މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ހއ. ދިއްދޫ ގެއެއްގެ ފާރެއް ވެއްޓިއް ގެއަކަށް ގެއްލުން ވެއްޖެ ކަމަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް އަދި ފުވައްމުލަށް ސިޓީ އިން ފެށިން އައްޑޫ ސިޓީ އާއި ހަމައަށް ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައި ގަދަވެ، ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.

މިއަދުގެ ކޮޅިގަނޑުގައި ދިއްދޫއަށް އުދަ އަރަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަގުތު" އަށް ވިދާޅުވީ، ވިއްސާރާގައި ގެއްލުން ވެފައިވަނީ އެންމެ ގެއަކަށް ކަމަށެވެ. އެގެއަށް ގެއްލުން ވެފައިވަނީ ކައިރީގައި ހުރި މީހުން ދިރިނޫޅޭ ގެއެއްގެ ފާރެއް ވެއްޓިގެން ކަމަށް ރަޝީދު ވިދާޅުވިއެވެ.

ވިއްސާރަގައި ވެއްޓުނު ފާރު ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަޝީދު ވިދާޅުވީ، ފާރު ވެއްޓުމުގެ ސަބަބުން އެގޭގެ ފާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެގޭގައި ބޭނުން ކުރާ ފެންމޯޓަރާއި ފެން ނަގާ ވަޅަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.

އެގެއަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި މިހާރު ތަން އެއްކޮށް ސާފުކޮށްފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ވިއްސާރަގައި ވެއްޓުނު ފާރު ނެގުމުގެ މަސައްކަތް ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަޝީދު ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރާގައި އުދައެރުމުގެ ހާދިސާއެއް އަދި އެރަށަށް ކުރިމަތި ނުވާ ކަމަށެވެ.

ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ކ. ދިއްފުށި، ހއ. އުލިގަމުގެ އިތުރުން މ މަޑުއްވަރީ އަށް ވެސް އެކި ކަހަލަ ގެއްލުން ވެފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.