ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ދަށުން އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މި ތިން މީހުން ހައްޔަރު ކުރީ ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި އިއްޔެ ހަވީރާއި ރޭ ދަންވަރު މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ތިން މީހުން ވެސް ހައްޔަރު ކުރީ ހުޅުމާލެއިންނެވެ.
މި މީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދިނުން ފިޔަވައި އެހެން މައުލޫމާތެއް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ނުދެއެވެ. އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރު ހުޅުމާލޭން މީހަކު ހައްޔަރުކޮށް ފުލުހުން ވަނީ ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއް ވެސް ފާސްކޮށްފައެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލެ އިން ތިން މީހަކާއި ބ. ދަރަވަންދޫން މީހެކެވެ.
މި ހަމަލާ ދިން ފަހުން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އައްޑޫ އާއި މާލެ އިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަތިޔާރާއި ގޮވާތަކެތި ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށް އެކި ގޮތްގޮތުން މުޖުތަމައުއަށް ދޫވެފައި ތިބި މީހުން ހިމެނެއެވެ.
މީގެ އިތުރުން، ބޭރު ގައުމުތަކަށް ހަނގުރާމަ އަށް ގޮސް އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހުންނާއި ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައުމުން ހައްޔަރުކުރި މީހުން ވެސް ހިމެނެއެވެ. އެކަމަކު މި މީހުންނަކީ ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުމެއް ހުރި މީހުންނެއް ނޫނެވެ.
ކުއްލިއަކަށް މިއަދުތޯ ހެކި ލިބުނީ ...ނޫނީ ހެކި ނެތީސް ހައްޔަރު ކުރަނީތޯ...ނޫނީ ކުރިންވެސް ހެކި ހުރެ އެމީހުން ހަރުކަށި ފިކުރު ފަތުރަން ދޫ ކޮށްފަ ބޭތިއްބީތޯ...ކޮންމެ ގޮތެއވިޔަސް ކޮންމެވެސް އެއްކޮޅަކުން އިހްމާލެއް އުޅޭކަން ކަށަވަރު...ބޮޑަށް ވައްތަރީ ހަމަ ހެކި ނެތި ހައްޔަރު ކުރުމާ...ކުރާނެ ކަމެއް ނެތް މެޑަލް ޖެހުމަށް އަނިޔާވެރިކަން އިސްކުރީ މިއަދަކު އެކަންޏެއް ނޫން....އެއީ މާކުރިއްސުރެ ދުނިޔޭގައި ހިނގާ ކަމެއް...އެފަދަ މީހުންގެ ނިމުން އައިގޮތްވެސް ފެންނަން އެބަހުުރި...
ކަލޭމާމައާއި ތިސުވާލުތައްކޮށްބަލަ..އޭރުން ކިޔާދޭނެ.. އެކަމް ފުލުހުން ތަޙުޤީޤްކުރާގޮތެއް ކޮންމެހެން ކަލެއަށް ބުނެދޭކަށް ނުޖެހޭ..ހާމަ ކުރަންފެނުނީމަ ބުރީފިންގއެއް ބާއްވާފަ ކިޔާދޭނެ.. އިހަށްކެތްކޮއްލާ..
ރަގަޅަށް ވިއްޔާ އެއްވެސް ހެއްކެއް ނެތި ހައްޔަރު ކުރާ ހާ މީ ހުންތީ. އަންނިގެ ޕްރެޝަރާ ހެދި ތުބުޅިއެއް ލާފައި ތިބި މީ ހެއްވިއްޔާ ތި ހައްޔަރު ކުރަނީ
ތިވަރު ވާ މީހުން ކޮންމެންޓް ނުކުރަންވީނު. މީސް މީހުންގެ މައިންބަފައިން ނާ ކަލޭ ތިބެހެނީ ޔޯ؟؟
ލާދީނީ ބައިގަނޑު ހަރުކައްޓޭ ކިޔައި މި ގަންނަ ގަނޑު ރައްޔިތުންނައް އެބަ އެނގޭ. ލާދީނީ ބައިގަނޑު ބޭނުންވަނީ އތީޒަމް މިގައުމުގައު ފަތުރަން. ޔާﷲ މިބައިގަނޑު ހަލާކުކޮދެއްވައިފާދޭއެވެ.
ޝުކުރިއްޔާ ދިވެ ހި ސިފައިންނާއި ފުލުު ހުންނަށް.! ތި ހަރުކައްޓޭމެންނަށް ސައިޒުދައްކާ މައިތިރިކުރަންޖެ ހޭ
ނުވާނެ
އަންނި އާއި އެމް ސީ ހަމީދު ހައްޔަރު ކޮއްބަލަ.. އެއީ ސެކިއުލާރ ދެގޮލާ