ކުންފުންޏެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ޚިއްސާ އޮތުމުން މަގާމާ މެދު ސުވާލު އުފެދިއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވުމަށްފަހު، ގާނޫނުއަސާސީގައި އޮންނަ ގޮތުގެ މަތިން މަޖިލީހުގެ ރުހުން ހޯދުމަށް ވަނީ ފޮނުވައިފައެވެ.

މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މައްސަލަ ދިރާސާކުރަން ފޮނުވިއިރު، އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުންފުންޏެއްގައި ހުސައިންގެ ޚިއްސާއެއް އޮތުމުން މަގާމުގެ ހުވައާ މެދު ސުވާލު އުފައްދަވައިފައެވެ.

ބައެއް މެންބަރުން ވަނީ ކުންފުންޏެއްގައި ޚިއްސާއެއް އޮތުމަކީ ވިޔަފާރީގައި ބައިވެރިވުން ކަމުގައި ނުވާނެތީ މަގާމުގެ ހުވާ ސައްޚަ ކަމަށެވެ. އެކަމަކު ބައެއް މެންބަރުން ވަނީ ކުންފުންޏެއްގެ ޚިއްސާދާރުންނަކީ ކުންފުނީގެ ފައިދާ ލިބޭ ފަރާތަށް ވާތީވެ، ވަޒީރު ކަމާ ހަވާލުވެވަޑައިގަންނަވާއިރު އެ މުއްދަތަށް ވިޔަސް ޚިއްސާ ދޫކޮށަލަން ވާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރު ކަމުގައި ހުންނަވާއިރު ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.

ހުސައިންގެ ޚިއްސާ އޮތީ ކޮން ކުންފުންޏެއްގައި ކަން ސާފެއް ނުވެއެވެ. އަދި ޚިއްސާދާރަކަށް ވެފައި ވަނީ ކޮން އިރަކު ކަމެއް ވެސް މެންބަރުންގެ ވާހަކަތަކުން ސާފެއް ނުވެއެވެ. ހުސައިންގެ ވަޒީރު ކަމުގެ ހުވައާ މެދު ސުވާލު އުފެދޭއިރު، މިހާތަނަށް ވެސް އޭނާ ހުންނެވީ ވަޒީރެއްގެ މަގާމެއްގައެވެ. ކުރިން ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން މަޖިލީހުން ރުހުން ވެސް ދީފައިވެއެވެ.

ބައެއް މެންބަރުން ވަނީ އެ ކަމުގައި ގާނޫނީ ސުވާލުތަކެއް އުފެދޭތީ ރައީސް އޮފީހުން އެ ކަން ހިނގި ގޮތް ސާފު ކުރުމަށާއި މަޖިލީހުގެ ކައުންސެލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފައެއް ހޯދުމަށް ހުށަހަޅުއްވައިފައެވެ. އެ ކަމަށް އެއްވެސް މެންބަރަކު އިއުތިރާޒް ކުރައްވާފައި ނުވާތީ، ގާނޫނީ ލަފާ ލިބެން ދެން އެ މައްސަލާގައި ގޮތެއް ނުނިންމާ މައްސަލަ ބޭއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޝައުނާއަށް ރުހުން ދޭން ކޮމިޓީން މިއަދު ނިންމިއެވެ. ޝައުނާއަށް ރުހުން ދިނުމުގައި ގޮތެއް ނިންމަން އަދި ތަޅުމުގައި ވެސް ވޯޓަށް އަހާނެއެވެ. ޝައުނާއަށް ރުހުން ދިން ކަމަށް ފާސްވާނީ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙަސަނޫ

  މިކޮންވައްތަރު ގާނޫނުހުންނަނީ މަޖލިސް މެންބަރުތިބެނީ ކޮމްޕެނީގަހިެްސާ އަހަރުމެން ބަންގުލަދޭސްމީހުނައް މުސާރަނުދެނީ އެކަމު މެންބަރުއޯކޭ ކުއްވެރިނުވަނީ މީކޮންވައްތަރު ހުންނަނީ

  13
 2. މުފީދު

  މީނާގެ މާލީ ބަޔާނުގަ މިކަން ހާމަކޮށްފަކާނުވޭ. ނޫސްވެރިން މިކަން ބަލަންޖެހޭ

  12
  • ސާފުވާންޖެހޭ

   މީ ރަގަޅު ވާހަކަ އެ އްތޯ ކަމާބެހޭ ފަރާތުން ( އޮޑިޓާޖަނަރަލްގެ އޮފީހުން؟) ޗެކްކުރަ އްވާފަ އި ރަ އްޔިތުންނަށް ޖަވާބުސާފުވާކަށް ނުޖެހޭބާ.

 3. ދޮންބެ

  ތިކަހަލަ ސުވާލު އުފެފޭ އެތައްކަމެއް އެބަހިނގާ އަދި ހިންގަވެސްމެ!! ޝަރުޠު ހަމަވާ މީހެއްގެ ފަރާތުން ސުވާލު އުފެދޭ ކަމެއްވިޔަސް ހަމަ އޯކެއި!! އެވަރިހަމަ މާރާމާރީއެއް ހިންގިޔަސް އަދި ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސް!! އަދި ސަރުކާރުގެ މަގާމެއްގައި ހުރި މީހަކަށް އެއްވެސް ޕާމޯމެއް ނުކުރިޔަސް ހަމަ އޯކެއި!! މިބުނާ ޝަރުޠަކީ އެމްޑީޕީ މީހަކަށްވުން!! އެހިސާބުން އެނިމުނީ ހުރިހާކަމެއް!! ދެން ކަންކަން އަޑިއަޑިން ދޮވެ ސާފުކުރާނެ!! ފުރުވާލާނެ!! ފިލުވާނެ!! ޕްރޮމޯޓްކުރާނެ!! އެހެން ޕާޓީއެއްގެ މީހެއްނަމަ ނުލަފާކަން ދައްކަލާނެ!! ކަމެއްނެތަސް ދޮގުތައް ހަދައިގެންނަމަވެސް ޕްރޭމްކޮށްގެން ނަމަވެސް ކަންބަޅިކަތިލާ އުސޫލުން ކަތިލާތަން ފެންނަލެއް މަދެއްނޫން!!

  21
 4. ނާޅި

  މިޒަމާނުގައި ބޭންކެއްގެ އެކައުންޓެއް އޮންނަ ކޮންމެ މީހަކީވެސް އެކުންފުނީގެ ހިއްސާދާރެއް ނުންތޯ އެހެންވެ އަހަރީ ފައިދާވެސް ލިބޭނުންތޯ ؟

  9
  1
 5. ބެއްޔާ

  އޭނަޔަކީ ކޮންމެސްތާކުން ހިއްސާގަނެގެންއުޅޭ ހިއްސާދާރެއް