ގޭބިސީތަކަކާއި ވިޔަފާރިތަކުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދޭން ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް ފެނަކަ އިން އެ މަސައްކަތް ފަށައިފިއެވެ.
ކޮވިޑާއި ގުޅިގެން މިއަދު މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފެށުމާއި ގުޅިގެން ވިޔަފާރިތަާއި، ބައެއް އާއްމުންނަށް ވަަރަށް ބޮޑަށް ގެއްލުންވެގެން ދާނެއެވެ.
އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ރޭ ވަނީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެންބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކުން %30 ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި ވިޔަފާރި ކުރާ ތަންތަނަށް ބިލުން %20ގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އޭގެ އިތުރުން، ކަރަންޓް ބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކުން %40 ގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި ވިޔަފާރި ކުރާ ތަންތަނަށް ބިލުން %30 ގެ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ރޭ ވިދާޅުވިއެވެ.
އެ ނިންމުންތަކާއި ގުޅިގެން މިއަދު ފެނަކަ އިން ވިދާޅުވީ، ޔޫޓިލިޓީ ބިލުން ޑިސްކައުންޓް ދިނުމަށް ރައީސް ނިންމެވުމާއި މިއަދު މިހާރު މި ކުރިއަށްދާ މެއި މަހުގެ ކަރަންޓް ބިލްތަކުން ރައީސް އެންގުމާއިއ އެއްގޮތަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މީގެ ކުރިންވެސް ކޮވިޑާއި ގުޅިގެން ރާއްޖެ ފުރަބަންދު ކުރިއިިރު، ކަރަންޓް ބިލްތަކާއި ފެންބިލްތަކުން ސަރުކާރުން ޑިސްކައުންޓް ދިނުމަށް ނިންމުމާއެކު، އެ ހިދުމަތް ދޭ ކުންފުނިތަކުން ވަނީ އެ މަސައްކަތް ކޮށްފައެވެ.
ސާބަސް މުއިއްޒު ވަރަށް ފުރިހަމަ ތިޔަކަހަލަ މޭޔަރުކު ބޭނުންވަނީ
ރައީސް ސޯލިހުގެ ހެޔޮކަން، މުއިއްޒު އެއްނޫން
ބިލު އޮތީ މިހާރު ފޮނުވާފަ، އެންމެ ރުފިޔާއެއްވެސް އުނިނު ކުރޭ.
ކާކައްތޯ މެއިމަހުގެބިލުން ޑިސްކައުންޓު ލިބުނީ. މެއި މަހުގެބިލްއުބައޮތް އެންމެ ލާރިއެއްވެސް ނެތް ކެނޑިފަ
މެއި މަހުގެބިލްއުބައޮތް އެންމެ ލާރިއެއްވެސް ނެތް ކެނޑިފަ
ސްޓެލްކޯގެ ބަހެއް ބޭނުނުން
މި ރައީސް މީހާ މީ މުޅިންވެސް ނުފުއްދާ ދޮގު ވައުދު ވާ މީހެއް،
މެެއި މަހުގެ ބިލް އާދަޔާ ޚިލާފަށް ބޮޑުކޮށް އައީ. ކުރީ ބިލަށްވުރެ 1000 ރުފިޔާ ބޮޑުވި
މިހާލަތުގައި ރައީސް ސޯލިހު ރަތްޔިތުންނާ ދޭތެރޭ ތި ބަހައްޓަވާ އޯގާތެރި ކަމާ މެދު ސުކުރު ވެރިވަމެވެ ﷲ ރައީސް ކުރައްވާ މަސަށް ކަތުގައި ބަރަކާތްލައްވާ ކުރިއެރުން ދެއްވާށިއެވެ އާމީން
ސްޓެލްކޯގެ ބަހެއް ބޭނުނުން އެމީހުން ތިބީ ނިދާފަދޯ މިދަނޑިވަޅުގަ