައްދިރިސޮްތަކަަައްނުދި